Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް 2019

މަޖިލީހުގެ ޖަލްސާތައް ބޭއްވޭނެ ދުވަހެއް އަދި ނޭގޭ!

11 ފެބުރުއަރީ 2019 | ހޯމަ 06:35

ރިޔާސީ ބަޔާން އިއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ފަހުގެ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ މި މަހުގެ ހަތްވަނަ ދުވަހު

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 11 ފެބުރުއަރީ 2019 | ހޯމަ 06:35
ފަހު ދައުރުގެ ޖަލްސާތައް އަދި ނުފެށޭ

ފަހު ދައުރުގެ ޖަލްސާތައް އަދި ނުފެށޭ

މަޖިލީހުގެ ޖަލްސާތައް ބޭއްވޭނެ ދުވަހެއް އަދިވެސް ނޭނގޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

ރިޔާސީ ބަޔާން އިއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ފަހުގެ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ މި މަހުގެ ހަތްވަނަ ދުވަހުއެވެ. އޭގެ ފަހުން އަދި މަޖިލީހުގެ ޖަލްސާއެއް ތާވަލްކޮށްފައެއް ނުވެއެވެ.

Advertisement - newsAdvertisement

ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން މަޖިލީހުގެ މީޑިއާ ޑިރެކްޓަރ ހަސަން ޒިޔާއު ވިދާޅުވީ ފަހު ދައުރުގެ ޖަލްސާތައް ބާއްވާނެ ތާރީހެއް ނޭނގޭކަމަށާއި، ޖަލްސާއެއް ތާވަލް ކޮށްފައި ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ބެލެވޭ ގޮތުގައި ފަހު ދައުރުގެ ޖަލްސާތައް ތާވަލްކުރެވިގެންދާނީ މަޖިލީހުގެ އިދާރާ މަރާމާތުކުރުމުގެ މަސައްކަތްތައް ނިމުމުން ކަމަށެވެ. މަރާމާތުތައް އަދި ނިމިފައިނުވާ ކަމަށާއި، ކުލަލުން ފަދަ ކުދިކުދި ބައެއް މަސައްކަތްތައް އަދިވެސް ކުރިއަށްދާކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ ބަޔާން އިއްވުމަށް މި މަހު ހަތްވަނަ ދުވަހު ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ފާސްނުކޮށް މި ވަގުތު މަޖިލީހުގައި ހުރި ބައެއް ބިލްތައް އަވަހަށް ފާސްކޮއްދެއްވުމަށް މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. އެގޮތުން ރިޔާސީ ކޮމިޝަންސްތަކަށް ޤާނޫނީ ބާރުވެރިކަން ދިނުމުގެ ބިލާއި، ޕެންޝަން ފައިސާއިން ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބޭ ބިލް ފަދަ ބިލްތައް އަވަހަށް ފާސްކޮއްދެއްވުމަށް ރައީސް ސޯލިހު ވަނީ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ސަރުކާރު ލެޖިސްލޭޓިވް އެޖެންޑާ ކުރިއަށް ގެންދަން ބޭނުންވާ މުހިންމު ބިލްތައް ފާސްނުކޮށް މަޖިލިސް ޗުއްޓީއަށް ދިއުމުން ރައީސް ސޯލިހުވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ދައުލަތައް ގެއްލިފައިވާ ފާއިސާ އާއި މަރުތައް ބަލާ ކޮމިޝަންސްތަކަށް ބާރުދޭ ބިލް ކަމަށްވާ ރިޔާސީ ކޮމިޝަންސްތަކުގެ ބިލް ފާސްނުކޮށް މެމްބަރުން ޗުއްޓީއަށް ދިއުމާއި ގުޅިގެން ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވައިގެން މި ބިލްތައް ފާސްކުރުމަށް މަސައްކަތް ކޮށްފައިވެވެ. ނަމަވެސް މެމްބަރުންގެ ފަރާތުން އެކަމަށް އެކަށީގެންވާ އެއްބާރުލުމެއް ނުލިބިގެން ދައުރުން ބޭރުގެ ޖަލްސާއެއްވެސް ބޭއްވިފައެއް ނުވެ އެވެ.

ތިން ދައުރަކަށް ބަހާލައިގެން އަހަރުގެ ތެރޭގައި މަޖިލީހުގެ ޖަލްސާތައް ބާއްވާއިރު، މަޖިލީހުގެ ގަވާއިދުގައިވާގޮތުން، ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުން އޭޕްރީލް މަހުގެ ނިޔަލަށެވެ.

މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މި ދައުރުގެ ޖަލްސާތައް ނިމުމާއެކު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވެ، 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ނިމުން އަންނާނެ އެވެ. އޭޕްރީލް މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބައްވަން ތާވަލްކޮށްފައިވާއިރު، ދެ ވަނަ ދައުރުގެ ޖަލްސާތައް ފެށިގެންދާނީ 19 ވަނަ ރައްޔިތުން މަޖިލީހާއެކު އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
08 ފެބުރުއަރީ 2017

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް