Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ދަ ބިގް ބޭންގް ތިއަރީ

12 ސީޒަނަށް ފަހު 'ދަ ބިގް ބޭންގް ތިއަރީ' ނިންމާލަނީ

'ދަ ބިގް ބޭންގް ތިއަރީ' ޕްރިމިއަރކޮށްފައިވަނީ 2007 ވަނަ އަހަރު

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2019 | ހޯމަ 09:02
\'ދަ ބިގް ބޭންގް ތިއަރީ\'ގެ ސީޒަން 12 ޕޯސްޓަރެއް

\'ދަ ބިގް ބޭންގް ތިއަރީ\'ގެ ސީޒަން 12 ޕޯސްޓަރެއް

މަޝްހޫރު ސިޓްކޮމްއެއްކަމަށްވާ 'ދަ ބިގް ބޭންގް ތިއަރީ' މި އަހަރުގެ މޭ މަހު ނިމޭނެއެވެ.

އެމެރިކާގެ ތާރީހުގައި އެންމެ ދިގު މުއްދަތަކަށް ދެމިގެން ދިޔަ އެއް ޝޯވކަމަށްވާ 'ދަ ބިގް ބޭންގް ތިއަރީ' މި ނިންމާލަނީ 12 ސީޒަނަށް ފަހުއެވެ. ޝޯވގެ 12 ވަނަ ސީޒަން ފަށާފައިވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

މި ޝޯވ މި އަހަރު ނިމިގެންދާއިރު، 2007 ވަނަ އަހަރު ޝޯވ ފެށުނު އިރު ފެނިގެންދާ މައި ތަރިންތައް އަދިވެސް އުޅެއެވެ.

'ދަ ބިގް ބޭންގް ތިއަރީ'ގެ ސީޒަން 1ގެ ޕޯސްޓަރެއް. ފޮޓޯ: ސީބީއެސް

އެއީ، ޕެނީގެ ރޯލު ކުޅޭ ކޭލީ ކުއޯކޯ، ޑރ. ޝެލްޑަން ކޫޕަރގެ ރޯލުން ފެންނަ ޖިމް ޕާސަންސް، ޑރ. ލެނަރޑް ހޮފްސްޓެޓަރ ގައި ބައި ކުޅޭ ޖޯނީ ގަލެކީ، ހަވަރޑް ވޮލޮވިޓްޒްގެ ރޯލުން ފެންނަ ސައިމަން ހެލްބަރގް އަދި ޑރ. ރާޖޭޝް 'ރާޖް' ކޫތްރަޕާލީގެ ރޯލު ކުޅޭ ކުނާލް ނައްޔާރެވެ. މީގެ އިތުރުން ޝޯވއާ ފަހުން ގުޅުނު ތަރިންގެ ތެރޭގައި، ޑރ. އޭމީ ފެރާ ފައުލަރގެ ބައިން ފެންނަ މަޔިމް ބަލިކް، ޑރ. ބަރނެޑެޓް ރޮޓެންކައުސްކީ-ވޮލޮވިޓްޒްގެ ރޯލް ކުޅޭ މެލިސާ ރޯޗް އަދި ސްޓުއާޓް ބްލޫމްގެ ރޯލުން ފެންނަ ކެވިން ސަސްމަން ހިމެނެއެވެ.

12 ވަނަ ސީޒަނަކީ 'ދަ ބިގް ބޭންގް ތިއަރީ'ގެ ފަހު ސީޒަނަށް ހަދަން ޖެހުނީ ޝޯވގެ މައި ތަރިން ތެރޭގައި ހިމެނޭ ޖިމް ޕާސަންސް، 45، 13 ވަނަ ސީޒަނަކަށް އަނބުރާ ނުދާން ނިންމުމުންކަމަށް ރިޕޯޓްތައް ބުނެއެވެ. ޖިމް މިހާރު ދަނީ 'ދަ ބިގް ބޭންގް ތިއަރީ'ގައި އޭނާ ކުޅޭ ކެެރެކްޓަރކަމަށްވާ ޝެލްޑަން ކޫޕަރ ޅައިރު ދައްކުވައިދޭ ޝޯވއެއްކަމަށްވާ 'ޔަންގް ޝެލްޑަން' ޕްރޮޑިއުސް ކުރަމުންނެވެ.

2007 ވަނަ އަަހަރު ޕްރިމިއަރ ކުރެވުނު 'ދަ ބިގް ބޭންގް ތިއަރީ'އަކީ އެމެރިކާގެ އެންމެ ކާމިޔާބު އެއް ސިޓްކޮމްއެވެ.

މި ޝޯވ އިން ފެނިގެންދަނީ ހަތަރު 'ނަރޑުން'ގެ ހަޔާތެވެ. އަދި ޝޯވ ވެގެންދިޔައީ އާންމުކޮށް ބުލީކުރުން އަމާޒްވެފައިވާ ނަރޑުން ނުވަތަ ގީކުންނަށް ޕޮޒިޓިވް އެއްޗަކަށެވެ.

އަދި 2008 ވަނަ އަހަރު ރިލީޒްކޮށްފައިވާ 'އަޔަން މޭން' ފިލްމާއި އެއަށް ފަހު އައި ކޮމިކް ފިލްމްތަކަށް ބޮޑު ތަރުހީބެއް ލިބުމުގެ ފަހަތުގައި 'ދަ ބިގް ބޭންގް ތިއަރީ'ގެ އަތެއްވާކަމަށް ބައެއް ފަރާތްތައް ގަބޫލު ކުރެއެވެ.

'ދަ ބިގް ބޭންގް ތިއަރީ'ގެ ސީނެއް؛ ކެރެކްޓަރުން ސުޕަރހީރޯ ހެދުމުގައި

ސައި-ފައި އަދި ކޮމިކަށް ލޯބި ކުރާ ހަތަރު ލީޑް ކެރެކްޓަރުން ހިމެނޭ މި ޝޯވގައި އެ މައުލޫތަކުގެ ވާހަކަ ގިނައެވެ. އަދި ތަރިންތައް ބައެއް އެޕިސޯޑްތަކުގައި ސުޕަރ-ހީރޯ ހެދުމުގައި ފެެނެއެވެ. އޭގެ ތެރޭގައި މިހާރު އެންމެ ހިނގާ، ޖޭސަން މަމޯއާގެ 'އަކުއަމޭން' ކެރެކްޓަރ ހިމެނެއެވެ.

މީގެ އިތުރުން، ސައިންސާއި ޓެެކްނޮލޮޖީގެ ވާހަކަތައްވެސް ޝޯވގައި ގިނައެވެ.

'ދަ ބިގް ބޭންގް ތިއަރީ'ގެ ތަރިން މާވެލް ކޮމިކްސްގެ ލެޖެންޑް ސްޓޭން ލީއާއެކު

'ދަ ބިގް ބޭންގް ތިއަރީ'ގެ މަގުބޫލުކަމުގެ ސަބަބުން މި ދާއިރާތަކުގައި ފާހަގަ ކުރެވޭ ގިނަ ފަރާތްތައް ޝޯވގެ އެޕިސޯޑުތަކުން ފެނިގެންދެއެވެ. އޭގެ ތެރޭގައި ނޮވެމްބަރ 2018ގައި މަރުވި، މާވެލް ކޮމިކްސްގެ ބާނީއެއް ފަދަ ސްޓޭން ލީ އާއި އެ އަހަރު މާޗް މަހު މަރުވި މަޝްހޫެރު ސައިންޓިސްްޓް އަދި ތިއަރޮޓިކަލް ފިޒިސިސްޓެއްކަމަށްވާ ސްޓީވަން ހޯކިންގ ހިމެނެއެވެ.

'ދަ ބިގް ބޭންގް ތިއަރީ'ގެ ތަރިން މަޝްހޫރު ފިޒިސިސްޓް ސްޓީވަން ހޯކިންގއާއެކު

ވޯނަރ ބްރަދަރސް އާއި ސީބީއެސްގެ މި ޝޯވ ތައްޔާރުކޮށްފައިވަނީ މަޝްހޫރު ސިޓްކޮމެއްކަމަށްވާ 'ފްރެންޑްސް' ތައްޔާރުކުރި ޓީމްގައި ހިމެނޭ ޗަކް ލޯރއާއި 'ޓޫ އެންޑް އަ ހާފް މެން' ތައްޔާރު ކުރި ބިލް ޕްރެޑީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!

"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!

26 މާރިޗު 2017
ފަސް އަހަރަށް ފަހު ސަލްމާނާއި ކެޓްރީނާ ކުޅޭ ފިލްމުގެ ފުރަތަމަ މަންޒަރު

ފަސް އަހަރަށް ފަހު ސަލްމާނާއި ކެޓްރީނާ ކުޅޭ ފިލްމުގެ ފުރަތަމަ މަންޒަރު

23 މާރިޗު 2017
ޑްރޭކަށް ފަހު ޖޭލޯ އެލެކްސް ރޮޑްރިގެޒްއާ އެކު؟

ޑްރޭކަށް ފަހު ޖޭލޯ އެލެކްސް ރޮޑްރިގެޒްއާ އެކު؟

20 މާރިޗު 2017
ނޫރަށް ފަހު ނޫސްވެރިންނަށް ކުރާ އިޚުތިރާމް އިތުރުވެއްޖެ: ސޮނާކްޝީ

ނޫރަށް ފަހު ނޫސްވެރިންނަށް ކުރާ އިޚުތިރާމް އިތުރުވެއްޖެ: ސޮނާކްޝީ

08 މާރިޗު 2017
ލަންޑަނުގައި އޮތް ފެޝަން ޝޯއެއްގެ ރޭމްޕަށް އެރުމަށް އެންމެ ފަހު ވަގުތު ބިޕާޝާ ދެކޮޅު ހަދައިފި

ލަންޑަނުގައި އޮތް ފެޝަން ޝޯއެއްގެ ރޭމްޕަށް އެރުމަށް އެންމެ ފަހު ވަގުތު ބިޕާޝާ ދެކޮޅު ހަދައިފި

08 މާރިޗު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު