Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ދޯސްތާނާ 2 ކުޅޭނީ އާލިއާތަ؟

"ދޯސްތާނާ 2" އަކީ 2008 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމް "ދޯސްތާނާ" ގެ ސީކުއެލްއެއް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 4 ފެބުރުއަރީ 2019 | ހޯމަ 15:59
އާލިއާ ބަޓް

އާލިއާ ބަޓް

"ދޯސްތާނާ 2" ގެ ލީޑް ރޯލުން އާލިއާ ބަޓް ފެނިގެންދާނެ ކަމަށް އަޑުފެތުރެމުން ދަނިކޮށް ފިލްމް ޕްރޮޑިއުސަރ ކަރަން ޖޯހަރު ވަނީ ރައްދު ދީފައެވެ.

މި ޚަބަރުތަކަށް ރައްދުދީ ކަރަން ކޮށްފައިވާ ޓްވީޓްގައި ވަނީ، އެއްވެސް މީހަކަށް އަދި "ދޯސްތާނާ 2"ގެ ބަތަލާގެ ރޯލު ނުދޭ ކަމަށެވެ. ފިލްމުގެ އުފެއްދުމުގެ ވިސްނުން ގެންގުޅުނަސް އެއްވެސް ކަމެއް އަދި ޔަގީން ނުވާ ކަމަށް ކަރަން ވަނީ ބުނެފައެވެ.

"ދޯސްތާނާ 2 "އަކީ 2008 ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމް "ދޯސްތާނާ" ގެ ސީކުއެލް އެކެވެ.

ޕްރިޔަންކާ ޗޯޕްޅާ އާއި އަބިޝޭކް ބަޗަން އަދި ޖޯން އަބްރަހަމް ކުޅެފައިވާ މި ފިލްމްގެ ދެވަނަ ބައެއް އުފައްދާނެ ކަމަށް ޚަބަރު ފެތުރުނުތާ މިހާރު އަހަރުތަކެއް ވަނީ ވެފައެވެ.

އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުގައި ކަރަން ވަނީ މި ފިލްމުގެ މަސައްކަތް ފަށަން ވިސްނަމުން އަންނަ ކަމަށް އަނެއްކާ ވެސް ބުނެފައެވެ.

"ދޯސްތާނާ" އަކީ ޕްރިޔަންކާ ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވުނު އެއް ފިލްމެވެ. ފިލްމުގެ "ދޭސީ ގާލް" ލަވަޔާއެކު ޕްރިޔަންކާ ވަނީ ބޮލީވުޑްގެ "ދޭސީ ގާލް" ގެ ގޮތުގައި މަޝްހޫރު ވެފައެވެ. އަދި ދެވަނަ ފިލްމެއް އުފައްދަން ވާހަކަ ދެކެވޭއިރު، ދެވަނަ ފިލްމުގެ ޖާގަ ވެސް ޕްރިޔަންކާ އަށް ދެވިދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އާލިއާ ވަނީ ކަރަންގެ ދަރްމާ ޕްރޮޑަކްޝަން އިން އުފައްދާފައިވާ ކާމިޔާބު ފިލްމްތަކެއް ކުޅެފައެވެ.

މިއަހަރާއި 2020 ވަނަ އަހަރު ދަރްމާ ޕްރޮޑަކްޝަނުން އުފައްދާ "ކަލަންކް"، ބްރަމާސްތްރަ" އަދި ތަޚްތު" އިން ވެސް އާލިއާ ފެނިގެން ދާނެއެވެ.

އާލިއާ މިވަގުތު އޭނާގެ އަންނަން އޮތް ފިލްމް "ގަލީ ބޯއީ" ޕްރޮމޯޝަންގެ މަސައްކަތްތައް ކުރަމުންނެވެ. މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ގައެވެ.

އިތުރަށް ކިޔާލަން

27 ޖޫން 2019

ދޯސްތާނާ 2 ކުޅޭނެ ތަރިއެއް ހޯދަނީ

27 ޖޫން 2019
ދޯސްތާނާ 2 ކުޅޭނެ ތަރިއެއް ހޯދަނީ
12 މާރިޗު 2019

ހީނާގެ ބަދަލުގައި ކޮމޯލިކާގެ ރޯލު ކުޅޭނީ އާލީޝާތަ؟

12 މާރިޗު 2019
ހީނާގެ ބަދަލުގައި ކޮމޯލިކާގެ ރޯލު ކުޅޭނީ އާލީޝާތަ؟
20 އޯގަސްޓު 2018

ދޯސްތާނާ 2 ގައި ޖާންވީ އާއި ސިދާތް!

20 އޯގަސްޓު 2018
ދޯސްތާނާ 2 ގައި ޖާންވީ އާއި ސިދާތް!
18 ޑިސެމްބަރު 2017

ސްޓޫޑެންޓް އޮފްދަ އިޔާ 2 ގެ ބަތަލާ އަކީ އާލިއާތަ؟

18 ޑިސެމްބަރު 2017
ސްޓޫޑެންޓް އޮފްދަ އިޔާ 2 ގެ ބަތަލާ އަކީ އާލިއާތަ؟
29 އެޕްރީލު 2017

ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާގެ ރޯލު ކުޅޭނީ ޝްރައްދާ

29 އެޕްރީލު 2017
ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާގެ ރޯލު ކުޅޭނީ ޝްރައްދާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު