Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްވިމިންގް

ބާ ބީއާރް ކްރޯލްސް 2019: ބ.އަތޮޅުގައި ފަށައިފި

އެނަމާ ބޯއްޓު ހާދިސާފަދަ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް ފަތަން އެނގުން މުހިންމު

މިއުނާ ހަސަން
މިއުނާ ހަސަން | 2 ފެބުރުއަރީ 2019 | ހޮނިހިރު 13:00
ފަތުރުވެރިކަމާއިބެހޭ ވަޒީރު އަލީ ވަހީދު

ފަތުރުވެރިކަމާއިބެހޭ ވަޒީރު އަލީ ވަހީދު

"ބާ ބީއާރް ކްރޯލްސް 2019" ދިގު ފެތުމުގެ ބޮޑު ހަރަކާތް ބ.އަތޮޅުގައި ފަށައިފިއެވެ.

ސްވިމް މޯލްޑިވްސް އާއި ފަތުރުވެރިކަމާއިބެހޭ ވުޒާރައިން ގުޅިގެން ކުރިއަށް ގެންދާ "ބާ ބީއާރް ކްރޯލްސް 2019" އަކީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޑުކުރުމަށް ކުރިއަށް ގެންދާ ބޮޑު ފެތުމުގެ ހަރަކާތެކެވެ.

މި ހަރަކާތުގައި ބ.އަތޮޅުގެ 23 ރަށަކަށް ފެތުމަށް ވަނީ ރޭވިފައެވެ. ހަތް ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާ މިހަރަކާތަކީ ބ.އަތޮޅު ބަޔޯސްފިޔާގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ހަރަކާތެކެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރު އަލީ ވަހީދު ވަނީ އޫރިދޫ އާއި ސްވިމް އެސޯސިއޭޝަން ގުޅިގެން ފެތުން ކުޅިވަރެއްގެ ގޮތުގައި ކުރިއެރުވުމުގެ މަގުސަދުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމް ފަތާލަމާގެ ލޯގޯވެސް މި ހަރަކާތުގެ ތެރެއިން އިފްތިތާހު ކޮށްދެއްވާފައެވެ

ބާ ބީއާރް ފެތުމުގެ ހަރަކާތް ފެށުމަށްޓަކައި، ހަރަކާތުގެ ބައިވެރިން ތައްޔާރުވެފައި

މި ހަރަކާތުގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، މި އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް އިންގިލާބު ގެނުވާނެ އަހަރަކަށް ވެގެންދާނެ ކަމަށާއި، އެގޮތުން މި އަހަރު ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބޭރުގެ ގައުމުތަކުގައި އިޝްތިހާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރާވާފައި ކަމަށެވެ.

މީގެއިތުރުން އަލީ ވަހީދު ވިދާޅުވީ ރައީސް އިބްރާހިމް ސޯލިހަކީ ހަށިހެޔޮ، ދުޅަހެޔޮ ކަމަށް އިސްކަންދެއްވާ ބޭފުޅެއް ކަމަށާއި، ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު، ރާއްޖޭގެ ރައްޔިތުންނަކީ ހުރިހާ ގޮތަކުން ކުރިއަރާފައިވާ ބަޔަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ، ސިއްހަތަށް ފައިދާ ހުރި ކަންކަމުގައްޔާ، ރާއްޖޭގެ އެކި ތަންތަން ޑެސްޓިނޭޝަންތަކެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުރަންޖެހޭ ކަންކަމުގައި އަމަލީ ސިފަ ޖެހުމާ ހަމައަށް ޕްރައިވެޓް ސެކްޓާގައި ތިބި ކުންފުނިތަކުން ގެންނަ ހިޔާލުތަކަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން އެހީތެރިވާނެ ކަމަށެވެ.

ބާ ބީއާރް ފެތުމުގެ ހަރަކާތުގެ ތެރެއިން

އަލީ ވަހީދު ވިދާޅުވީ، ދިވެހިރާއްޖެއަކީ ވަށައިގެން ކަންޑުއޮތް ގައުމެއް ކަމުން، ދިވެހި ކޮންމެ ރައްޔިތަކީ ފަތަން ދަންނަ ރައްޔިތަކަށްވުން މުހިއްމުކަމަށާއި، އެނަމާ ބޯއްޓު ހާދިސާފަދަ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް ހުރިހާ ރައްޔިތުންވެސް މަސައްކަތް ކުރަން ވާނެކަމަށެވެ.

ފަތުރުވެރިކަން ޕްރޮމޯޓް ކުރުމުގެ މަގްސަދުގައި ބާރޑްސްއައި ވިއުގައި ޕެރެމޯޓަލްސް ބޭނުންކޮށްގެން މާޗު މަހުގެ ތެރޭގައި ހ.އ ތުރާކުނުން އައްޑޫ ސިޓީއާ ހަމައަށް މުޅި ރާއްޖެ ފެންނަ ފޮޓޯއެއް ނެގުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޫރިދޫގެ ޑިރެކްޓާ އޮފް ސޭލްސް ހުސައިން ނިޔާޒް ވިދާޅުވީ، ރާއްޖޭގައި ފެތުން ކުޅިވަރެއްގެ ގޮތުގައި ގިނަ ބަޔަކަށް ސިފަ ނުވާ ކަމަށާއި، އެކަމަށް ނިމުމެއްގެނެސް ފެތުން ކުޅިވަރެއްގެ ގޮތުގައި ވަރުގަދަ ކުރުމަށް އޫރިދޫގެ ފަރާތުން ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ސްވިމް އެސޯސިއޭޝަނަށް ފޯރު ކޮށްދޭނެ ކަމަށެވެ.

ފަތުރުވެރިކަން ކުރި އެރުވުމާއި، ފަންނީ އަދި އިލްމީ ގޮތުން ގައުމު ކުރިއެރުވުމަކީ މިހާރުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ކަމެވެ.

އިތުރަށް ކިޔާލަން

01 މާރިޗު 2017

އިސްކޯ ހޯދުމަށް ބާސާ އިން މަސައްކަތް ފަށައިފި

01 މާރިޗު 2017
އިސްކޯ ހޯދުމަށް ބާސާ އިން މަސައްކަތް ފަށައިފި
20 ފެބުރުއަރީ 2017

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި

20 ފެބުރުއަރީ 2017
ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި
18 ފެބުރުއަރީ 2017

އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގް ކޯޗިންގް ކޯހެއް ފަށައިފި

18 ފެބުރުއަރީ 2017
އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގް ކޯޗިންގް ކޯހެއް ފަށައިފި
18 ފެބުރުއަރީ 2017

ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

18 ފެބުރުއަރީ 2017
ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު