Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނަވާޒް ޝަރީފް

ނަވާޒް ޝަރީފްގެ ކިޑްނީން ހިލަނައްތާލަން އޮޕަރޭޝަނެއް ކުރަންޖެހިއްޖެ

4 ފެބުރުއަރީ 2019 | ހޯމަ 03:38

ބޮޑުވަޒީރުކަމުގެ މަގާމުން ނަވާޒް ވަކިކުރެވުނީ 2017 ވަނަ އަހަރު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 4 ފެބުރުއަރީ 2019 | ހޯމަ 03:38
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ މެޑިކަލް ޓެސްޓްތަކުން އެ މަނިކުފާނުގެ ކިޑްނީގައި ހިލަހުރިކަން ޔަގީން ކުރެވިފައިވާތީ އޮޕަރޭޝަނެެއް ކުރުމަށް ޑޮކްޓަރުން ލަފާދީފިއެވެ.

ޕާކިސްތާން މުސްލިމް ލީގް ނަވާޒްގެ އިސްވެރިޔާ ހުކުރު ކޮޓް ލަކްޕްޓް ޖަލުން ހޮޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކޮށްފައިވަނީ ހިތްޕުޅުގެ އާލާސްކަންފުޅެއް ކުރިމަތިވުމުންނެވެ.

އެޑްމިޓްކުުރުމަށްފަހު ސީޓީ ސްކޭންއަކާއި އަލްޓްރާ ސައުންޑް ސްކޭން އަދި ލޭގެ ޓެސްޓްތަކެއް ހޮނިހިރުު ދުވަހު ހައްދަވާފައިވެއެވެ. ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކަކާއެކުު ޓެސްޓްހެދުމަށް ހޮސްޕިޓަލްގެ އޯޕީޑީއަށް އާދީއްތަ ދުވަހު ގެންދެވިފައިވާއިރު އަވީގައި ކުޑަކޮށް ހިންގަވާފައިވެސްވެއެވެ.

ނަވާޒް އަނބުރާ ކޮޓަރިއަށް ގެންދެވުނުއިރު ޕާޓީ މެމްބަރުންނާއި ތާއީދުކުރާ ފަރާތްތައް ފެނިވަޑައިގެން އެ ފަރާތްތަކުގެ އަގު ވަޒަންކުރައްވާކަން އިޝާރާތުން ހާމަކުރެއްވިއެވެ.

ނަވާޒްގެ ދަރިކަނބަލުން މަރްޔަމް ނަވާޒްއާއި އެކަމަނާގެ ފިރިކަލުން ކެޕްޓަން ރިޓަޔަރޑް މުހައްމަދު ސަފްދާރު އަދި ނަވާޒްގެ ދަނބި ދަރިކަލުން ރަހީލް މުނީރުވެސް ނަވާޒްގެ ކޮޓަރިކޮޅުގައި ނަވާޒްއާ ބައްދަލުކުރެއްވިއެވެ.

އެ ބައްދަލުވުން ބޭއްވުނީ ކަމާބެހޭ އިދާރާތަކުން ލިޔުމުން ދިން ހުއްދައާއެކު ދެ ގަޑިއިރުގެ ވަގުތަކަށެވެ. މީގެ އިތުރުން އާއިލާއިން ތައްޔާރުކޮށްގެން ކާނާގެނެސް ނަވާޒްއާއި އާއިލާގެ މެމްބަރުންވަނީ އެ ތަނުގައި ފަރީއްކުޅުއްވާފައެެވެ.

ނަވާޒްގެ ސިއްހީ ކަންކަން ބައްލަވާ ޑޮކްޓަރުންގެ ޓީމަށްވަނީ އިތުރު ތިން ޑޮކްޓަރުން އައްޔަންކުރައްވާފައެެވެ.

ބޮޑު ވަޒީރުގެކަމުގެ މަގާމުން ނަވާޒް ދުރުކޮށްފައި ވަނީ ކޮރްޕްޝަންގެ ތުހުމަތުތަކާ ގުޅިގެން 2017 ވަނަ އަހަރު އެވެ. އެ ތުހްމަތުތަކާ ގުޅިގެން ޕާކިސްތާނުގެ ނޭޝަނަލް އެކައުންޓަބިލިޓީ ބިއުރޯގެ ކޯޓުން ނަވާޒު އާއި އެމަނިކުފާނުގެ ދަރިކަނބަލުން މަރިޔަމް އަދި މަރިޔަމްގެ ފިރިކަލުން ސަފްދާރް އަވާންގެ މައްޗަށް ޖަލު ހުކުމް އިއްވާފައި ވަނީ މިދިޔަ އަހަރުއެވެ.

ނަވާޒްގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި ވަނީ އެމަނިކުފާނު އިނގިރޭސިވިލާތުގެ ލަންޑަނުން 4 ގެ ބައްލަވައިގަތުމުގައި ކުރައްވާފައިވާ ޚަރަދުތަކާއި އާމްދަނީއާއި ނުބައްދަލުވުމުންނެވެ. ލަންޑަނުގައި ނަވާޒު އާއި އާއިލާގެ ބޭފުޅުން ބައްލަވައިގަތް ގެތަކެއްގެ މައްސަލަ ފެންމަތިވީ 2015 ވަނަ އަހަރު ލީކުވި 'ޕެނަމާ ޕޭޕަރސް'ތަކުންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

12 އޯގަސްޓު 2017

ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ އަނބިކަނބަލުން ގާނޫނު ހަދާ މަޖިލީހަށް ކުރިމަތި ލައްވަނީ

12 އޯގަސްޓު 2017
ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ އަނބިކަނބަލުން ގާނޫނު ހަދާ މަޖިލީހަށް ކުރިމަތި ލައްވަނީ
11 އޯގަސްޓު 2017

ނަވާޒް ޝަރީފްގެ މޮޓޯކޭޑްގެ ދަށުވެ ކުޑަ ކުއްޖަކު މަރުވެއްޖެ

11 އޯގަސްޓު 2017
ނަވާޒް ޝަރީފްގެ މޮޓޯކޭޑްގެ ދަށުވެ ކުޑަ ކުއްޖަކު މަރުވެއްޖެ
29 ޖުލައި 2017

ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ނަވާޒް ޝަރީފްގެ ކޮއްކޮ ޝަހްބާޒް

29 ޖުލައި 2017
ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ނަވާޒް ޝަރީފްގެ ކޮއްކޮ ޝަހްބާޒް
28 ޖުލައި 2017

ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް މަގާމުން އިސްތިއުފާ ދެއްވައިފި

28 ޖުލައި 2017
ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް މަގާމުން އިސްތިއުފާ ދެއްވައިފި
11 ޖުލައި 2017

ނަވާޒް ޝަރީފްގެ މައްޗަށް ހިންގާ ކޮރަޕްޝަނުގެ ދައުވާގެ ޝަރީއަތް އަލުން ފަށައިފި

11 ޖުލައި 2017
ނަވާޒް ޝަރީފްގެ މައްޗަށް ހިންގާ ކޮރަޕްޝަނުގެ ދައުވާގެ ޝަރީއަތް އަލުން ފަށައިފި
12 ޖޫން 2017

ގަތަރާ މެދު އުފެދިފައިވާ ދެބަސްވުންތައް ހައްލު ކުރެއްވޭތޯ ނަވާޒް ޝަރީފް ސައުދީއަށް

12 ޖޫން 2017
ގަތަރާ މެދު އުފެދިފައިވާ ދެބަސްވުންތައް ހައްލު ކުރެއްވޭތޯ ނަވާޒް ޝަރީފް ސައުދީއަށް
12 މެއި 2017

އެމެރިކާގެ އައިސީއީން ހިންގި ބޮޑު ގޭންގް އޮޕަރޭޝަނެއްގައި 1000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި

12 މެއި 2017
އެމެރިކާގެ އައިސީއީން ހިންގި ބޮޑު ގޭންގް އޮޕަރޭޝަނެއްގައި 1000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި
11 މެއި 2017

ނަވާޒް ޝަރީފްގެ އިސްތަށިފުޅުގައި ބޮޑު ތުހުމަތެއް!

11 މެއި 2017
ނަވާޒް ޝަރީފްގެ އިސްތަށިފުޅުގައި ބޮޑު ތުހުމަތެއް!
20 އެޕްރީލު 2017

ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

20 އެޕްރީލު 2017
ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް