Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮޕަ ޑެލްރޭ

ކޮޕަ ޑެލްރޭ: ދެވަނަ ލެގުންވެސް ޖިރޯނާ ބަލިކޮށް ރެއާލް ސެމީއަށް

1 ފެބުރުއަރީ 2019 | ހުކުރު 02:58

ޖިރޯނާގެ މައްޗަށް ރެއާލް ކުރިހޯދީ 3-7 ގެ އެގްރިގޭޓް ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ | 1 ފެބުރުއަރީ 2019 | ހުކުރު 02:58
ރެއާލް މެޑްރިޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ

ރެއާލް މެޑްރިޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ

ކޮޕަޑެލްރޭގެ ދެވަނަ ލެގުންވެސް ޖިރޯނާ ބަލިކޮށް ރެއާލް މެޑްރިޑް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ދެވަނަ ލެގުގެ މެޗު ޖިރޯނާއާ ވާދަކޮށް ރެއާލުން ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ. އެގޮތުން ރެއާލް ސެމީއަށް ދަތުރުކުރީ ފުރަތަމަ ލެގާއެކު ޖުމްލަ 3-7 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ޖިރޯނާ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ ރެއާލުންނެވެ. އެގޮތުން އެޓީމުން ވަނީ 27 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބުކުރީ ކަރިމް ބެންޒެމާއެވެ.

މި ލަނޑަށްފަހުވެސް ރެއާލުން ދިޔައީ ފުލުފުލުގައި ޖިރޯނާގެ ގޯލަށް ނުރައްކާކޮށް ހަމަލާ އުފައްދަމުންނެވެ. އެގޮތުން 43 ވަނަ މިނެޓުގައި އެޓީމުން ވަނީ ބެންޒެމާ ކާމިޔާބުކުރި އިތުރު ލަނޑަކުން ލީޑު ފުޅާކޮށްފައެވެ.

މި ހާފްގައި ޖިރޯނާއަށްވެސް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބިފައިވާއިރު، އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ޖިރޯނާގެ މައްޗަށް ރެއާލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޖިރޯނާގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައިވާއިރު، ފުލުފުލުގައި އެޓީމުން ވަނީ ރެއާލްގެ ގޯލަށް ނުރައްކާކޮށްފައެވެ.

މެޗުގައި ޖިރޯނާގެ ފަރާތުން ފެނިގެންދިޔަ ހަމައެކަނި ލަނޑު 71 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޕެޑްރޯ ޕޮރޯއެވެ. ނަމަވެސް އޭގެ ފަސް މިނެޓު ފަހުން ރެއާލްގެ މާކަސް ލޮރެންޓޭ ވަނީ ލަނޑެއް ކާމިޔާބުކޮށް އަނެއްކާވެސް އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ.

މިއީ ފަހަކަށް އައިސް ދަށް ނަތީޖާތަކެއް ހޯދަމުން އަންނަ ރެއާލް ޖައްސަ ޖައްސައިގެން މޮޅުވި ހަތަރުވަނަ މެޗެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
08 ފެބުރުއަރީ 2017

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް