Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ދޯސްތާނާ 2 ކުޅޭނެ ތަރިއެއް ހޯދަނީ

ޓީމުން މިވަގުތު ދަނީ ފިލްމްގެ ސްކްރިޕްޓް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 27 ޖޫން 2019 | ބުރާސްފަތި 13:31
ކާތިކް އާރްޔަން އާއި ޖާންވީ ކަޕޫރު

ކާތިކް އާރްޔަން އާއި ޖާންވީ ކަޕޫރު

ފިލްމް ޕްރޮޑިއުސަރ ކަރަން ޖޯހަރު ވަނީ "ދޯސްތާނާ 2" ހަދަން އުޅޭކަން ބުރާސްފަތި ދުވަހު އިއުލާން ކޮށްފައެވެ.

މި ފިލްމްގައި ލީޑް ރޯލަށް ޖާންވީ ކަޕޫރާއި ކާތިކް އާރްޔަން ހަމަޖައްސާފައިވާއިރު ބަތަލްގެ ރޯލް އަދާކުރާނެ އިތުރު ތަރިއެއް ހޯދަމުންދާ ކަމަށް ކަރަން ވަނީ ބުނެފައެވެ.

2008 ވަނަ އަހަރު ރިލީޒް ކުރި "ދޯސްތާނާ" ގައި ލީޑްރޯލުން ފެނިގެން ގޮސްފައިވަނީ ޕްރިޔަންކާ ޗޯޕްރާ އާއި އަބީޝެކް ބަޗަން އަދި ޖޯން އަބްރަހަމް އެވެ.

މި ފިލްމްގެ ޕްރޮޑަކްޝަން ޓީމާއި ގާތް މީހަކާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން "ދޯސްތާނާ" އެހާ ކާމިޔާބު ފިލްމަކަށް ވެގެން ގޮސްފައިވަނީ މަޖާ ގޮތަކަށް މިފިލްމުގެ ވާހަކަ ގެނެސްދީފައިވާތީ ކަމަށެވެ. މި ފިލްމްގެ ސީކުއެލްވެސް އެފަދަ މަޖާގޮތަކަށް ބެލުންތެރިންނަށް ގެނެސްދިނުމަށް ކަރަން ބޭނުންވާކަމަށް މަސްދަރުން ވަނީ ބުނެފައެވެ. އަދި ޓީމުން މިވަގުތު ދަނީ ފިލްމްގެ ސްކްރިޕްޓް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ވަނީ ބުނެފައެވެ.

މި ފިލްމް ވެގެން ދާނީ ކަރަން ގެ ފިލްމެއްގައި ކާތިކް މަސައްކަތް ކުރާ ފުރަތަމަ ފިލްމަށެވެ.

"ދޯސްތާނާ" ގައި ފެނިގެންދަނީ އަބީޝެކް ބަޗަން އާއި ޖޯން އަބްރަހަމް، ޕްރިޔަންކާ ޗޯޕްރާދެކެ ލޯބިވެގެން އުޅޭ މަންޒަރެވެ. ނަމަވެސް އެމީހުން ދިރިއުޅެމުން ގެންދިޔައީ ޕްރިޔަންކާގެ އެޕާޓްމަންޓްގައި ގޭ ކަޕުލް އެއްކަމަށް ހެދިގެންނެވެ.

މި ފިލްމްގައި ޚާއްސަ ފެނިލުމަކުން ބޮބީ ޑިއޯލް ވެސް ފެނިގެން ދެއެވެ.

އިތުރަށް ކިޔާލަން

22 ޖުލައި 2018

އަހަރެންނަކީ ތަރިއެއްކަމަށް އަދި ގަބޫލެއް ނުކުރަން: ޖާންވީ

22 ޖުލައި 2018
އަހަރެންނަކީ ތަރިއެއްކަމަށް އަދި ގަބޫލެއް ނުކުރަން: ޖާންވީ
09 މާރިޗު 2018

ޝާހުގެ ޑޮން 3 ގައި ލީޑުން ފެންނާނީ އާ އަންހެން ތަރިއެއް

09 މާރިޗު 2018
ޝާހުގެ ޑޮން 3 ގައި ލީޑުން ފެންނާނީ އާ އަންހެން ތަރިއެއް
27 ސެޕްޓެމްބަރު 2017

ސަލްމާން ދަރިޔަކު ހޯދަނީ

27 ސެޕްޓެމްބަރު 2017
ސަލްމާން ދަރިޔަކު ހޯދަނީ
21 ސެޕްޓެމްބަރު 2017

ޓްރަމްޕް ވިދާޅުވި ނެމްބިއާ ކިޔާ އެފްރިކާ ގައުމެއް މީހުން ޗާޓުން ހޯދަނީ...!

21 ސެޕްޓެމްބަރު 2017
ޓްރަމްޕް ވިދާޅުވި ނެމްބިއާ ކިޔާ އެފްރިކާ ގައުމެއް މީހުން ޗާޓުން ހޯދަނީ...!
18 ސެޕްޓެމްބަރު 2017

އެކްޓަރު ޓޮމް އޮލްޓާ ކެންސަރަށް ފަރުވާ ހޯދަނީ

18 ސެޕްޓެމްބަރު 2017
އެކްޓަރު ޓޮމް އޮލްޓާ ކެންސަރަށް ފަރުވާ ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު