Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިޑުކުރުން

ބިޑުނުކޮށް މަޝްރޫއުތައް ހުށަހެޅޭ އުސޫލަކީ ކޮރަޕްޝަނަށް މަގުފަހިވާ އުސޫލެއްނޫން: ވިޝާމް

30 ޖެނުއަރީ 2019 | ބުދަ 03:59

މި އުސޫލު އިމްޕްލިމެންޓް ކުރުމުގެ ޒިއްމާ ނަގާނީ އިކޮނޮމިކް މިނިސްޓްރީން

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 30 ޖެނުއަރީ 2019 | ބުދަ 03:59
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ރަޖިސްޓްރާ އޮފް ކޮމްޕެނީޒް މަރިޔަމް ވިސާމް

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ރަޖިސްޓްރާ އޮފް ކޮމްޕެނީޒް މަރިޔަމް ވިސާމް

ބިޑުނުކޮށް މަޝްރޫއުތައް ހުށައެޅޭ އުސޫލަކީ ކޮރަޕްޝަނަށް މަގުފަހިވާ އުސޫލެއްނޫން ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ރަޖިސްޓްރާ އޮފް ކޮމްޕެނީޒް މަރިޔަމް ވިޝާމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީން އަންގާރަ ދުވަހުގެ ރޭ ގެނެސްދިން ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވިސާމް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކާއި ތަރައްގީގެ ދާއިރާތައް ހުންނަނީ ސްޓްރެޖިކް ޕްލޭނެއް މެދުވެރިކޮށް ދެނެގަނެ ވިފައި ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ކަނޑައެޅޭ ދާއިރާތަކެއްގައި ސަރުކާރުން އެއަހަރެއްގެ ތެރޭގައި ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫތައް ހުންނަ ކަމަށާ ބިޑުނުކޮށް މަޝްރޫއުތައް ހުށައެޅޭ އުސޫލަކީ ކޮރަޕްޝަނަށް މަގުފަހިވާ އުސޫލެއްނޫން ކަމަށް ވިސާމް ވިދާޅުވިއެވެ.

ވިސާމް ވިދާޅުވީ ބިޑުކުރުމުގެ ދައުވަތަކާއި ނުލާ ސަރުކާރަށް ބިޑު ކުރުމުގެ އުސޫލުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ތަރައްގީ ކުރަން ބޭނުންވާ ދިވެހި އިންވެސްޓަރުންނާއި، ބޭރު އިނވެސްޓަރުންނާއި އަދި ޖަމުއިއްޔާ ޖަމާއަތްތައް ހިމެނޭގޮތަށް ވަކިކަހަލަ މަޝްރޫއުތަކެއްގައި އިންވެސްޓް ކުރަން ބޭނުންވާނަމަ އެ މަޝްރޫއަކަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށައެޅުމެވެ.

އަދި އާންމު ދިރިއުޅުމަށް މަގުފަހިވާނެ ފަދަ ކަންކަން ޕްރައިވެޓް ސެކްޓަރތަކުން ސަރުކާރާއި ހަމައަށް ގެނެވޭނެ ގޮތް ފަހި ކުރުމެވެ.

" އަޅުގަނޑު ދަންނަވާނީ ޖުމްލަގޮތެއްގައި ހުރިހާ ދާއިރާތަކެއް ވެސް ތަރަށްގީ ކުރަން ބޭނުންވާއިރު އިއުޖާދީ ވިސްނުމަކުން މަސައްކަތް ކުރެވިފައި ނެތް ސަރަހައްދުތައް އެބަހުރި . އެހެންކަމުން މިފަދަ އުސޫލެއް އޮންނަ ކަމަށްވާނަމަ އެ ސިނާއަތްތަކުގައި އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށްވެސް ސަރުކާރަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު މި ހުޅުވިގެންދަނީ. އުއްމީދަކީ މީގެ ކުރިން ޕރޮޕޯސަލްތައް އައިސްފައި ނުވާ ދާއިރާތަކަށް ޕްރޮޕޯސަލްތައް އައުން." ވިސާމް ވިދާޅުވިއެވެ.

ވިސާމް ވިދާޅުވީ އެ އުސޫލުގެ ތަފްސީލަށް ބަލާއިރު ޕްރޮޕޯސަލް ހުށައަޅާފަރާތަށް ތިން މަރުހަލާއެއް އޮންނަ ކަމަށާއި ފުރަތަމަ މަރުހަލާގައި އެންމެ އަސާސީ މައުލޫމާތުތަކާއި އެކު ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ލިބިގެން ދާއިރު ދެވަނަ މަރުހަލާގައި ތަފްސީލީ މައުލޫމާތުތައް ޕްރޮޕޯސަލްއާއި އެކު ހުށައަޅަން ޖެހުން ހިމެނޭ ކަމަށެވެ. އަދި ތިންވަނަ މަރުހަލާގައި ވަކިކަހަލަ ނިންމުންތަކަކަށް ބިޑަށް ހުޅުވާލަން ސަރުކާރަށް ނިންމިދާނެ ކަމަށާއި އެހެން ނޫންނަމަ ޕްރޮޕޯސަލް ހުށައެޅި ފަރާތަކާއި އެކު ވާހަކަ ދައްކައިގެން ގޮތްތަކެއް ނިންމިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ވިސާމް ވިދާޅުވީ މިއުސޫލުގެ 11 ވަނަ މާއްދާގައި ހިމެނޭ ސްޓިއަރިން ކޮމެޓީގައި ހިމެނޭނީ މައިގަނޑު ގޮތެއްގައި ޓެކްނިކަލް މީހުން ކަމަށާއި އުސޫލު އިމްޕްލިމެންޓް ކުރުމުގެ ޒިންމާ ނަގާނީ އިކޮނޮމިކް މިނިސްޓްރީން ކަމަށެވެ

"ސްޓީއަރިންގް ކޮމެޓީގެ މަސައްކަތަކަށްވަނީ މި އުސޫލުގައި ބުނާ މިންގަޑަށް ފެތޭގޮތަށް ޕްރޮޕޯސަލްތައް ހުށައަޅާފައި ހުރިތޯ ބެލުން. ލިބޭ ހުރިހާ ޕްރޮޕޯސަލްތަކާއި އޭގެ ތަފްސީލް ގަވާއިދުން ރައީސުލްޖުމްހުރިއްޔާގެ އޮފީހަށް ހުސައެޅުމަކީވެސް މި ކޮމެޓީގެ މަސްއޫލިއްޔަތެއް ވިސާމް" ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

26 ޑިސެމްބަރު 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އީޕީއޭ އިން އަމަލު ކުރަނީ ގާނޫނާ ހިލާފަށް: ސޭވް މޯލްޑިވްސް ޓީމް

26 ޑިސެމްބަރު 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އީޕީއޭ އިން އަމަލު ކުރަނީ ގާނޫނާ ހިލާފަށް: ސޭވް މޯލްޑިވްސް ޓީމް
11 ޑިސެމްބަރު 2017

އުމަރު ނަސީރުގެ ވަޒީރު ކަމުގައި ޔޫކޭ ކުންފުންޏަކަށް ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ފައިސާ ތަކެއް ދިންކަން ފަޅާއަރައިފި

11 ޑިސެމްބަރު 2017
އުމަރު ނަސީރުގެ ވަޒީރު ކަމުގައި ޔޫކޭ ކުންފުންޏަކަށް ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ފައިސާ ތަކެއް ދިންކަން ފަޅާއަރައިފި
20 ނޮވެމްބަރު 2017

މި ސަރުކާރުން ފެށި ހައުސިން މަޝްރޫއުތައް ފެއިލްވީ ދޭންޖެހުނު ކަޓުތައް ބޮޑުވެގެން: ފައްޔާޒު

20 ނޮވެމްބަރު 2017
މި ސަރުކާރުން ފެށި ހައުސިން މަޝްރޫއުތައް ފެއިލްވީ ދޭންޖެހުނު ކަޓުތައް ބޮޑުވެގެން: ފައްޔާޒު
19 ނޮވެމްބަރު 2017

ހައުސިން މަޝްރޫއުތައް ފެއިލްވުމުން އެކަމުގެ ބަދުނާމު ރައީސް ޔާމީން އެޅުއްވީ އިދިކޮޅު ފަރާތްތަކުގެ ބޮލުގައި

19 ނޮވެމްބަރު 2017
ހައުސިން މަޝްރޫއުތައް ފެއިލްވުމުން އެކަމުގެ ބަދުނާމު ރައީސް ޔާމީން އެޅުއްވީ އިދިކޮޅު ފަރާތްތަކުގެ ބޮލުގައި
06 ޖޫން 2017

މަޝްރޫއުތައް ހިންގަނީ ބަޖެޓަށް ބަލައިގެން ނޫން ކަމަށް ބުނެ މިނިސްޓަރަށް ރައްދު ދެއްވައިފި

06 ޖޫން 2017
މަޝްރޫއުތައް ހިންގަނީ ބަޖެޓަށް ބަލައިގެން ނޫން ކަމަށް ބުނެ މިނިސްޓަރަށް ރައްދު ދެއްވައިފި
21 މެއި 2017

ހިއުމަން ޓްރެފިކިންއާ ގުޅޭ މައްސަލަތައް އޮންލައިންކޮށް ހުށަހެޅޭގޮތް ހަދައިފި

21 މެއި 2017
ހިއުމަން ޓްރެފިކިންއާ ގުޅޭ މައްސަލަތައް އޮންލައިންކޮށް ހުށަހެޅޭގޮތް ހަދައިފި
14 މެއި 2017

ވަޒީރުންގެ އިތުބާރު ނެތްކަމަށް ހުށަހެޅޭގޮތް ބަދަލުކުރުމަށް އެދި ސަރުކާރުން ސުޕްރީމް ކޯޓަށް ހިނގައްޖެ

14 މެއި 2017
ވަޒީރުންގެ އިތުބާރު ނެތްކަމަށް ހުށަހެޅޭގޮތް ބަދަލުކުރުމަށް އެދި ސަރުކާރުން ސުޕްރީމް ކޯޓަށް ހިނގައްޖެ
10 އެޕްރީލު 2017

މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް ފާސްކޮށްފި

10 އެޕްރީލު 2017
މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް ފާސްކޮށްފި
10 މާރިޗު 2017

ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން

10 މާރިޗު 2017
ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް