Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑެންގީ ހުން

ފީއަލިން ޑެންގީ ޖެހުނު ކުއްޖާ އިތުރު ފަރުވާއަށް ނުފުރި އަދިވެސް އައިސީޔޫގައި: ކައުންސިލްގެ ރައީސް

11 ފެބުރުއަރީ 2019 | ހޯމަ 03:44

ޑެންގީއަށް ޕޮޒިޓިވް ވި 11 ކުދިންގެ ތެރެއިން 10 ކުދިން މާލެ ގެނެސް ފަރުވާ ދީފައިވޭ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 11 ފެބުރުއަރީ 2019 | ހޯމަ 03:44
ޑެންގީ ޖެހިފައިވާ ކުއްޖަކު މާލެ ގެނެސްފައި

ޑެންގީ ޖެހިފައިވާ ކުއްޖަކު މާލެ ގެނެސްފައި

ފ. ފީއަލިން ޑެންގީ ހުން ޖެހިގެން އިތުރު ފަރުވާއަށް މާލެ ގެނައި ކުދިންގެ ތެރެއިން ހާލު ސީރިއަސްވި ކުއްޖާ ރާއްޖޭން ބޭރަށް އިތުރު ފަރުވާއަށް ނުފުރި އަދި ވެސް އޮތީ އައިޖީއެމްއެޗްގެ އައިސީޔޫގައި ކަމަށް އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއާއި ވާހަކަ ދައްކަވަމުން ޖަލީލު ވިދާޅުވީ ފީއަލިން ޑެންގީއަށް ޕޮޒިޓިވް ވި 11 ކުދިންގެ ތެރެއިން 10 ކުދިން މާލެ ގެނެސް ފަރުވާ ދީފައިވާއިރު އޭގެ ތެރެއިން އެއް ކުއްޖެއްގެ ހާލު ސީރިއަސްވެ ރާއްޖޭން ބޭރަށް އިތުރު ފަރުވާ އަށް ގެންދިއުމަށް މަސައްކަތް ކުރަމުން ދާތާ ތިން ދުވަސް ވެފައިވާ ކަމަށާއި ނަމަވެސް ތަފާތު އެކި ސަބަބުތަކާއި ހުރެ އަދިވެސް އެ ކުއްޖާ އޮތީ ބޭރަށް ނުފުރި އައިޖީއެމްއެޗްގެ އައިސީ ޔޫގައި ކަމަށެވެ.

Advertisement - newsAdvertisement

އެ ކުއްޖާއަށް ނުފުރިވާ ސަބަބާއި ބޭހޭގޮތުން ވާހަކަ ދައްކަވަމުން ޖަލީލު ވިދާޅުވީ ކުއްޖާގެ މަންމަގެ ފާސްޕޯޓް ގެއްލި އާ ޕާސްޕޯޓެއް ހަދަންޖެހުމުގެ އިތުރުން ބަލި ކުއްޖާގެ ފާސްޕޯޓް ވެސް ހަދަންޖެހުނު ކަމަށެވެ. ނަމަވެސް މިހާރު މިކަންކަން ނިމިފައިވާ ކަމަށާއި ކުއްޖާއާއި އެކު ޑޮކްޓަރަކާއި ދެ ނަރުހުންނާއި އެހީތެރިއަކު ދާންޖެހޭއިރު މިހާރު ކުއްޖާއަށް ނުފުރިވަނީ މި އެންމެންނަށް މޯލްޑިވިއަންގެ ފްލައިޓްތަކުން ޖާގަ ނުލިބިގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ޖަލީލު ވިދާޅުވިއެވެ.

ފިއަލީގައި ހަލުއިކޮށް ޑެންގީ ފެތުރެމުން ދާތީ އެރަށު ސްކޫލުގެ ކިޔެވުން ވަގުތީގޮތުން ފަސް ދުވަހަށް ބަންދު ކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ފީއަލީގައި އިތުރަށް ޑެންގީ ފެތުރުނަ ނުދިނުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެރަށު ކައުންސިލްގެ ނައިބު ރައީސް މޫސާ އަހުމަދު ވިދާޅުވީ އެރަށު ޞިއްޙީ މަރުކަޒާ ގުޅިގެން ރަށުތެރެ ފޮގު ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި އަދި ޑެންގީ ހުން ޖެހިފައިވާ ކުދިންގެ ގެތަކާއި 300 ފޫޓް ކައިރި ހުރި ޖަންގުޝަންތައް ބަލާފައިވާ ކަމަށެވެ.

އެ ޖަންގުޝަން ތަކުން މަދިރިތައް މައްޗަށް އަރަމުންދާ ކަމަށާއި އެއްވެސް ޖަންގުޝަނެއް ރަނގަޅަށް މަރާމާތުކޮށް ބެލެހެއްޓިފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން 90 އިންސައްތަ ޖަނގުޝަންތައް މަރާމާތުކޮށް އަލުން ރަނގަޅު ކުރަން ޖެހޭ ހާލަތުގައި ހުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ކަލައިދޫގައި އެކްސިޑެންޓުވި ކުއްޖާ މަރުވެއްޖެ

01 ފެބުރުއަރީ 2017
ކަލައިދޫގައި އެކްސިޑެންޓުވި ކުއްޖާ މަރުވެއްޖެ
31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް