Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޗްޕީއޭ ބަޔާން

މިއަހަރު ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު ވަނީ ދަށަށް ގޮސްފައި!

4 ފެބުރުއަރީ 2019 | ހޯމަ 12:24

މިދިޔަ ޑިސެމްބަރު މަހު 558 ކޭސް ވަނީ ރިޕޯޓްކޮށްފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 4 ފެބުރުއަރީ 2019 | ހޯމަ 12:24
މަދިރި ކޮންޓްރޯލް ކުރުމަށް ސްޕްރޭ ޖަހަނީ

މަދިރި ކޮންޓްރޯލް ކުރުމަށް ސްޕްރޭ ޖަހަނީ

މިދިޔަ ޑިސެމްބަރު މަހާ އަޅާ ބަލާއިރު މިއަހަރުގެ ޖެނުއަރީ މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ މީހުން އަދަދު ވަނީ ދަށަށް ގޮސްފައި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު 558 ކޭސް ރިޕޯޓް ކޮށްފައިވާއިރު މިއަހަރުގެ ޖެނުއަރީ މަހު މި އަދަދު ވަނީ 504 އަށް ދަށްވެފައި ކަމަށެވެ.

Advertisement - newsAdvertisement

ހަފްތާ ނިސްބަތުން ބަލާއިރު 2018 ވަނަ އަހަރުގެ ފަހު ހަފްތާ ތެރޭގައި 165 ކޭސް ރިޕޯޓް ކޮށްފައިވާއިރު 2019 ވަނަ އަހަރު ޖެނުއަރީ މަހު ފަހު ހަފްތާ ތެރޭގައި ރިޕޯޓްކޮށްފައި ވަނީ 98 މީހުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެހެން ނަމަވެސް ވޭތިވެދިޔަ އަހަރު ތަކުގެ ޖެނުއަރީ މަހުގެ ތެރޭގައި ޑެންގީ ޖެހޭ މިންވަރަށް ބަލާއިރު މިއަހަރުގެ ޖެނުއަރީ މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު ގިނަ ކަމަށް ފާހަގަ ކުރެވޭ ކަމަށާއި އެހެންކަމުން ޑެންގީ އިން ރައްކާތެރިވުމުގެ ފުޔަވަޅުތައް އަޅަމުން ގެންދިއުމަށް ޚާއްސަ ސަމާލުކަމެއް ދިނުން މުހިއްމު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ޑެންގީ ހުމުގެ އިތުރުން ޗިކުންގުންޔާއަކީ ވެސް ޑެންގީ ހުން ފަތުރާ އީޑީސް މަދިރީގެ ޒަރީއާ އިން ފެތުރޭ ބައްޔެއް ކަމަށާއި މިއަހަރުގެ މިހާތަނަށް ޗިކުންގުންޔާ ޖެހިގެން 38 ކޭސް މާލޭ ސަރަހައްދުން ރިޕޯޓްކޮށްފައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ޗިކުންގުންޔާގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ހުޅުހުޅުގައި ރިއްސުން، ބައެއް ހުޅުހުޅު ދުޅަވުން އަދި ހަމުގައި ކުދި ބިހިތަކެއް ނެގުން ހިމެނެއެވެ. ޑެންގީ ފަދައިން ޗިކުންގުންޔާއަކީ ވެސް ވަކި ހާއްސަ ފަރުވާއެއް އޮތް ބައްޔެއް ނޫން ކަމުން ބަލިޖެހުމުން، ގިނައިން އަރާމު ކުރުމާއި ދިޔާއެއްޗިހި ބޭނުންކުރުން މުހިއްމު ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ބޭރަށް ހިންގުން އިތުރުވެފައި ވީނަމަވެސް މިއަހަރު ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު ވަނީ ދަށްވެފައެވެ. އެގޮތުން ޑިސެމްބަރު މަހު 6230 މީހުން ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކޮށްފައިވާއިރު މިއަހަރުގެ ޖެނުއަރީ މަހު މިއަދަދު ވަނީ 5500 އަށް ދަށްވެފައެވެ.

ހަފްތާގެ ނިސްބަތުން ބަލާއިރު 2018 ވަނަ އަހރުގެ ޑިސެމްބަރު މަހު ފަހު ހަފްތާގައި 2275 މީހުން ބޭރަށް ހިންގުންޖެހިގެން ރިޕޯޓްކޮށްފައިވާއިރު ޖެނުއަރީ 2019 ގެ ފަހު ހަފްތާގައި ރިޕޯޓްކޮށްފައި ވަނީ 1301 މީހުންނެވެ. ނަމަވެސް ވޭތިވެދިޔަ އަހަރުތަކުގެ ޖެނުއަރީ މަހު ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދާ އަޅާ ބަލާއިރު މިއަހަރުގެ ޖެނުއަރީ މަހު ބޭރަށް ހިންގުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު ގިނަ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެހެން ކަމުން ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުން މުހިއްމު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އަރިދަފުސް ރޯގާ، ފާނަ ބަސަންދު، ލޮލުރޯގާ، ހޭންޑް ފުޓް އެންޑް މައުތް ފަދަ ބަލިތައް މިއަހަރު ފުރަތަމަ މަހުގެ ތެރޭގައި އާންމުކޮށް އުޅޭ މިންވަރަށް ވުރެ އިތުރުވެފައި ނުވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް