Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސްގެ ލަންކާ ދަތުރުފުޅު

ހުދުމުޚުތާރުކަމާ ދެކޮޅަށް ލަންކާއިން ދިނީ އަގު ނުކުރެވޭ ފަދަ އެހީތެރިކަމެއް: ރައީސް ސޯލިހު

3 ފެބުރުއަރީ 2019 | އާދީއްތަ 13:07

ރާއްޖެ ތަމްޞީލު ކުރުމަށް އެންމެ ފުރަތަމަ އޮފީހެއް ހުޅުވުނީ 1906 ވަނަ އަހަރު ކޮޅުނބުގައި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 3 ފެބުރުއަރީ 2019 | އާދީއްތަ 13:07
ރައީސް ސޯލިހު ލަންކާގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ

ރައީސް ސޯލިހު ލަންކާގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ

ޚުދުމުހުތާރުކަމާ ދެކޮޅަށް ކުރެވުނު މަސައްކަތުގައި އަވަށްޓެރި ސްރީލަންކާއިން ރާއްޖެއަށް ދީފައިވާ އެހީތެރިކަމާއި އެއްބާރުލުމަކީ އަގު ނުކުރެވޭ ވަރުގެ އެހީތެރިކަމާއި އެއްބާރުލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ މިނިވަންދުވަހުގެ ރަސްމީ ހަފްލާ ޝަރަފުވެރިކޮށްދެއްވުމަށް އެ ޤައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ސްރީލަންކާއަކީ ރާއްޖޭގައި ޑިމޮކްރަސީ ދިއުވައި އާލާކުރުމުގެ މުހިއްމު ހިއްސާދާރެއް ކަމަށެވެ.

Advertisement - newsAdvertisement
"ރާއްޖޭގާ މަލްޓި ޕާޓީ ޑިމޮކްރަސީ ޤާއިމްކުރުމަށް ދެހާހުގެ ކުރީކޮޅުގެ އަހަރުތަކުގާ، ދިވެހިންގެ ބަޔަކު ހަށިފޮޅާލާފަ ނުކުތް. އެފަހަރުވެސް ވަރަށް ގިނަ ދަތިތައް ކުރިމަތިވެ، އޭރުގެ އިދިކޮޅު ސިޔާސީ ލީޑަރުންނަށް މަޖުބޫރުވީ ގާދޫކޮލުން ބޭރުވާން. އެފަހަރުވެސް އަޅުގަނޑުމެންނަށް ރައްކާތެރިކަން ލިބުނު އައްސޭރިއަކީ ސްރީލަންކާ. މިދިޔަ ފަސް އަހަރުގެ ތެރޭގާ ރާއްޖޭގެ ކަންކަން އިސްލާހު ކުރުމަށް ތެދުވި ވަރަށް ގިނަ ސިޔާސީ ލީޑަރުންނަށް ޖެހުނީ ކުރި ފަހަރުގެވެސް ދަތުރު (ކުރަން). ރާއްޖޭގާ އޮތް ޚުދުމުހުތާރު އަނިޔާވެރިކަމާ ދެކޮޅަށް ބައިނަލްއަޤުވާމީ ދުނިޔޭގެ ސަމާލުކަން ހޯދުމުގާ ސްރީލަންކާ ސަރުކާރާ ރައްޔިތުން ވެދިނީ އަގު ނުކުރެވޭހާ ބޮޑު އެހީތެރިކަމެއް"، ރައީސް ސޯލިހު ވިދާޅުވިއެވެ.

މީގެ 113 އަހަރު ކުރިން 1906 ވަނަ އަހަރު ރާއްޖެ ތަމްސީލު ކުރުމަށް ރާއްޖެއިން ބޭރުގައި ޤާއިމްކުރެވުނު ފުރަތަމަ އޮފީސް ޤާއިމު ކުރެވިގެން ދިޔައީ ސްރީލަންކާގައިކަން ފާހަގަކުރައްވާ، ރައީސް ސޯލިހު ވަނީ ދެ ޤައުމުގެ މެދުގައި އޮތް ގާތް ގުޅުމަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ހޯދުމަށް ކުރި މަސައްކަތުގައި ދިވެހިންނަށް އެންމެ ބޮޑު އެހީތެރިކަމެއް ދިނީ ސްރީލަންކާއިން ކަމާއި، ރާއްޖެ މިނިވަން ވުމާއި އެކު ހަމަ އެދުވަހު ރާއްޖެއާއި އެކު ސްރީލަންކާއިން ސިޔާސީ ގުޅުން ޤާއިމްކޮށް، ކޮޅުނބުގައި ރާއްޖޭގެ އެމްބަސީއެއް ޤާއިމް ކުރެވުނުކަން ރައީސް ފާހަގަކުރެއްވިއެވެ.

ސްރީލަންކާގައި 12،000 ށްވުރެގިނަ ދިވެހިން ދިރިއުޅެމުންދާއިރު، އެ ހުރިހާ ދިވެހިންނަކީ އެޤައުމުގައި ދިވެހިރާއްޖެ ތަމްޞީލުކުރާ މަންދޫބުންގެ ގޮތުގައި ސިފަކުރައްވައި، ރައީސް ސޯލިހު ވަނީ ދިވެހިންގެ އުޅުމާއި ގުޅުންތައް ބަހައްޓަންވާނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނޭ ފަދައިންކަން ފާހަގަކުރައްވާފައެވެ. އަދި ސްރީލަންކާ ފަދަ ހުޅުވިފައިވާ މުޖުތަމަޢުއެއްގައި އުޅޭއިރު ދިވެހިންނާއި ވަކިވެގެން ނުވާނެ ދިވެހިވަންތަ ސިފަތައް ދެމެހެއްޓުމަށް ސަމާލުކަން ދޭން ވާނެ ކަން ފާހަގަކުރައްވައި، ރައީސް ސޯލިހު ވަނީ އަޙުލާޤީ ރީތި ސިފަތަށް ދެމެހެއްޓުމަށާއި، ނުރަނގަޅު ފިކުރުތަކުގައި ޖެހި ބައިބައިވުންތަކަށް މަގުފަހިވާފަދަ ވިސްނުންތައް ނުގެންގުޅުމަށް ނަސޭހަތްތެރި ވެވަޑައިގެންފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް