Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފ ފީއަލީގައި ޑެންގީ ފެތުރުން

ޑެންގީ ޖެހިފައިވާ ކުއްޖެއްގެ ހާލު ބޮޑުވެ ރާއްޖެއިން ބޭރަށް ގެންދަނީ

9 ފެބުރުއަރީ 2019 | ހޮނިހިރު 09:54

ހޮނިހިރު ދުވަހު ވެސް އިތުރު ކުދިންތަކަކަށް ޑެންގީ ޖެހިފައިވޭ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 9 ފެބުރުއަރީ 2019 | ހޮނިހިރު 09:54
ޑެންގީ ހުން ޖެހުނު ކުއްޖަކު އެމްއެންޑީއެފްގެ ކޯސްޓްގާޑްގައި މާލެ ގެންނަނީ

ޑެންގީ ހުން ޖެހުނު ކުއްޖަކު އެމްއެންޑީއެފްގެ ކޯސްޓްގާޑްގައި މާލެ ގެންނަނީ

ފ. ފީއަލީގައި ޑެންގީއަށް ޕޮޒިޓިވްވި ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ ހާލު ސީރިއަސްވެ، ރާއްޖެ އިން ބޭރަށް ގެންދަން ނިންމާފައިވާ ކަމަށް އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީއާ ވާހަކަ ދައްކަވަމުން ޖަލީލު ވިދާޅުވީ ޑެންގީއަށް ޕޮސިޓިވްވި ހަ ކުއްޖަކު އެމްއެންޑީއެފްގެ ސީ އެންބިއުލައިންސްގައި އެމަޖެންސީގައި ހުކުރު ދުވަހުގެ ރޭ މާލެ ގެނެސްފައިވާ ކަމަށާއި އޭގެ ކުރިން ވެސް އެރަށުން ޑެންގީ އަށް ޕޮޒިޓިވި ހަތަރު ކުއްޖަކު މާލެ ގެނެސްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އިތުރަށް އޭނާ ވިދާޅުވީ ހޮނިހިރު ދުވަހު ތިން އަހަރާއި ހަތަރު އަހަރުގެ ކުޑަޖްކު ޑެންގީއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ކައުންސިލްގެ ރައީސް ޖަލީލު ވިދާޅުވީ ޑެންގީ އިތުރުވީ ޑެންގީ ޖައްސާ މަދިރި ކޮންޓްރޯލް ކުރުމަށް އެކަށިގެންވާ މަސައްކަތް ނުކުރެވުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް މިހާރު ރަށުގެ ރައްޔިތުންނާއި ކައުންސިލާއި އަދި ކަމާ ގުޅުން ހުރި މުއްސަސާތަކާ ގުޅިގެން އެކަށިގެންވާ މަސައްކަތްތަކެއް ކުރަމުން ދާކަމަށެވެ.

ފ. އަތޮޅު ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމެއް އެރަށަށް ގޮސް، ބަލި މީހުންނަށް ފަރުވާ ދިނުމުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވާއިރު އެރަށުގައި ޑެންގީގެ އިތުރުން، ބޭރަށް ހިންގުން ވެސް ފެތުރެމުންދާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ފީއަލީ ހެލްތު ސެންޓަރު ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުﷲ ޒައީމް ވިދާޅުވީ، އެރަށުގައި އާދަޔާޚިލާފަށް ޑެންގީ ފެތުރެމުންދާ ކަމަށާއި، ދުވާލަކު ގާތްގަނޑަކަށް 30 މީހުން ހުން އައިސްގެން ނުވަތަ އެފަދަ އަލާމާތެއް ފެނިގެން ޑޮކްޓަރަށް ދައްކާ ކަމަށެވެ

އާބާދީގައި ގާތްގަނޑަކަށް 1240 މީހުން ދިރިއުޅޭ ފީއަލީގައި ބަލި މީހުން ބެލުމަށް ހެލްތު ސެންޓަރުގައި އެންމެ ޑޮކްޓަރުންނާއި ތިން ނަރުހުން ތިބޭ އިރު، އެރަށުގެ އާންމު ސިއްހީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ހެލްތު ސެންޓަރުން ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދެއެވެ.

އެގޮތުން ކައުންސިލާއި ހެލްތު ސެންޓަރު ގުޅިގެން ރަށު ތެރޭގައި މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ފާއިތުވި ތިން ދުވަހު ވެސް ރަށުތެރެއަށް މަދިރިބޭސް ޖަހައި މަދިރި ކޮންޓްރޯލް ކުރުމުގެ ގޮތުން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
29 ޖެނުއަރީ 2017

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް