Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބިޑްނުކޮށް މަޝްްރޫއުތައް ދިނުން

ބިޑްނުކޮށް މަޝްރޫއުތަކަށް ޕްރޮޕޯސަލް ހުށަހެޅޭ އުސޫލު: ކޮރަޕްޝަނަށް ހުޅުވޭ ދޮރެއްތަ؟

ބިޑްކުރުމެއް ނެތި، ޕްރޮޮޕޯސަލް ހުށަހެޅުމުގެ އުސޫލު ސަރުކާރުން އެކުލަވާލީ ޖެނުއަރީ މަހުގެ 28 ގައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 31 ޖެނުއަރީ 2019 | ބުރާސްފަތި 04:12
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ނ. ހެނބަދޫ ނަރުދަމާ ނިޒާމް އިފްތިތާހްކޮށްދެއްވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ނ. ހެނބަދޫ ނަރުދަމާ ނިޒާމް އިފްތިތާހްކޮށްދެއްވަނީ

ބިޑަކާ ނުލާ ރަށްތަކާއި ފަޅުތައް އަދި ބިންތައް ދޫކުރެވޭ ގޮތަށް ކުރީގެ ސަރުކާރުން ޤާނޫނަށް ގެނައި ބަދަލަކީ ކޮރަޕްޝަނަށް ހުޅުވާލި ދޮރެކެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުގެ އެންމެ ބޮޑު ފާޑުކިޔުމެއް، އެ ޤާނޫނާކަށް، އަމާޒުވި އެއް ޤާނޫނަކީ ޓޫރިޒަމް ޤާނޫނަށް ގެނެވުނު މި ދެންނެވި ބަދަލު އެވެ.

އެ ބަދަލާއި ދެކޮޅަށް ބޮޑު ކެމްޕޭނެއްކޮށް، ކޮރަޕްޝަނަށް ހުޅުވާލާފައިވާ އެ ފަދަ ބޮޑެތި ދޮރުތައް ބަންދުކުރާނެކަމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ، ނިމުނު ސަރުކާރުން އެކުލަވާލި ބިޑަކާ ނުލާ ރަށްތަކާއި ފަޅުތައް އަދި ބިންތައް ދޫކުރެވޭ އުސޫލަށް އަމަލުކުރުން ހުއްޓުވާފަ އެވެ. ކޮރަޕްޝަންގެ އެ ބޮޑު ދޮރު ބަންދުކޮށްފަ އެވެ. އެކުވެރިންނާއި، އާއިލާގެ ފަރާތްތަކަށް ރަށްތަކާއި ބިންތައް ބެހުން ނިމުމަކަށް ގެނެސްފަ އެވެ.

އެކަންތައް ހުޓުމަކަށް ގެނައުމުން ގިނަ ބައެއްގެ ތައުރީފްގެ ބަސްތައް މި ސަރުކާރަށް ލިބުނުއިރު، ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ރައީސް އޮފީހުން އެކުލަވާލި އުސޫލާއެކު ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. ބިޑް ކުރުމަކާ ނުލައި، ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ އެ އުސޫލާއެކު މި ސަރުކާރުންވެސް ކޮރަޕްޝަނަށް ދޮރު ހުޅުވާލީކަމަށް ބުނެ އެވެ.

ސުވާލަކީ ރައީސް ސޯލިހްގެ ސަރުކާރުން ގެނައި މި ބަދަލަކީ ރަނގަޅު ބަދަލެއްތޯ އެވެ. މި ސަރުކާރުންވެސް ކޮރްޕްޝަނަށް ދޮރުތައް ހުޅުވަލީތޯ އެވެ.

އުސޫލު އެކުލަވާލާފައިގޮތަށް ބަލާއިރު، އުސޫލުގައި ހާމަކަން ބޮޑު ގޮތަކަށް މަރުހަލާތައް ކުރިއަށްގެންދިއުމަށް ވަރަށް ބޮޑަރަށް ބާރުއަޅާފައިވެއެވެ. އެގޮތުން އުސޫލްގެ 19 ވަނަ މާއްދާގައި ބުނެފައިވާގޮތުން ދެ ވަނަ މަރުހަލާއަށްދާ ހުރިހާ ޕްްރޮޕޯސަލްތަކުގެ މައުލޫމާތު އިކޮނޮމިކް މިނިސްޓްރީން އާންމުކުރަންވާނެ އެވެ. އެގޮތުން ޕްރޮޕޯސަލް ހުށަހެޅި ފަރާތުގެ މައުލޫމާތާއި ތަފްސީލްތައްވެސް ހާމަކުރަންޖެހޭނެކަމަށް އުސޫލްގައި ބުނެފައިވެއެވެ.

ތިން މަރުހަލާއަކަށް ބަހާލައިގެން މަސައްކަތްތައް ކުރިއަށްގެންދިއުމަށް ކަނޑައަޅާފައިވާ އެ އުސޫލްގައިވާ ގޮތުން ދެ ވަނަ މަރުހަލާއަކީ ވަޒީރުންގެ މަޖިލީހަށް ނުވަތަ އެކޮނޮމިކް ކައުންސިލްގެ ހުއްދައަށް އެދި ހުށަހަޅާ މަރުހަލާ އެވެ. އެ މަރުހަލާއަށް ހިސާބަށް ދާއިރު، ހުރިހާ ތަފްސީލްތަކަކާއެކު، ހަދަންޖެހޭ ދިރާސާތައްވެސް ނިމަންޖެހެ އެވެ. އެއްބަސްވުމަކާއެކު ކުރިއަށްދާނީތޯ ނުވަތަ ޕްރޮޕޯސަލާއެކު އިތުރަށް ކުރިއަށްދާން ނުފެންނަ ނަމަ އެގޮތަށްވެސް ނިންމަންޖެހޭނެ އެވެ.

އެހެންކަމުން ސަރުކާރަށް ރަނގަޅު ޕްރޮޕޯސަލެއް އަމިއްލަ ކުންފުންޏަކުން ހުށަހެޅި ނަމަވެސް އަދި ހުށަހެޅުނު ޕްރޮޕޯސަލާއެކު ކުރިއަށް ނުދިއުމަށް ނިންމި ނަމަވެސް އެކަމެއްގެ މައުލޫމާތު އޮންނާނީ އާންމުކޮށް، ޝާއިރުކުރެވި ފެންނާށެވެ. އެއްބަސްވުމުގައި ސޮއިކުރުމުގެކުރިން އެކަމެއްގެ މައުލޫމާތު އޮންނާނީ ރައްޔިތުންނަށް އެނގިފަ އެވެ.

އޭގެ އިތުރުންވެސް، އުސޫލުގެ އެކިއެކި މާއްދާތަކަށް ބެލިކަމުގައިވީނަމަވެސް، އެ އުސޫލަކީ ކޮރަޕްޝަނާއި ބީރައްޓިހި، އަދި ހާމަކަން ބޮޑު ގޮތަކަށް ކަންތައްތައް ކުރިއަށްގެންދިއުމަށް އެކުލަވާލައިފައިވާ އުސޫލެއްކަން އެނގެ އެވެ.

ޓާޓާ ހައުސިން ޔުނިޓްތަކުގެ ބިންގާ އަޅަނީ - އުސޫލްގެ ދަށުން ރައްޔިތުންނަށް ލަބާހުރި ޕްރޮޖެކްޓްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ކުންފުނިތަކަށް ލިބޭނެ -- ފޮޓޯ: ރާއްޖެ.އެމްވީ

ދެން އޮތް ސުވާލަކީ ބިޑަކާއި ނުލާ ޕްރޮޕޯސަލް ހުށަހެޅޭނެ އުސޫލެއް އޮތުން މުހިންމުތޯ އެވެ.

ރައީސް ސޯލިހްގެ ސަރުކާރުން މި އުސޫލު ކަނޑައެޅި ސަބަބުތަކުގެ ތެރޭގައި ތަރައްޤީގެ ޕްރޮޖެކްޓްތައް ގިނަކުރުން ހިމެނެ އެވެ. ރާއްޖޭގެ އިޤްތިސާދުގައިވެސް އަމިއްލަ ގިނަ، އަދި ބޮޑެތި ކުންފުނިތައް ހަރަކާތްތެރިވާއިރު، އޭގެތެރެއިން ބައެއް ކުންފުނިތަކަކީ ރައްޔިތުންނަށް ފައިދާހުރި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް އެދޭ ކުންފުނިތަކެވެ. މިހާރުވެސް ރާއްޖޭގެ ބައެއް ރަށްރަށުގެ ފެނާއި، ނަރުދަމާ ޤާއިމްކޮށްދީފައި ވަނީ އަމިއްލަ ކުންފުނިތަކުން ސަރުކާރާއި ގުޅިގެންނެވެ. އެގޮތަށް ޖެޓީތަކާއި ބަނދަރުތައްވެސް ހަދާފައި އެބަހުރި އެވެ.

މިފަދަ އުސޫލެއް އޮތުމުން ސަރުކާރުން އާންމުކޮށް ބިޑަށް ހުޅުވާނުލި ނަމަވެސް ސަރުކާރާއި ގުޅިގެން ރަށްރަށާއި، އަތޮޅުތަކުގެ ތަރައްްގީގެ ބޮޑެތި ޕްރޮޖެކްޓްތައް ކުރިއަށްގެންދަން ބޭނުންވާ ކުންފުނިތަކަށް އެ ފުރުސަތު ލިބިގެންދާނެ އެވެ. ސަރުކާރުން މިވެނިކަމަކަށް، ނުވަތަ އެވެނި ޕްރޮޖެކްޓަކަށް ބިޑަށް ހުޅުވާލާތޯ ބަލާކަށް މަޑުކުރާކަށް ނުޖެހޭނެ އެވެ.

އުސޫލުގައިވާ ގޮތުން އިއުލާނުކޮށްފައިވާ ނުވަތަ އިއުލާނުކުރުމަށް ރާވައިފައިވާ، އަދި އިއުލާނުކޮށްގެން މަސައްކަތްކުރާނެ ފަރާތެއް ހޯދުމުގެ އެއްވެސް މަރުހަލާއެއް ފަށައިފައިވާ މަޝްރޫއަކާ ގުޅޭ ޕްރޮޕޯސަލެއް ބަލައެއް ނުގަންނާނެ އެވެ. ކުންފުންޏަކުން ޕްރޮޕޯސަލް ހުށަހެޅި ނަމަވެސް އެ ޕްރޮޖެކްޓަކީ ވާދަވެރި ބިޑަކުން، ހެޔޮ އަގެއްގައި ނުވަތަ އެއަށްވުރެ ފުރިހަމައަށް ކުރިއަށްގެންދެވިދާނެ ޕްރޮޖެކްޓެއްކަމަށް ސަރުކާރަށް ފެނިއްޖެނަމަ ވާދަވެރި ބިިޑަކަށް ހުޅުުވާލުމުގެ ބާރު މި އުސޫލުގެ ދަށުން ސަރުކާރަށްދީފައި ވެއެވެ.

އެހެން ކަމުން މިފަދަ އުސޫލެއް އޮތުމަކީ، ސަރުކާރުން ބޭނުންވާ ތަރައްޤީގެ މަސައްކަތްތައް ހަލުވިކޮށް، ފައިދާ ބޮޑު ގޮތެކޭ ބުނެވިދާނެ އެވެ.

ސިނަމާލެ ބްރިޖްގެ ތަނބުތައް ޖެހުމުގެ މަސައްކަތުގެ ތެރެއިން - ޕްރޮޕޯސަލް ކުންފުންޏަކުން ހުށަހެޅިނަމަވެސް، ވާދަވެރި ޕްރޮޖެކްޓްތައް ބިޑަށް ހުޅުވާލަންޖެހޭ -- ފޮޓޯ: ރާއްޖެ.އެމްވީ

ކޮންމެކަމެއްގައިވެސް ރަނގަޅާ ނުބައި އޮންނާނެ އޭ ބުނާ އުސޫލުން، ބިިޑަކާއި ނުލާ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ލިބޭގޮތަށް ރައީސް އޮފީހުން އެކުލަވާލި މި އުސޫލުގެ ނާޖާއިޖް ފައިދާ ނަގަން ބޭނުންވާ ބަޔަކަށް، ކޮންމެވެސް އުނިކަމެއް ފާހަގަކޮށް، ނާޖާއިޖް ފައިދާތަކެއް ނެގިދާނެ އެވެ. ނަމަވެސް ހާމަކަން ބޮޑު، ކޮރަޕްޝަނާއި ދުރު ގޮތަށް އެކުލަވާލައިފައިވާ މި އުސޫލަކީ ހެޔޮ ބަދަލަކަށް އެޅި މުހިންމު ފިޔަަވަޅެކެވެ. ދެން އޮންނާނީ ކަންކުރަން ތިބި ބައެއްގެ އިހުލާސްތެރިކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް މަޑުޖެހުމެއް ނެތް

މި ސަރުކާރުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް މަޑުޖެހުމެއް ނެތް

29 ޑިސެމްބަރު 2021
ކުޑަކެކުރި ބޮޑުކެކުރި އުސޫލު އަލުން އިޔާދަ ވާންވީ؟

ކުޑަކެކުރި ބޮޑުކެކުރި އުސޫލު އަލުން އިޔާދަ ވާންވީ؟

29 އޮކްޓޯބަރު 2021
ގަވަރުނަރުންގެ އައު އުސޫލުތަކާއެކު މަލިކު މީހުން ރަތަށް!

ގަވަރުނަރުންގެ އައު އުސޫލުތަކާއެކު މަލިކު މީހުން ރަތަށް!

28 މެއި 2021
ފުލުހުންގެ މުއައްސަސާގެ ބޮޑު ކޮރަޕްޝަން: 2017 ވަނަ އަހަރު ކެއުމަށް އުސޫލުން ބޭރުން 73 މިލިއަނަށް ވުރެ ގިނަ ރުފިޔާ!

ފުލުހުންގެ މުއައްސަސާގެ ބޮޑު ކޮރަޕްޝަން: 2017 ވަނަ އަހަރު ކެއުމަށް އުސޫލުން ބޭރުން 73 މިލިއަނަށް ވުރެ ގިނަ ރުފިޔާ!

25 ނޮވެމްބަރު 2020
ރައީސް ޔާމީންގެ ވަކީލުން ބޭނުންވަނީ އުސޫލުގެ ބޭރުން ހުރިހާ ކަމެއް ކުރަން

ރައީސް ޔާމީންގެ ވަކީލުން ބޭނުންވަނީ އުސޫލުގެ ބޭރުން ހުރިހާ ކަމެއް ކުރަން

17 އޯގަސްޓު 2020

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު