Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމެލަނިޔާ ޓްރަމްޕް

ޓެލެގްރާފް ނޫހުން މެލަނިއާގެ އަރިއަހުން މާފަށް އެދިއްޖެ

30 ޖެނުއަރީ 2019 | ބުދަ 15:41

ދޮގު ޚަބަރު ފަތުރައިގެން މަޝްހޫރުކަން ހޯދުން ހުއްޓުވާނަން: ތަރުޖަމާން

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 30 ޖެނުއަރީ 2019 | ބުދަ 15:41
އެމެރިކާގެ ރައީސް ޑޮންޑް ޓްރަމްޕްގެ އަނބިކަނބަލުން މެލަނިއާ ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮންޑް ޓްރަމްޕްގެ އަނބިކަނބަލުން މެލަނިއާ ޓްރަމްޕް

އިނގިރޭސި ވިލާތުގެ މަޝްހޫރު ނޫހެއް ކަމަށްވާ ޑެއިލީ ޓެލެގްރާފުން އެމެރިކާގެ ރައީސް ޑޮންޑް ޓްރަމްޕްގެ އަނބިކަނބަލުން މެލަނިއާ ޓްރަމްޕްގެ އަރިއަހުން މާފަށް އެދިއްޖެއެވެ.

ޑެއިލީ ޓެލެގްރާފް ނޫހުން ފަސްޓްލެޑީ މެލަނިއާ ޓްރަމްޕާއި ބެހޭގޮތުން ލިޔެފައިވާ އާޓިކަލް "ދަ މިސްޓްރީއޮފް އެމެރިކާ"ގައި ދޮގު މައުލޫމާތުތަކެއް ހިމަނާފައިވާތީ އެކަމަށް އެ ނޫހުން މާފަށް އެދި ލިބުނު ގެއްލުމުގެ ބަދަލް ދޭން އެއްބަސް ވެފައިވެއެވެ.

އެ އާޓިކަލްގައި ފަސްޓްލޭޑީ މެލަނިއާއާ ބެހޭ ގޮތުން ލިޔެފައި ވަނީ ފިރިކަލުން ޓްރަމްޕާ ދިމާވުމުގެ ކުރިން މެލަނިއާގެ ކެރިއަރުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ލިޔެފައިވާ އެ ނޫހުގެ އެހެން އާޓިކަލެއްގައި ބުނެފައި ވަނީ މިސިޒް ޓްރަމްޕަކީ ކާމިޔާބު މޮޑެލެއް ކަމަށާއި ޓްރަމްޕްގެ އެހީތެރިކަމެއް ނެތި އަމިއްލަ ފައިމަޗަށް ތެދުވެފައިވާ މީހެއް ކަމަށެވެ.

އިތުރަށް ހަމަ އެ ނޫހުގައި ބުނެފައި ވަނީ 2005 ވަނަ އަހަރު މެލަނިއާގެ މަންމަ އާއި ބައްޕަ ނިއުޔޯކުގައި ޓްރަމްގެ ގެއެއްގައި ދިރިއުޅުއްވާފައިވާ ކަމަށް ލިޔެފައިވާ ޚަބަރަކީ ވެސް ދޮގު ޚަބަރެއް ކަމަށެވެ.

އެކަމާ ބެހޭގޮތުން މެލަނިއާގެ ތަރުޖަމާން ވިދާޅުވެފައި ވަނީ މެލަނިއާގެ ނަން ބޭނުންކޮށްގެން ކަންތައްތައް ކުރުމަކީ އާންމު ކަމެއް ކަމަށާއި އަދި އެކަމާ މެލަނިއާ އަޅާނުލައްވާ ނުހުންނަވާނެ ކަމަށެވެ.

އަދި ދޮގު ޚަބަރު ފަތުރައިގެން މަޝްހޫރުކަން ހޯދާ މީޑިއާތަކާ އެފަދަ މީހުންގެ އަމަލުތައް މެލަނިއާ ހުއްޓުވާނެ ކަމަށް ވެސް ތަރުޖަމާން ވިދާޅުވެފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

05 ޖުލައި 2024

އިންތިޚާބުން ބަލިވުމުގެ ޒިންމާ ނަގަން، މާފަށް އެދެން: އިނގިރޭސި ބޮޑުވަޒީރު ސުނާކް

05 ޖުލައި 2024
އިންތިޚާބުން ބަލިވުމުގެ ޒިންމާ ނަގަން، މާފަށް އެދެން: އިނގިރޭސި ބޮޑުވަޒީރު ސުނާކް
25 ފެބުރުއަރީ 2019

ޖަޕާނުގެ އޮލިމްޕިކް މިނިސްޓަރު ރައްޔިތުންގެ ކިބައިން މާފަށް އެދިއްޖެ

25 ފެބުރުއަރީ 2019
ޖަޕާނުގެ އޮލިމްޕިކް މިނިސްޓަރު ރައްޔިތުންގެ ކިބައިން މާފަށް އެދިއްޖެ
25 ނޮވެމްބަރު 2018

ކެންސަރު ޖެހުނު މުވައްޒަފުންގެ ކިބައިން ސެމްސަންގުން މާފަށް އެދެފި

25 ނޮވެމްބަރު 2018
ކެންސަރު ޖެހުނު މުވައްޒަފުންގެ ކިބައިން ސެމްސަންގުން މާފަށް އެދެފި
03 އެޕްރީލު 2017

ޖެނެރަލް އައްސީރީ ގައިކޮޅަށް ބިސް ޖެހުމުން އިނގިރޭސިން މާފަށް އެދިއްޖެ

03 އެޕްރީލު 2017
ޖެނެރަލް އައްސީރީ ގައިކޮޅަށް ބިސް ޖެހުމުން އިނގިރޭސިން މާފަށް އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް