Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ހީނާގެ ބަދަލުގައި ކޮމޯލިކާގެ ރޯލު ކުޅޭނީ އާލީޝާތަ؟

ހީނާ މި ޝޯ ހުއްޓާލަނީ ބޮލީވުޑް ފިލްމެއްގައި މަސައްކަތް ކުރުމަށް ކަމަށް ރިޕޯޓްތައް ބުނޭ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 12 މާރިޗު 2019 | އަންގާރަ 16:16
ހީނާ ޚާން އާއި އާލީޝާ ޕަންވާރު

ހީނާ ޚާން އާއި އާލީޝާ ޕަންވާރު

"ކަސައުޓީ ޒިންދަގީކީ" ގެ ރީބޫޓްގައި ކޮމޯލިކާގެ ރޯލު ކުޅެމުންދާ ހީނާ ޚާން އެ ރޯލް ދޫކޮށްލަން އުޅޭ ކަމަށް ކުރިން ވަނީ އަޑުފެތުރިގެން ގޮސްފައެވެ. އަދި އެ ޝޯ ދޫކޮށްލަން އުޅޭ ކަމަށް ކުރިން ހީނާ ވެސް ވަނީ ޔަގީންކޮށްދީފައެވެ.

"އިޝްގްމެއިން މަރުޖާވާން" ގެ ބަތަލާ އާލީޝާ ޕަންވަރު ވަރަށް އަވަހަށް ކޮމޯލިކާގެ ރޯލުން ފެނިގެން ހިނގައިދާނެ ކަމަށް އެންމެ ފަހުގެ ރިޕޯޓްތައް ވަނީ ބުނެފައެވެ.

"ބޮމްބޭ ޓައިމްސް" އަށް ކުރިން ދިން އިންޓަވިއުއެއްގައި ހީނާ ބުނެފައި ވަނީ މާރޗް މަހުން ފެށިގެން އެ ޝޯއިން އޭނާ ނުފެންނާނެ ކަމަށެވެ. އަދި އޭނާ ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެ ޝޯއަށް އަންނާނެ ކަމަށް ވަނީ ބުނެފައެވެ.

ހީނާ މި ޝޯ ހުއްޓާލަނީ ބޮލީވުޑް ފިލްމެއްގައި މަސައްކަތް ކުރުމަށް ކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ.

ކޮންމެއަކަސް ޝޯގެ ސްކްރިޕްޓް ބަދަލު ކުރުމުގެ ބަދަލުގައި އެ ރޯލަށް އާމޫނެއް ހަމަޖެއްސުމަށް ފިލްމް އުފައްދާ ފަރާތްތަކުން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އެ ރޯލަށް އާލީޝާ ގެނައުމަށްޓަކައި އޭނާއާ ވާހަކަ ދައްކަމުންދާ ކަމަށް ގިނަ ރިޕޯޓްތައް ވަނީ ބުނެފައެވެ.

ސްޓާޕަލްސް އިން "ކަސައުޓީ ޒިންދަގީކީ" ދައްކަން ފަށާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް ހީނާގެ ކެރެކްޓަރ ދައްކަން ފަށާފައި ވަނީ ޝޯ ފެށިތާ މަހެއްހާ ދުވަސް ފަހުންނެވެ.

އޭކްތާ ކަޕޫރު ޕްރޮޑިއުސްކުރާ މި ޝޯގައި ޕްރޭނާގެ ރޯލުން ފެނިގެންދަނީ އެރިކާ ފެނާންޑޭޒްއެވެ. އަދި އަނޫރާގްގެ ރޯލުން ފެނިގެންދަނީ ޕާރތް ސަމްތާން އެވެ.

ހީނާ އެކޭ އެއްގަތަށް އާލީޝާއަކީ ވެސް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ފޮލޯ ކުރަމުންދާ ފަންނާނެކެވެ. އާލީޝާ މީގެ ކުރިން ވަނީ ޓީވީ ޝޯ "ޖަމާއީ ރާޖާ" އިން ވެސް ފެނިގެން ގޮސްފައެވެ.

އިތުރަށް ކިޔާލަން

23 އޯގަސްޓު 2017

"ސާހޯ" ގައި ވިލަން ގެ ރޯލުން ފެންނާނީ ޖެކީ ޝްރޮފް

23 އޯގަސްޓު 2017
"ސާހޯ" ގައި ވިލަން ގެ ރޯލުން ފެންނާނީ ޖެކީ ޝްރޮފް
06 ޖުލައި 2017

ރަންބީރު ކަޕޫރު: "ބާހުބަލީ"ގައި ޕަރަބާސް އަދާކޮށްފައިވާ ރޯލު ވަރަށް ކަމުދޭ

06 ޖުލައި 2017
ރަންބީރު ކަޕޫރު: "ބާހުބަލީ"ގައި ޕަރަބާސް އަދާކޮށްފައިވާ ރޯލު ވަރަށް ކަމުދޭ
15 މެއި 2017

ސަޗިން ބޭނުންވީ އޭނާގެ ރޯލު އާމިރު ކުޅެން

15 މެއި 2017
ސަޗިން ބޭނުންވީ އޭނާގެ ރޯލު އާމިރު ކުޅެން
13 މެއި 2017

ޕްރިޔަންކާގެ ހޮލީވުޑްގެ ދެވަނަ ފިލްމުން އޭނާ ފެންނާނީ މަންމައެއްގެ ރޯލުން

13 މެއި 2017
ޕްރިޔަންކާގެ ހޮލީވުޑްގެ ދެވަނަ ފިލްމުން އޭނާ ފެންނާނީ މަންމައެއްގެ ރޯލުން
08 މެއި 2017

"ތަގްސް އޮފް ހިންދުސްތާނު" ގައި އަންހެން ރޯލުން ފެންނާނީ ފާތިމާ

08 މެއި 2017
"ތަގްސް އޮފް ހިންދުސްތާނު" ގައި އަންހެން ރޯލުން ފެންނާނީ ފާތިމާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު