Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހައުސިންގ މިނިސްޓްރީ

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!

ޕޯޓަލް ހުޅުވާލުމާއިއެކު ރައްޔިތުންނަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށް ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2019 | އާދީއްތަ 03:55
ހައުސިންގް އެންޑް އަރބަން ޑިވެލޮޕމަންޓްގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނަޝީދު ރާއްޖެޓީވީގެ ފަލަސުރުހީގައި

ހައުސިންގް އެންޑް އަރބަން ޑިވެލޮޕމަންޓްގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނަޝީދު ރާއްޖެޓީވީގެ ފަލަސުރުހީގައި

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލާނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި އެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހައުސިންގް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނަޝީދު ވިދާޅުވީ، ކިޔުގައި ނުޖެހި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެއް ކަމަށާއި، އެކަން ތަންފީޒު ކުރުމަށްޓަކައި އެ މިނިސްޓްރީން ކުރާ މަސައްކަތުގެ ތެރެއިން ހޯމަ ދުވަހު އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި އެއާއިއެކު ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

''މީގެއިން ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ކޮންމެ ބޭފުޅަކަށް ވެސް، ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ރަޖިސްޓްރީ ވެވޭނެ އިނގޭތޯ. އަޅުގަނޑުމެން މި ޕޯޓަލް ހެދީމާ. އެންމެ ބޮޑު ބޭނުމަކީ ހާމަކަން ބޮޑު ގޮތެއްގައި މިކަން ކުރުން އިނގޭތޯ. ދެފުށް ފެންނަ ގޮތަށް މިކަން ކުރުން. އެހެންވީމާ ކޮންމެ ރައްޔިތަކަށްވެސް ރަޖިސްޓްރީވެ ވަޑައިގެންނެވޭނެ. އެއަށްފަހު އެބޭފުޅެއްގެ ޕްރޮފައިލް އަޕްޑޭޓް ކުރެވޭނެ.'' ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ޕޯޓަލް އިން އެ މީހަކާއި ގުޅޭ ގިނަ މައުލޫމާތު ތަކެއް ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފާއިތުވި އަހަރުތަކުގައި ގިނަ ފަރާތްތަކެއް ބޯހިޔާ ވަހިކަމަށް އެދި ކިޔޫގައި ޖެހި ބޮޑެތި ތަކްލީފްތަކެއް އުފުލަންޖެހުނު އެވެ. ފްލެޓް އެދޭ ފޯމް ހޯދުމަށާއި، ފޯމްލުމަށް ގިނަ ބަޔަކު ގިނައިރުތަކެއް ވަންދެން ކިޔޫގައި ޖެހެން ޖެހި ބޮޑެތި މައްސަލަތަކެއް ފެންމަތިވި އެވެ.

ކުރީގެ ސަރުކާރުގެ ދުވަސްވަރު ހައުސިން މިނިސްޓްރީ އަށް ސިޔާސީ ނުފޫޒޯ ވަރަށް ބޮޑަށް ފޯރާފައިވާ ކަމަށް ގިނަ ފަރާތްތަކަކުން ބުނަމުން ދާއިރު އެކަމަށް އިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވީ، މިހާރު އެމިނިސްޓްރީގައި އެއްވެސް ކަހަލަ ސިޔާސީ ނުފޫޒެއް ފޯރާފައިނުވާ ކަމަށާއި، އެފަދަ އެއްވެސް ކަމެއް މިހާތަނަށް ދިމާވެފައިނުވާ ކަމަށެވެ.

އެކި ކަންތައްތަކުގައި އާއްމުންގެ ޝަކުވާތައް ލިބެމުންދާއިރު އެ މީހަކީ ވަކި ޕާޓީ ނުވަތަ ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވާ މީހެއްތޯ ނުބަލައި، ބޭނުންވަނީ ވީހާވެސް ގިނަ ރައްޔިތުންގެ ޝަކުވާތަކަށް އިޖާބަ ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

''އަޅުގަނޑުމެން ބޭނުން ވަނީ ރައްޔިތުންނަށް ހަމަހަމަ ކަމާއިއެކު ހިދުމަތް ދޭން. އެނގިވަޑައިގަންނަވާނެ މީއީ ގުޅިފައިވާ ޕާޓީ ތަކުގެ ސަރުކާރެއް. އަޅުގަނޑުމެން ވަކި މީހަކަށް. އަދި އެ ޕާޓީތަކުން ނަމަވެސް، ޕާޓީ ތަކުގައި ނުހިމެނޭ ރައްޔިތުން ނަމަވެސް. ވަކި މީހަކަށް ވަކި ކުލަޔަށް ބަލައިގެން ހިދުމަތް ދިނުމެއް ނެތް. އަޅުގަނޑުމެން ނުބަލަން މީހާ އަންނަ އިރު އެއީ ކޮންތާކުން އައި ކާކުތޯ.. އަޅުގަނޑުމެން ބަލަނީ އޭނާއާ ގުޅުން ހުރިކަމެއް އެބައޮތްތޯ. އޭނާ އަށް އަޅުގަނޑުމެން ދޭން ޖެހޭ ހިދުމަތެއް އެބައޮތްތޯ'' ނަޝީދު ވިދާޅުވިއެވެ.

ވަކި ފަރާތްތަކަށް ހިދުމަތްދޭ ގޮތާއިމެދު ޝައްކެތް އޮތްނަމަ އެ މައްސަލައެއް ހުށައެޅުމުގެ ފުރުސަތުވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުން ހުޅުމާލޭގައި އަޅަން ހަމަޖެހިފައިވާ 4000 ފްލެޓްތައް އެޅުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ، އެ އިމާރާތަކީ ރައްޔިތުންނަށް އޭގެ ބޭނުން އެންމެ ރަނގަޅު ގޮތަށް ހިފޭ ތަނަކަށް ހެދުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

''މި ތަންތަނަކީ ރައްޔިތުންނަށް ބޭނުން ހިފޭ ގޮތަށް ހެދިފައި ހުރި ތަންތަނަށް ވާންޖެހޭ. ހަމަ ތަނަކަށް ތަނެއް ހުރީމަ ކަމަކު ނުދޭ'' އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަލަށް ގެނައި ޖަނަރޭޓަރ މެދުވެރިކޮށް އަލިފުއްޓަށް ކަރަންޓް ދީފި

އަލަށް ގެނައި ޖަނަރޭޓަރ މެދުވެރިކޮށް އަލިފުއްޓަށް ކަރަންޓް ދީފި

01 ޖުލައި 2017
މީރާގެ ވެބްސައިޓް މެދުވެރިކޮށް ޓްރެފިކް ވަޔަލޭޝަން ޖޫރިމަނާ ދެއްކުމުގެ ޚިދުމަތް ތައާރަފްކޮށްފި

މީރާގެ ވެބްސައިޓް މެދުވެރިކޮށް ޓްރެފިކް ވަޔަލޭޝަން ޖޫރިމަނާ ދެއްކުމުގެ ޚިދުމަތް ތައާރަފްކޮށްފި

24 ޖޫން 2017
އައްޑޫސިޓީ ހުޅުދޫ-މީދޫގައި ޢިމާރާތްކުރާ 48 ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

އައްޑޫސިޓީ ހުޅުދޫ-މީދޫގައި ޢިމާރާތްކުރާ 48 ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

20 ޖޫން 2017
ފުލުހަށް ހާޒިރު ކުރުމަށް ވައިބަރ މެދުވެރިކޮށްވެސް ޗިޓް ފޮނުވާ ގޮތަށް ކަނޑައަޅައިފި

ފުލުހަށް ހާޒިރު ކުރުމަށް ވައިބަރ މެދުވެރިކޮށްވެސް ޗިޓް ފޮނުވާ ގޮތަށް ކަނޑައަޅައިފި

15 ޖޫން 2017
އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން "ސީ ފޯމް" އަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އެދެފި

އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކުން "ސީ ފޯމް" އަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އެދެފި

22 މެއި 2017

އަހަރުތަކުން މިއަދު

3 އެޕްރީލު
ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟
20251 އަހަރު ކުރިން
ރިޕޯޓު

ޓޫރިޒަމް ކެމްޕޭން "ލޯންޗުކުރަން" ރައީސް ލިވަރޕޫލް އަށް ކުރެއްވި ދަތުރުފުޅު މިވީ އަވާ މެންދުރަކަށް ނޫންތޯއެވެ؟

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި
20242 އަހަރު ކުރިން
ރާއްޖެ

119 ކިލޯގެ ޑްރަގު އުފުލި ގޮތުގެ ސީސީޓީވީ ފޫޓެޖް ދައްކާލައިފި

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަސްބޭނުމުގެ ރޮނގުން ހީވެސް ނުކުރާފަދަ ރެކޯޑްތަކެއް، ސައެންސްވެރިން މުގުރާލައިފި

ގެރިކިރު ބޯކިބާ
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ގެރިކިރު ބޯކިބާ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު
20215 އަހަރު ކުރިން
ރާއްޖެ

އައީޑީކާޑުގެ މުއްދަތު ހަމަވިޔަސް ވޯޓުލެވޭނެ - ޝަރީފު

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ހޯރަފުށީ ދާއިރާގެ ރައްޔިތުން ސަލީމަށް ވޯޓް ދެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އަނެއްކާ ވެސް ގޮވާލައްވައިފި

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ޕެޕާސްޕްރޭ ޖަހައި، ބޯފަޅާލުމަށް ފަހު ވިޔަފާރިވެރިއެއްގެ އަތުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ފޭރިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު