Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޕީއެމްގެ މައްސަލަ

ޕީޕީއެމް މައްސަލައިގެ ހުކުމް މިއަދު

30 ޖެނުއަރީ 2019 | ބުދަ 07:35

މައްސަލަ ތާވަލް ކޮށްފައިވަނީ ބުދ ދުވަހުގެ މެންދުރު 12:45 އަށް

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 30 ޖެނުއަރީ 2019 | ބުދަ 07:35
ޕީޕީއެމްއިން ބޭއްވި ކޮންގްރެސް

ޕީޕީއެމްއިން ބޭއްވި ކޮންގްރެސް

ޕީޕީއެމްގެ ކޮންގްރެސް ބަލައިގަންނަން ހައިކޯޓުން ކުރި ޙުކުމް އިލެކްޝަންސް ކޮމިޝަނުން އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ހުކުމްކުރުން ތާވަލުކޮށްފި އެވެ.

މި މައްސަލަ ތާވަލުކޮށްފައި ވަނީ މިއަދު މެންދުރު 12:45 އަށެވެ.

Advertisement - newsAdvertisement

ޕީޕީއެމްގެ ކޮންގްރެސް ބާއްވާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު، ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުން ކުރިމަތި ވެވަޑައިގެންނެވި ނާކާމިޔާބީއާއެކުއެވެ. އެ ކޮންގްރެސްގައި ޕާޓީގެ ލީޑަރަކަށް ރައީސް ޔާމީން އައްޔަން ކުރުމުގެ އިތުރުން އިސް މަގާމުތަކަށް ބޭފުޅުން އިންތިޚާބުކޮށްފައިވެއެވެ.

ކޮންގްރެސް ބޭއްވުމަށްފަހު އެކަމާއި ގުޅޭ މައުލޫމާތު އިލެކްޝަންސް ކޮމިޝަނަށް ޕީޕީއެމް އިން ހުށަހެޅި ނަމަވެސް އެކޮމިޝަނުން ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމަށް ނިންމިއެވެ. އގޮތުން ޕީޕީއެމް އިން މި މި މައްސަލަ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ އެ ޕާޓީގެ ކޮންގްރެސްއިން އައްޔަން ކުރި މަގާމުތައް އަނބުރާ ދިނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރު ކުރާކަމަށެވެ. މިއާއެކު ހައިކޯޓުގެ އެ ހުކުމް އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ވަނީ އީސީން ހުށަހަޅާފައެވެ.

ޕީޕީއެމްގެ ހިންގުމުގެ ބާރުތައް ރައީސް މައުމޫންގެ އަތްޕުޅުން ނެންގެވުމަށްފަހު، އެޕާޓީ ހިންގުމުގެ ބާރު ހަވާލުކޮށްފައި ވަނީ ޕީޕީއެމްގެ މުސްތަޝާރު, ކުރީގެ ރައީސް އަބްދުﷲ ޔާމީނަށެވެ. ސިވިލް ކޯޓުގެ ހުކުމަކުން 2016 ވަނަ އަހަރު ރައީސް ޔާމީނަށް ޕީޕީއެމް ހިންގުމަށް ހަވާލު ކުރި ހުކުމްގައި ބުނެފައި ވަނީ ރައީސް ޔާމީންގެ ބެލުމުގެ ދަށުން އެ ޕާޓީގެ ގައުމީ ޖަލްސާ އެއް ނުވަތަ ކޮންގްރެސް އެއް ބޭއްވުމަށެވެ. ނަމަވެސް އެ ޕާޓީން ކޮންގްރެސް ބާއްވާފައި ވަނީ ރައީސް ޔާމީނާއި ކޯޓުން, ޕީޕީއެމް ހަވާލުކުރިތާ ދެ އަހަރު ފަހުން މިދިޔަ ސެޕްޓެމްބަރު މަހުގައެވެ.

ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގަންނަން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފައިވާއިރު ޕީޕީއެމްގެ ކޮންގްރެސްގައި އެޕާޓީގައި ނުހިމެނޭ މީހުންވެސް ބައިވެރިވެފައިވާ ކަމަށް އީސީއިން ވަނީ ބުނެފައެވެ. އަދި ޕީޕީއެމްގެ އަސާސީ ގަވައިދުގައި އެޕާޓީގެ މަގާމުތަކަށް ކުރިމަތިލެވޭނީ އެޕާޓީގެ މެންބަރުންނަށް ވާތާ ކަނޑައެޅިފައިވާ މުއްދަތެއް ހަމަވުމުން ކަމަށާއި, ޕާޓީގެ އެފަދަ އަސާސްތަކާ ހިލާފުވެފައިވާ އިރު ކޮންގްރެސްގެ ނިންމުންތައް ބަލައިގަނެވޭނެ ޖާގައެއް ނެތް ކަމަށް އީސީން މީގެ ކުރިން ވަނީ ބުނެފައެވެ.

ޕީޕީއެމްގެ ބާރުތައް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަތްޕުޅުން ގެއްލިދާނެ ކަމުގެ ބިރަށް، އެމަނިކުފާނު އިސްވެ ހުންނަވައިގެން ވަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ކިޔާ ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް