Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)

ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސަކަށް އަދުރޭ، ނައިބް ރައީސުންނަށް ސައީދާއި ޝަރީފް!

27 ޖެނުއަރީ 2019 | އާދީއްތަ 19:07

ޕާޓީގެ ވަގުތީ ކޮމިޓީއަށް 40 ބޭފުޅަކު ވަނީ އައްޔަންކޮށްފައި

އަލީ ސަމާޚް
އަލީ ސަމާޚް | 27 ޖެނުއަރީ 2019 | އާދީއްތަ 19:07
ކޮންގްރެސް ޕާޓީގެ އިފްތިތާހީ ޖަލްސާގެ ތެރެއިން

ކޮންގްރެސް ޕާޓީގެ އިފްތިތާހީ ޖަލްސާގެ ތެރެއިން

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ވަގުތީ ރައީސްއަކަށް އަބްދުއްރަހީމް އަބްދުﷲ އަދި ނައިބް ރައީސުންނަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އިންތިޚާބު ކޮށްފިއެވެ.

މި ބޭފުޅުން މި މަގާމުތަކަށް އިންތިޚާބު ކޮށްފައި ވަނީ ޕީއެންސީ އުފެއްދުމަށް އާދިއްތަ ދުވަހުގެރޭ ދަރުބާރުގެ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޖަލްސާގައެވެ.

Advertisement - newsAdvertisement

މި ތިން ބޭފުޅުންވެސް އައްޔަން ކޮށްފައި ވަނީ ބައިވެރިވި 357 މެމްބަރުންގެ އިއްތިފާގުންނެވެ. ޕީއެންސީގެ ވަގުތީ ލީޑާޝިޕްގެ އިތުރުން އެ ޕާޓީގެ ނިޝާން، ދިދަ، ކުލަ، އަދި ޕާޓީގެ އަސާސީ ގަވާއިދުވެސް ވަނީ އެ ޖަލްސާގައި ފާސްކޮށްފައެވެ.

ޕީއެންސީގެ ނިޝާން އަދި ދިދަ ފަސްކޮށްފައި ވަނީ ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ޕީއެންސީގެ ވަގުތީ ހިންގާ ކޮމިޓީއަށް 40 ބޭފުޅަކު އައްޔަނު ކުރުމަށްވެސް ވަނީ ފާސްކޮށްފައެވެ. އެ ކޮމިޓީގައި ހިމެނޭ ގިނަ ބޭފުޅުންނަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ އިސްމަގާމުތައް ފުރާފައިވާ ބޭފުޅުންނެވެ. ކޮންގްރެސް ޕާޓީގެ ރަސްމީ ކުލައަކަށް ވިލު ނޫކުލަ، 355 މެމްބަރުންގެ ވޯޓުން ފާސްކޮށްފައިވާއިރު އެ ޕާޓީގެ މެނިފެސްޓޯ ފާސްކޮށްފައި ވަނީ 357 މެމްބަރުންގެ ވޯޓުންނެވެ.

މި ޖަލްސާ ޝަރަފު ކޮށްދެއްވާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމިންއެވެ. މި ޖަލްސާގައި އިލެކްޝަން ކޮމިޝަންގެ އޮފިޝަލުންގެ އިތުރުން އޮބްޒާވަރުންވެސް ވަނީ ބައިވެރިވެފައެވެ.

ރައީސް ޔާމީން އިސްވެ ހުންނަވައިގެން މަސައްކަތް ކުރައްވަމުން އަންނަ ޕީއެންސީ އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ދީފައި ވަނީ ބުރާސްފަތި ދުވަހުއެވެ. ޕީއެންސީ އުފެއްދުމަށް ބޭނުންވާ ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީން ދީފައި ވަނީ އީސީގެ މެންބަރުން މަޖިލީހަށް ހާޒިރު ކުރާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށެވެ.

އެންމެ ހިނގާ

1

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

އެއްބަސްވުމެއް ހެދުން، ނޫނީ "ފަނާވުން" ނޫން އިތުރު ގޮތެއް އީރާނަކަށް ނޯންނާނެ: ހެގްސެތު

އިތުރަށް ކިޔާލަން

04 މާރިޗު 2017

ސަތޭކަ މެންބަރުން ވައްދައި ފޮނަދޫ ރައްޔިތުން މެމްބަރު އަދުރޭއަށް ރައްދު ދީފި

04 މާރިޗު 2017
ސަތޭކަ މެންބަރުން ވައްދައި ފޮނަދޫ ރައްޔިތުން މެމްބަރު އަދުރޭއަށް ރައްދު ދީފި
28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
22 ފެބުރުއަރީ 2017

ރިޔާސީ އިންތިޚާބު އަންނައިރު އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ސުލައިމާނެއް ނުހުންނާނެ: މަލީހު

22 ފެބުރުއަރީ 2017
ރިޔާސީ އިންތިޚާބު އަންނައިރު އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ސުލައިމާނެއް ނުހުންނާނެ: މަލީހު
15 ފެބުރުއަރީ 2017

ހަ އަހަރަށް ފަހު، އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ!

15 ފެބުރުއަރީ 2017
ހަ އަހަރަށް ފަހު، އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ!
14 ފެބުރުއަރީ 2017

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017
ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް