Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމިލިއާނޯ ސަލާ

ގެއްލުނު ޖެޓުތެރެއިން މީހެއްގެ ހަށިގަނޑު ފެނިއްޖެ!

ޕައިޕާ މަލިބޫ ޖެޓް ތެރެއިން މީހެއްގެ ހަށިގަންޑު ފެނިއްޖެ

މިއުނާ ހަސަން
މިއުނާ ހަސަން | 5 ފެބުރުއަރީ 2019 | އަންގާރަ 04:30
އެމިލިއާނޯ ސަލާ ދަތުރުކުރި ޖެޓް

އެމިލިއާނޯ ސަލާ ދަތުރުކުރި ޖެޓް

ގެއްލުނު ޕައިޕާ މަލިބޫ ޖެޓް ތެރެއިން މީހެއްގެ ހަށިގަންޑު ފެނިއްޖެއެވެ.

އާޖެންޓީނާގެ ފޯވާޑް އެމިލިއާނޯ ސަލާ އާއި ޕައިލެޓް ޑޭވިޑް އިބޮސްޓަން ދަތުރުކުރި މި ޖެޓު ފެނިފައިވަނީ ކަނޑުގެ 65 މީޓަރު އަޑިންނެވެ. ނަމަވެސް ޖެޓްގެ ތެރޭގައި ވަރުވެފައި އޮތީ ކާކުގެ ހަށިގަނޑެއް ކަމެއް އަދި އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ.

އަންގާރަ ދުވަހު ފްރާންސް ގަޑިން ރޭގަނޑު 19:15 ގައި ނެންޓެސް އިން ނައްޓާލި މި ޖެޓުގެ ޚަބަރެއް އެންމެ ފަހުންވީ 5000 ފޫޓު މަތީގައި އޮއްވައެވެ.

މި ޖެޓު ގެއްލުނީ ޗެނަލް އައިލެންޑްގެ ގޯންސީގެ ލައިޓް ހައުސް ކައިރިން ކަމަށް ވާއިރު، ޖެޓު ހޯދުމުގެ މަސައްކަތް ތިން ދުވަސް ވަންދެން ވަރަށް ބާރަށް ކުރިޔަށް ގެންދިޔައެވެ. ނަމަވެސް ގޯންސީ ޕޮލިހާއި ފްރާންސް އަދި އިންގްލެންޑްގެ ސިފައިން ގުޅިގެން ސަލާ ހޯދުމަށް ކުރަމުންދިޔަ މަސައްކަތް ހުއްޓާލީ އެ ސަރަހައްދުގެ މޫސުން ހުރި ގޮތުންނެވެ. މަސައްކަތް ހުއްޓާލީ 1700 ސްކޮޔާ މައިލް ބެލުމަށް ފަހުއެވެ.

ރަސްމީކޮށް ޖެޓު ހޯދުމުގެ މަސައްކަތް ހުއްޓާލާފައި ވަނިކޮށް، އެމިލިއާނޯ ސަލާ ދަތުރުކުރި ޖެޓު ފެނިފައި މިވަނީ އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާ ނުލުމަށް ފުޓުބޯޅަ ގިނަ ތަރިންތަކެއް އަދި ގިނަ ބަޔަކު ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.

ސަލާ ދަތުރު ކުރި ޖެޓު ހޯދުމަށް ހަރަދު ކުރުމަށް އޭނާގެ އެޖެންސީން ހާއްސަ ފަންޑެއް ހުޅުވާފައި ވާއިރު، ގިނަ އަދަދެއްގެ ކުޅުންތެރިން ވަނީ އެފަންޑަށް އެހީތެރިވެފައެވެ.

ފްރާންސްގެ ނެންޓެސްއަށް ކުޅެމުން އައި ސަލާ ލީގުގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ކާޑިފް ރެލިގޭޝަނުން ސަލާމަތް ކުރުމަށް އެޓީމަށް ގެނެސްފައި ވަނީ މިދިޔަ ޖަނަވަރީ މަސްތެރޭގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފްލައިޓްގައި ކާޑިފް އަށް ސަލާ ދަތުރު ކުރަމުން ދިޔައީ އެޓީމާ ގުޅުމަށެވެ.

ފްރާންސްގެ ނެންޓެސްއަށް ކުޅެމުން އައި ސަލާ ވަނީ އެޓީމަށް ކުޅުނު 130 މެޗުގައި 48 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ އެ ކްލަބާއެކު ހަތަރު ސީޒަން ހޭދަކޮށްފައެވެ.

އާޖެންޓީނާއަށް އުފަން އުމުރުން 28 އަހަރުގެ ސަލާ ވަނީ ސިއަން އަދި ބޯޑޯ އަށް ވެސް ކުޅެފައެވެ.

އިތުރަށް ކިޔާލަން

16 ޖޫން 2022

އަމާޒަކީ އޭޝިޔާގައި ހުރި އެންމެ ވަރުގަދަ ހަށިގަނޑު ރާއްޖޭގައި ބެހެއްޓުން- ހަސީބު

16 ޖޫން 2022
އަމާޒަކީ އޭޝިޔާގައި ހުރި އެންމެ ވަރުގަދަ ހަށިގަނޑު ރާއްޖޭގައި ބެހެއްޓުން- ހަސީބު
05 ސެޕްޓެމްބަރު 2019

ވިންޓާ އޮލިމްޕިކްސްގެ މެޑަލިސްޓް ފެނާންޑޭޒް މަރުވެފައި އޮއްވާ ފެނިއްޖެ

05 ސެޕްޓެމްބަރު 2019
ވިންޓާ އޮލިމްޕިކްސްގެ މެޑަލިސްޓް ފެނާންޑޭޒް މަރުވެފައި އޮއްވާ ފެނިއްޖެ
16 ފެބުރުއަރީ 2019

އެމިލިއާނޯ ސަލާގެ ހަށިގަނޑު އާޖެންޓީނާއަށް ގެންގޮސްފި!

16 ފެބުރުއަރީ 2019
އެމިލިއާނޯ ސަލާގެ ހަށިގަނޑު އާޖެންޓީނާއަށް ގެންގޮސްފި!
08 ފެބުރުއަރީ 2019

ކަނޑު އަޑީގައި އޮތް ފްލައިޓުން ނެގީ ފުޓްބޯޅަ ކުޅުންތެރިޔާ ސަލާގެ ހަށިގަނޑު

08 ފެބުރުއަރީ 2019
ކަނޑު އަޑީގައި އޮތް ފްލައިޓުން ނެގީ ފުޓްބޯޅަ ކުޅުންތެރިޔާ ސަލާގެ ހަށިގަނޑު
07 ފެބުރުއަރީ 2019

އިމިލިއާނޯ ސަލާ ދަތުރުކުރި ޖެޓުން ފެނުނު ހަށިގަނޑު ނަގައިފި

07 ފެބުރުއަރީ 2019
އިމިލިއާނޯ ސަލާ ދަތުރުކުރި ޖެޓުން ފެނުނު ހަށިގަނޑު ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު