Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުޚީ

ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވައިފިނަމަ ރަނގަޅު ނަތީޖާ ނެރޭތަން ފެންނާނެ: ޑރ. ޝުކުރީ

30 ޖެނުއަރީ 2019 | ބުދަ 20:33

އަމިއްލައަށް އާމްދަނީ ހޯދައިގެން ކައުންސިލްތައް މަސައްކަތް ކުރި

އަމްނާ އިމާދު
އަމްނާ އިމާދު | 30 ޖެނުއަރީ 2019 | ބުދަ 20:33
އެލްޖީއޭގެ ކުރީގެ ސީއީއޯ ޑރ.އަހުމަދު ޝުކުރީ

އެލްޖީއޭގެ ކުރީގެ ސީއީއޯ ޑރ.އަހުމަދު ޝުކުރީ

ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވައިފިނަމަ ރަނގަޅު ނަތީޖާ ނެރޭތަން ފެންނާނެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ކުރީގެ ސީއީއޯ ޑރ. އަހުމަދު ޝުކުރީ ވިދާޅުވެއްޖެއެވެ.

ފަލަސުރުހީ ޕްރޮގްރާމްގައި ޑރ. ޝުކުރީ ވިދާޅުވީ މިދިޔަ އަށް އަހަރު ދުވަހުގެ ތެރޭގައި ބައެއް ކައުންސިލްތައް ވަރަށް ރަނގަޅަށް މަސައްކަތް ކޮށްފައިވާ ކަމަށާއި، ހުރިހާ އުދަނގޫތަކަކާއި ހުރިހާ ހުރަސްތަކަކާއެކު ވެސް އަމިއްލައަށް އާމްދަނީ ހޯއްދައިގެން ރަށްރަށުގެ ތަރައްގީއާ އަތޮޅުތެރޭގެ ތަރައްގީއަށް ވަރަށް ގިނަ ކަންކަން ކޮށްދީފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ކައުންސިލްތަކުގެ އެ މަސައްކަތްތަކަށް ބަލާއިރު ފައިސާގެ ގޮތުން ދަތިނުވެ ކަންކަން ކުރެވޭނެ ގޮތްތައް ފަހިވެގެންދާނަމަ، ރަނގަޅު ނަތީޖާއެއް ނެރޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައްޔިތުންނަށް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސަރުކާރުން ކުރަން ބޭނުންވާ ކަންކަން ވެސް ކުރެވޭނެ ކަމަށެވެ.

ޝުކުރީ ވިދާޅުވީ އަތޮޅުތެރޭގެ ރަށްރަށުގައި ފައިސާއާ ބެހޭ މަސައްކަތް ކުރައްވަނީ ގާބިލް ބޭފުޅުން ކަމަށާއި، ފައިސާއަށް ހިޔާނަތްވެދާނެ ކަމާމެދު ސުވާލު އުފައްދަން އެއްވެސް ޖަގާއެއް ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރަނީ ހަމައެކަނި ބޮޑު ބާރެއް ލިބިގެން ނޫން ކަމަށާއި، ބާރު ނުލިބުނަސް ކޮށްފާނެ ކަމަށެވެ. އަދި ބާރު ލިބިގެން ފައިސާ ނަމަ ގޮތުގައި ބޭނުން ކުރާ މަންޒަރު ފެންނަ ކަމަށް ޑރ. ޝުކުރީ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެނގޭ ކަމަކީ ސަރުކާރުގެ ލެވަލްގެ މުއައްސަސާތަކުން އަޅުގަނޑުމެންނަށް އޮޑިޓް އޮފީހުން ނެރުއްވާ ރިޕޯޓުތަކުން ފެންނަ ފެނުނުމަށް ބަލާފިއްޔާ އަޅުގަނޑުމެންނަށް ތިހެން ދެންނެވޭކަށް ނެތް އެނގޭތޯ. އެހެންވީމަ އަތޮޅު ތެރޭގައި ތިއްބަވާ ބޭފުޅުންނަކީ އަޅުގަނޑުމެން ވިސްނާގެން ނުވާނެ އެއީ އެކަމަށް ކުފޫ ހަމަނުވާ ބައެކޭ. އަތޮޅު ތެރޭގައި އެބަތިއްބެވި ވަރަށް ގާބިލް ވަރަށް ހުނަރުވެރި އެކަމަށް އެންމެ އެކަށޭނެ ތައުލީމު ތިބިވަޑައިގެން ތިއްބެވި ބޭފުޅުން." ޑރ.ޝުކުރީ ވިދާޅުވިއެވެ.

ސަރުކާރުތަކަށް އަތޮޅު ތެރޭގެ ކައުންސިލްތަކަށް ފައިސާ ދޫކުރުމަށް ފަސްޖެހޭކަން ފާހަގަ ކުރައްވައި ޝުކުރީ ވިދާޅުވީ ފައިސާ ދޫކޮށްފިނަމަ ސަރުކާރަށް ލިބޭ ފައިސާ މަދުވެ، އޭގެ ސަބަބުން ސަރުކާރުން ބޭނުންވާ ކަންކަން ކުރެވޭނެ ގޮތް ނުވާނެ ކަމަށް ގަބޫލުކުރަނީ ކަމަށެވެ. ނަމަވެސް އެ ވިސްނުން ބަދަލުކޮށް، ކައުންސިލްތަކަށް ފައިސާ ދޫކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝުކުރީ ވިދާޅުވީ ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކަށް ކަނޑައަޅާފައި ވަނީ ވަރަށް ކުޑަ އިންސައްތައެއް ކަމަށާއި، މި ފާއިތުވި ފަސް އަހަރު ކައުންސިލްތަކަށް ދެއްވާފައި އޮތީ ހަމައެކަނި އިދާރީ ބަޖެޓެއް ކަމަށެވެ. ނަމަވެސް އުންމީދު ކުރަނީ ކުރިއަށް އޮތް ދުވަސްތަކުގައި ކައުންސިލް އިދާރާތަކުގެ މަސައްކަތް ރަނގަޅުވެގެން ދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް