Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ޕްރިމިއާ ލީގް: ޗެލްސީ ތާވަލްގެ ފަސްވަނައަށް ވެއްޓިއްޖެ

ފުރަތަމަ ހާފް ނިމުނީ ދެ ޓީމް އެއްވަރުވެ 0-0 ގެ ނަތީޖާ އަކުން

މިއުނާ ހަސަން
މިއުނާ ހަސަން, ރާއްޖެ އެމްވީ | 31 ޖެނުއަރީ 2019 | ބުރާސްފަތި 06:53
ޗެލްސީ އާއި ބޯންމައުތްގެ މެޗުގެ ތެރޭން ނެގިފައިވާ ފޮޓޯއެއް.

ޗެލްސީ އާއި ބޯންމައުތްގެ މެޗުގެ ތެރޭން ނެގިފައިވާ ފޮޓޯއެއް.

ޕްރިމިއާ ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ޗެލްސީ ބަލި ވީ ބޯންމައުތް އަތުން 0-4 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.

ބޯންމައުތްގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ގިނައިރުތަކެއްވަންދެން ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅެމުން ދިޔައީ ޗެލްސީންނެވެ. ގިނަ ހަމަލާތަކެއް އުފައްދާ ބޯންމައުތްގެ ގޯލަށް ނުރައްކާ ކުރުމަށް ޗެލްސީން މަސައްކަތް ކޮށްފައިވެއެެވެ.

ފުރަތަމަ ހާފްގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބި ވަނީ ބޭކާރުވެފައެވެ. ފުރަތަމަ ހާފް ނިމުނީ ދެ ޓީމް އެއްވަރުވެ 0-0 ގެ ނަތީޖާ އަކުންނެވެ.

ދެވަނަ ހާފް ފެށުނުއިރު ދެ ޓީމްގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރުގަދަ ކުޅުމެކެވެ. ގާތް ގާތުގައި ބޯންމައުތުގެ ގޯލަށް ޗެލްސީން ވަނީ ނުރައްކާ ކޮށްފައެވެ. އެހެން ނަމަވެސް ބޯންމައުތްގެ ޑިފެންސް ލައިންގެ ވަރުގަދަކަމުން ޗެލްސީއަށް ވަނީ ލަނޑެއް ޖެހޭ ގޮތްނުވެފައެވެ.

ޗެލްސީ ގެ ގޯލް ފޫ އަޅުވާލާ، ބޯންމައުތް މެޗުގެ ފުރަތަމަ ލަނޑު 47 ވަނަ މިނެޓުގައި ޑޭވިޑް ބްރޫކްގެ އެހީތެރިކަމާއެކު ކާމިޔާބު ކޮށްފައިވަނީ ޖޯށުއާ ކިންގްއެވެ.

މި ލަންޑަށްފަހުގައި ބޯންމައުތްގެ ކުޅުން އިތުރަށް ރަނގަޅުކޮށް 63 ވަނަ މިނެޓުގައި އެޓީމުގެ 2 ވަނަ ލަނޑު ޖޯށުއާ ކިންގްގެ އެހީތެރިކަމާއި އެކު ކާމިޔާބު ކޮއްދިނީ ޑޭވިޑް ބްރޫކްއެވެ.

ދެވަނަ ހާފްގައި ޗެލްސީގެ ފަރާތުން މާއެދެވޭ ކުޅުމެއް ނުފެނުމުގެ ނަތީޖާ އަކަށްވީ ބޯންމައުތް އެޓީމްގެ ތިންވަނަ ލަނޑު މެޗުގެ 74 ވަނަ މިނެޓުގައި ޖޫނިއާ ސްޓަނިސްލަސްގެ އެހީތެރި ކަމާއިއެކު ޖޯށުއާ ކިންގް ކާމިޔާބުކުރުމެވެ.

ޗެލްސީގެ ޑިފެންސްލައިން ވަރުގަދަކޮށް ލަނޑެއްޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ލަނޑެއް ކާމިޔާބުވެފައެއްނުވެއެވެ. މެޗުގެ އިތުރުވަގުތުގައި ބޯންމައުތްގެ ހަތަރުވަނަ ލަނޑު ޖޯޑަން އިބެގެ އެހީތެރިކަމާއިއެކު ޗާލީ ޑެނައިލްސް ކާމިޔާބު ކޮށްދީ، ލީޑް އިތުރަށް ފުޅާކޮށް ދިނެވެ.

މެޗު ނިމުނުއިރު ނަތީޖާ އަކީ ޗެލްސީ ސުމެއް، ބޯންމައުުތް ހަތަރެކެވެ.

މި މެޗުން ބަލިވުމުން ކުޅުނު ޗެލްސީވަނީ ތާވަލްގެ ފަސްވަނަ އަށް ވެއްޓިފައެވެ. ޕޮއިންޓުގެ ގޮތުން ޗެލްސީއާއި އާސެނަލް އެއްވަރުވެ، އާސެނަލް ވަނީ ތާވަލްގެ ހަތަރުވަނައަށް ޖެހިލާފައެވެ.

ބޯންމައުތު ބުދަ ދުވަހުގެ މެޗުން މޮޅުވުމުން ތާވަލުގެ 10 ވަނާގައި ވަނީ ހަމަޖެހިލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު