Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފޮރިން މިނިސްޓަރ ޝާހިދު

ރާއްޖެއާ އިޓާލީއާ ދެމެދު އޮންނަ އިގްތިސާދީ ގުޅުން ވަނީ ވަރުގަދަވެފައި: ޝާހިދު

ބިކޯކާ އިން މަގޫދޫގައި ގާއިމް ކޮށްފައިވާ ކެމްޕަސްގެ ސަބަބުން މަގޫދޫ ރައްޔިތުންނަށް ފާއިދާތަކެއް ލިބޭ

އަލީ ސަމާޚް
އަލީ ސަމާޚް | 11 ފެބުރުއަރީ 2019 | ހޯމަ 12:56
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެ އާއި އިޓާލީއާ ދެމެދު އިގްތިސާދީ ގުޅުން ވަނީ ވަރުގަދަ ވެފައިވާ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފ. މަގޫދޫގައި ހުންނަ އިޓަލީގެ މިލާނޯ – ބިކޯކާ ޔުނިވާސިޓީގެ ފަރާތުން ހޯމަ ދުވަހު މާގިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޝާހިދު ވިދާޅުވީ، ބިކޯކާ އިން މަގޫދޫގައި ގާއިމް ކޮށްފައިވާ ކެމްޕަސްގެ ސަބަބުން އެ ރަށު ރައްޔިތުންގެ އެތަކެއް ފައިދާ ލިބެމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ދިވެހިރާއްޖެ އަށް އިޓަލީގެ ގިނަ ފަތުރުވެރިންތަކެއް ޒިޔާރަތް ކުރާ ކަމަށާއި، އަދި ޓޫރިޒަމްގެ އެކި ދާއިރާތަކުގައި އިޓަލީގެ މީހުން މަސައްކަތް ކުރާ ކަމަށް ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

'' އެންމެ ގިނައިން ރާއްޖެ އަށް ފަތުރުވެރިން އަންނަނީ ޔޫރަޕު ގައުމުތަކުން. ... 100 އަށް ވުރެ ގިނަ އިޓަލީ މީހުން ރާއްޖޭގެ ޓޫރިޒަމް ގައި ހަރަކާތްތެރިވޭ. އަދި މީގެ އިތުރުން ރާއްޖެއާ އިޓަލީ އާ ދެމެދު އޮންނަ އިގްތިސާދީ ގުޅުން ވަނީ ފައިތުވި ފަސް އަހަރު ތެރޭގައި ވަރުގަދަވެފައި،'' ޝާހިދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިޓަލީން ސްރީލަންކާ އަދި ރާއްޖެއަށް ކަނޑައަޅުއްވަފައިވާ ސަފީރު ޖޫލިއާނާ މަންނޭލާ ވިދާޅުވީ، އިޓަލީ އާއި ރާއްޖެއާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށާއި، މީގެ 10 އަހަރު ކުރިން ރާއްޖޭގައި ގާއިމްކުރެވުނު ބިކޯކާ އައުޓްޕޯސްޓްގެ ސަބަބުން އެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމަށެވެ.

މިލާނޯ ޔުނިވާސިޓީން މަގޫދޫގައި ހަދާފައިވާ ކެމްޕަސްގައި ހަދާ ރިސާޗްތަކަކީ، އެ ޔުނިވާސިޓީ އިން އެންމެ ބޮޑަށް ޝައުގުވެރިކަމާ އެކު ކުރިޔަށް ގެންދާ ރިސާޗް ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ. ކުރިޔަށް އޮތް ދުވަސްތަކުގައި ބިކޯކާގެ ހިދުމަތް ފުޅާވެ އޭގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ފައިދާތަކެއް ލިބިގެން ދިޔުމަށް އުއްމީދު ކުރައްވާ ކަމަށް ޖޫލިއާނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިލާނޯ-ބިކޯކާ އާއި މޯލްޑިވްސް ޕޮލިސް ސާވީސްއާ އެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ބިކޯކާ އެކު ވެވުނު އެއްބަސްވުމާ ބެހޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދެއްވަމުން އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ބިކޯކާއާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން ސޯޝަލް ސައިންސްގެ ދާއިރާއިން ބިކޯކާގެ ރިސާޗް ފެސިލިޓީ އިން ފުލުހުންނަށް ބޭނުން ކުރެވޭނެ ކަމަށެވެ. އަދި މީގެ އިތުރުން މޫސުމާ ބެހޭ ގޮތުން އެ ޔުނިވާސިޓީ އިން ކުރާ ދިރާސާތަކުގައި ފުލުހުންނާ ގުޅުން ހުރި ކަންތައްތަކުގައި އިތުރު އެހީތަކެއް ހޯދިގެންދާނެ ކަމަށް ވެސް ހަމީދު ވިދާޅުވިއެވެ. މީގެ ކުރިން ވެސް އެފާރަތުން ފުލުހުންނަށް ތަމްރީނު ޕޮރްގްރާމްތަކެއް ދީފައިވާ ކަން ހަމީދު ވަނީ ފާހަގަކުރައްވާފައެވެ.

''ތިން ޓްރެއިނިން ޕޮރްގްރާމެއް ހިންގާފައިވޭ . 2016 އާއި މިހާތަނަށް. ހަމަ އެފަދައިން އިތުރު ޓްރެއިނިން އެންގޭޖްމެންޓްސްތަކާއި، ރިސާޗް ހާއްސަ ކޮށް. ފުލުހުންގެ މަސައްކަތުގައި ވެސް އެބަހުރޭ ވަރަށް ބައިވަރު ރިސާޗް . ހާއްސަކޮށް މިޒަމާނުގެ އެވިޑެންސް ބޭސްޑް ޕޮލިސީ ކަހަލަ ... އަޅުގަނޑު އުއްމީދު ކުރަނީ މި އާކުރެވުނު އެއްބަސްވުމުގެ ދަށުން އިތުރު ފުރުސަތުތަކެއް އަޅުގަނޑުމެންނަށް ލިބިގެން ދިޔުން'' އެކްޓިން ކޮމިޝަނަރ ވިދާޅުވިއެވެ.

މިލާނޯ – ބިކޯކާ ޔުނިވާސިޓީގެ އައުޓް ޕޯސްޓް ރާއްޖޭގައި ހުޅުވާފައި ވަނީ 2009 ވަނަ އަހަރުއެވެ.

އިތުރަށް ކިޔާލަން

18 އެޕްރީލު 2017

އެސްޓީއޯއަށް ކުރިން ދިން ބ. މުތާފުށި ޗައިނާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވިއްކާލައިފި

18 އެޕްރީލު 2017
އެސްޓީއޯއަށް ކުރިން ދިން ބ. މުތާފުށި ޗައިނާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވިއްކާލައިފި
15 އެޕްރީލު 2017

‎އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް އިންޑޮނޭޝިއާ އިން ރާއްޖެއާ ވާދަކުރަނީ!

15 އެޕްރީލު 2017
‎އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް އިންޑޮނޭޝިއާ އިން ރާއްޖެއާ ވާދަކުރަނީ!
08 އެޕްރީލު 2017

މިނިވަން ކަމާއެކު ބަސް ނުބުނެވޭ ނަމަ އުމުރު ދުވަހު އަދަގޮނޑީގައި އޮންނަން ޖެހުމެކޭ ތަފާތެއް ނެތް: ޢަލީ ނިޒާރު

08 އެޕްރީލު 2017
މިނިވަން ކަމާއެކު ބަސް ނުބުނެވޭ ނަމަ އުމުރު ދުވަހު އަދަގޮނޑީގައި އޮންނަން ޖެހުމެކޭ ތަފާތެއް ނެތް: ޢަލީ ނިޒާރު
07 އެޕްރީލު 2017

ޖަރުމަނީން ރާއްޖެއާ މެދު ކަންބޮޑުވުން ފާޅުކޮށްފި

07 އެޕްރީލު 2017
ޖަރުމަނީން ރާއްޖެއާ މެދު ކަންބޮޑުވުން ފާޅުކޮށްފި
30 މާރިޗު 2017

ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

30 މާރިޗު 2017
ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު