Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެފްރިކަން ޔޫނިއަން

އެފްރިކަން ޔޫނިއަންގެ ހުންގާނު މިޞްރަށް؛ އިސްކަންދޭނީ ސަރަޙައްދުގެ ސަލާމަތަށް!

އެންމެ ފަހުން އެ މަޤާމު ފުރުއްވީ ރުވާންޑާގެ ރައީސް ޕޯލް ކަގާމޭ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 11 ފެބުރުއަރީ 2019 | ހޯމަ 14:24
މިޞްރުގެ ރައީސް ސީސީ

މިޞްރުގެ ރައީސް ސީސީ

އެފްރިކާ ބައްރުގެ ޤައުމުތައް ހިމެނޭ އިއްތިހާދު، އެފްރިކަން ޔޫނިއަންގެ ޗެއާމަންކަމަށް މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙު އަލް ސީސީ އިންތިޚާބުކޮށްފިއެވެ.

އެ އިއްތިހާދުގެ ވެރިއަކަށް ރައީސް ސީސީ އިންތިޚާބުކޮށްފައި ވަނީ އިތިއޯޕިއާގައި މިހާރު ކުރިއަށްދާ އެ އިއްތިހާދުގެ ސަމިޓުގައެވެ. ރައީސް ސީސީގެ ކުރިން، ވޭތުވެ މި ދިޔަ އަހަރު އެފްރިކަން ޔޫނިއަންގެ ޗެއާމަންކަން ކުރެއްވީ ރުވާންޑާގެ ރައީސް ޕޯލް ކަގާމޭއެވެ.

މަޤާމާ ހަވާލުވެވަޑައިގެން އިއްތިހާދާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސީސީ ވިދާޅުވީ އެމަނިކުފާނުގެ ޗެއާމަންކަމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އެފްރިކާ ބައްރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ކަމަށެވެ.

އެފްރިކަން ޔޫނިއަންގެ ކަންކަން ހަމަޖެހިފައި އޮންނަ ގޮތުން އެއް އަހަރުގެ ދައުރަކަށް އިންތިޚާބުކުރާ އެ އިއްތިހާދުގެ ޗެއާމަން ވެގެންދަނީ އެ އަހަރުތެރޭގައި އެފްރިކާ ބައްރުގައި އިސްކަންދޭނެ ކަންކަން ކަނޑައަޅާ އިސް ފަރާތަށެވެ. އެންމެ ފަހުން އެ މަޤާމު ފުރުއްވި ކަގާމޭ ވަނީ އެމަނިކުފާނުގެ ދައުރުގައި، ކޮންގޯގައި ކުރިއަށްދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް އިއްތިހާދުގެ ފެންވަރުގައި ގޮންޖައްސަވާފައެވެ.

އެފްރިކަން ޔޫނިއަންގެ ޗެއާމަން ކަމަށް ރައީސް ސީސީ އިންތިޚާބު ވެވަޑައިގަތްއިރު، މިޞްރުގެ ވެރިއަކު އެފްރިކަން ޔޫނިއަންގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވަން ފައްޓަވާފައި މިވަނީ ގިނަ ދުވަސްތަކަކަށްފަހުއެވެ. އެ ޤައުމުން އެފްރިކަން ޔޫނިއަންގެ ބައްދަލުވުންތަކުގައި ބައިވެރިވުން ހުއްޓާލީ 1995 ވަނަ އަހަރު ބޭއްވި އެ އިއްތިހާދުގެ ބައްދަލުވުމުގައި މިޞްރުގެ އޭރުގެ ރައީސް ހުސްނީ މުބާރަކް އަވަހާރަ ކޮށްލުމަށް މަސައްކަތް ކުރުމާއި ގުޅިގެންނެވެ.

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2025

ރަހީނުން މިނިވަން ކުރުމުގެ މަޝްވަރާ އަށް ޓްރަމްޕްގެ މަންދޫބުން މިޞްރަށް

05 އޮކްޓޯބަރު 2025
ރަހީނުން މިނިވަން ކުރުމުގެ މަޝްވަރާ އަށް ޓްރަމްޕްގެ މަންދޫބުން މިޞްރަށް
30 އޯގަސްޓު 2025

ޣައްޒާ މައްސަލައިގައި ޔޫރަޕިއަން ޔޫނިއަންގެ ވަޒީރުންގެ މެދުގައި ދެބަސްވުންތަކެއް

30 އޯގަސްޓު 2025
ޣައްޒާ މައްސަލައިގައި ޔޫރަޕިއަން ޔޫނިއަންގެ ވަޒީރުންގެ މެދުގައި ދެބަސްވުންތަކެއް
28 އޯގަސްޓު 2025

ރަޝިޔާ އިން ދިން ވަރުގަދަ ހަމަލާ އެއްގައި އެތައް ބަޔަކު މަރުވެ ޔޫރަޕިއަން ޔޫނިއަންގެ މިޝަން އަށް ގެއްލުން ވެއްޖެ

28 އޯގަސްޓު 2025
ރަޝިޔާ އިން ދިން ވަރުގަދަ ހަމަލާ އެއްގައި އެތައް ބަޔަކު މަރުވެ ޔޫރަޕިއަން ޔޫނިއަންގެ މިޝަން އަށް ގެއްލުން ވެއްޖެ
10 ޑިސެމްބަރު 2022

އެފްރިކަން ޔޫނިއަން ޖީ20އާ ގުޅުމަށް ބައިޑެންގެ ތާއީދު

10 ޑިސެމްބަރު 2022
އެފްރިކަން ޔޫނިއަން ޖީ20އާ ގުޅުމަށް ބައިޑެންގެ ތާއީދު
29 ޖޫން 2022

ޗައިނާގެ ތަރައްގީގެ ހުންގާނު، ފެހި މާލިއްޔަތުގެ އަމާޒަށް!

29 ޖޫން 2022
ޗައިނާގެ ތަރައްގީގެ ހުންގާނު، ފެހި މާލިއްޔަތުގެ އަމާޒަށް!
28 ފެބުރުއަރީ 2022

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން

28 ފެބުރުއަރީ 2022
ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން
22 ޖޫން 2021

އެފްރިކާ ސަރަހައްދަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތަށް ވޯރލްޑް ބޭންކާއި އެފްރިކަން ޔޫނިއަން

22 ޖޫން 2021
އެފްރިކާ ސަރަހައްދަށް ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތަށް ވޯރލްޑް ބޭންކާއި އެފްރިކަން ޔޫނިއަން
20 ފެބުރުއަރީ 2021

ރަޝިޔާއިން އެފްރިކަން ޔޫނިއަން އަށް ވެކްސިންގެ 300 މިލިއަން ޑޯޒް ދެނީ

20 ފެބުރުއަރީ 2021
ރަޝިޔާއިން އެފްރިކަން ޔޫނިއަން އަށް ވެކްސިންގެ 300 މިލިއަން ޑޯޒް ދެނީ
11 ފެބުރުއަރީ 2020

ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއި ގުޅިގެން ޔޫރަޕިއަން ޔޫނިއަންގެ ހާއްސަ ބައްދަލުވުމެއް

11 ފެބުރުއަރީ 2020
ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއި ގުޅިގެން ޔޫރަޕިއަން ޔޫނިއަންގެ ހާއްސަ ބައްދަލުވުމެއް
23 އޮކްޓޯބަރު 2017

ކެންޔާގެ ސިޔާސީ ލީޑަރުންނާއި ފުލުހުން ސުލްހަ އިސްކުރުމަށް އދ. އާއި އެފްރިކަން ޔޫނިއަން އިން ގޮވާލައިފި

23 އޮކްޓޯބަރު 2017
ކެންޔާގެ ސިޔާސީ ލީޑަރުންނާއި ފުލުހުން ސުލްހަ އިސްކުރުމަށް އދ. އާއި އެފްރިކަން ޔޫނިއަން އިން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް