Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަނީ ލޯންޑެރިންގެ މައްސަލަ

ޔާމީނާއި އަދީބުގެ މަނީލޯންޑްރިން މައްސަލަތަކެއް އޭޖީން ރިޔާސީ ކޮމިޝަނަށާއި ފުލުހުންނަށް ހުށަހަޅައިފި

27 ޖެނުއަރީ 2019 | އާދީއްތަ 12:33

ލިޔެކިއުންތައް ހުށައަޅާފައިވަނީ ހެއްކާއިވެސް އެކު

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 27 ޖެނުއަރީ 2019 | އާދީއްތަ 12:33
ކުރީގެ ރައީސް ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ކުރީގެ ރައީސް ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ކުރީގެ ރައީސް އަބުދުﷲ ޔާމީނާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މަނީލޯންޑްރިންގެ މައްސަލަތަކުގެ ލިޔެކިއުންތަކެއް އެޓާނީ ޖެނެރަލްގެ އޮފީހުން ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސް ސޯލިހު އުފައްދަވައިވާ ރިޔާސީ ކޮމިޝަނަށާއި, ފުލުހުންނަށް ހުށައަޅައިފިއެވެ.

އޭޖީ އޮފީހުން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ކުރީގެ ރައީސް ޔާމީންއާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، ކުރީގެ ސަރުކާރުގެ ބައެއް އިސް ފަރާތްތަކުން މަނީލޯންޑްރިން ހިންގިކަމަށް ތުހުމަތުކުރެވޭ މުއާމަލާތްތަކެއްގެ ހެކި ހިމެނޭ ލިޔުންތަކެއް އެމްޑީޕީން މިމަހު އޭޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެލިޔެކިއުންތަކަކީ އަދީބުގެ މޮބައިލް ފޯނުތަކެއްގައިވާ ޑޭޓާ އެނަލައިޒްކުރުމަށްފަހު ބައިނަލްއަގްވާމީ ފްރޯޑް އިންވެސްޓިގޭޝަން ފާމަކުން ތައްޔާރުކޮށްފައިވާ ތަހުގީގު ރިޕޯޓަކާއި, އެއާ ގުޅޭ ލިޔުންތަކެއް ކަމަށް ބަޔާނުގައި ވެއެވެ. އަދި އެރިޕޯޓުގައި ބަޔާންކޮށްފައިވާގޮތުން މޮބައިލް ފޯނުގައިވާ ޑޭޓާތަކަކީ އިނގިރޭސިވިލާތުގެ ހޯމް އޮފީހުން ހުއްދަދީފައިވާ ޑޭޓާ ރިކަވަރީ އަދި އިންޓެލިޖެންސް ކުންފުންޏަކުން ފޮރެންސިކް އިމޭޖިން ހަދާފައިވާ ޑޭޓާތަކެއް ކަމަށްވެސް އޭޖީ އޮފީހުގެ ބަޔާނުގައިވެއެވެ.

އެލިޔެކިއުންތައް މިމަހުގެ 15 ވަނަ ދުވަހު ރިޔާސީ ކޮމިޝަނަށް ހުށަހަޅާފައިވާނެ ކަމަށާއި އަދި އެލިޔެކިއުންތަކުގައި ފާހަގަކޮށްފައިވާ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި، ހެކި ރައްކާތެރިކޮށް މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ބޭނުންވާ ތައްޔާރީތައް ކުރުމަށް ފުލުހުންގެ އިދާރާއަށް ވެސް އެލިޔެކިއުންތައް ހުށަހަޅާފައިވާނެ ކަމަށް އެޖީ އޮފީހުން ހާމަކުރެއެެވެ.

އޭޖީ އޮފީހުން ހާމަކުރިގޮތުގައި އެލިޔުންތައް އެއޮފީހުން ދިރާސާކުރިއިރު އެލިޔެކިއުންތަކުގައި ފާހަގަކޮށްފައިވާ ފަރާތްތަކުން މަނީލޯންޑްރިންގެ ކުށުގެ އިތުރުން ރިޝްވަތު ދިނުމާއި ކޮރަޕްޝަނަށް ތުހުމަތުކުރެވޭ އަމަލުތަކެއް ވެސް ވަނީ ހިންގާފައެވެ.

މީގެއިތުރުން އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ ދިވެހި ދައުލަތުން ގެއްލިފައިވާ ފައިސާއާއި މުދާ އަނބުރައި ދައުލަތަށް ހޯދުމަކީ މިސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރާ ކަމެއް ކަމަށެވެ. އެއާއިއެކު ދައުލަތުން ގެއްލިފައިވާ ފައިސާއާއި މުދާ، އަނބުރައި ހޯދުމަށްފަހު އެފައިސާ ރާއްޖެއަށް ގެނައުމަށްޓަކައި ގާނޫނީ ގޮތުން ރާއްޖެއިން ބޭރުގައި ކުރަންޖެހޭ މަސައްކަތައް ކުރުމަށް، ބޭރުގެ ތަޖުރިބާކާރުންނާއި ގާނޫނީ ވަކީލުން ހޯދައި އެމަސައްކަތް ކުރިއަށްގެންދިއުމަށް ކަމާބެހޭ ފަރާތްތަކާއެކު އޭޖީ އޮފީހުން މިހާރު މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް އޭޖީގެ މި ބަޔާނުގައިވެއެވެ.

ބުރާސްފަތި ދުވަހު ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވަހަކަފުޅުދައްކަވަމުން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ޖަރީމާތަކުގެ ތެރެއިން ކަޅު ފައިސާ ރާއްޖޭގެ އެކައުންޓްތަކަށް ވަތް ގޮތުގެ ތަފްސީލީ މައުލޫމާތު ބަންޑާރަ ނައިބުގެ އަތްޕުޅަށް އަރުވާފައިވާކަމަށެވެ. ނަޝީދު ވިދާޅުވީ އެމަނިކުފާނު އިނގިރޭސި ވިލާތަށް އަރުވާލެވިގެން ހުންނެވި ދުވަސްވަރު ރާއްޖޭގެ އެކައުންޓްތަކަށް ވަން ކަޅު ފައިސާގެ މައުލޫމާތު ލިބިވަޑައިގެންނެވީ، ލިބިވަޑައިގެންނެވި ދެ ފޯނާއި ލަޕްޓޮޕަކުންކަމަށެވެ. އޭގައި ހުރި މައުލޫމާތު ފޮރެންސިކް އެކައުންޓެންޓަކާ ހަވާލުކޮށްފައިވާ ކަމަށާއި ކަޅު ފައިސާ ދައުރުވި ގޮތުގެ މައުލޫމާތުގެ ތަފްސީލު ވަރަށް ހާމަކަން ބޮޑު ގޮތެއްގައި އެބަހުރި ކަމަށެވެ.

"އިނގިރޭސި ވިލާތަށް ވަޑައިގަތް ފަހުން އަޅުގަނޑަށް މައުލޫމާތު ލިބިއްޖެ ދެ ފޯނާއި ލަޕްޓޮޕެއްގައި ހުރި މައުލޫމާތު. ދެން އެ މައުލޫމާތު އަނެއްކާ އަޅުގަނޑު ހަވާލުކޮށްފިން ފޮރެންސިކް އެކައުންޓެންޓަކާ. ވަރަށް ބޮޑަށް އޭގެ ތަފްސީލު އެބަހުރި އިނގޭތޯ ވަރަށްބޮޑަށް ތަފްސީލު އެބަހުރި. ބަންޑާރަ ނައިބުގެ އަތްޕުޅުގައި އެތަކެތި އެބަހުރި. އަޅުގަނޑު އުއްމީދު ކުރަނީ ބަންޑާރަ ނައިބު ތަހުގީގުގައި އެހީތެރިކަން ދެއްވާނެ ކަމަށް ފުލުސް އޮފީހަށްވެސް އަދި ބޭރުން ހޯދަންޖެހޭ އެކިއެކި ބާވަތުގެ މާހިރުންވެސް ހޯއްދަވައިގެން ފުރިހަމަ ތަހުގީގެއް ހިންގަވާނެކަމަށް،" ނަޝީދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

13 ޖޫން 2017

އަދީބުގެ ސިއްހީ ފަރުވާ ނުލިބޭ މައްސަލަ ޓްރާންސްޕޭރެންސީ އަށް ހުށައަޅައިފި

13 ޖޫން 2017
އަދީބުގެ ސިއްހީ ފަރުވާ ނުލިބޭ މައްސަލަ ޓްރާންސްޕޭރެންސީ އަށް ހުށައަޅައިފި
05 ޖޫން 2017

ރައީސްގެ ގެކޮޅުގެ ހަރުމުދަލުގެ ރެކޯޑްތައް ބެލެހެއްޓުމުގައި މައްސަލަތަކެއް ހުރި: އޮޑިޓް ރިޕޯޓް

05 ޖޫން 2017
ރައީސްގެ ގެކޮޅުގެ ހަރުމުދަލުގެ ރެކޯޑްތައް ބެލެހެއްޓުމުގައި މައްސަލަތަކެއް ހުރި: އޮޑިޓް ރިޕޯޓް
31 މެއި 2017

އަދީބުގެ ސިއްޚީ ހާލުކޮޅާ މެދު އިހުމާލުވަމުންދާ މައްސަލަ އެޗްއާރްސީއެމްއަށް ހުށަހަޅައިފި

31 މެއި 2017
އަދީބުގެ ސިއްޚީ ހާލުކޮޅާ މެދު އިހުމާލުވަމުންދާ މައްސަލަ އެޗްއާރްސީއެމްއަށް ހުށަހަޅައިފި
30 މެއި 2017

އަދީބުގެ ބޭސްފަރުވާގެ ކަންތައްތަކާ ގުޅިގެން މުސްތަފާގެ ފާޑުކިޔުން ސަރުކާރަށް!

30 މެއި 2017
އަދީބުގެ ބޭސްފަރުވާގެ ކަންތައްތަކާ ގުޅިގެން މުސްތަފާގެ ފާޑުކިޔުން ސަރުކާރަށް!
27 މެއި 2017

އަދީބުގެ ސިއްޚީ ހާލުކޮޅާ ގުޅޭ ގޮތުން ބުނާނެ އެއްޗެއް ނެތް: ފުލުހުން

27 މެއި 2017
އަދީބުގެ ސިއްޚީ ހާލުކޮޅާ ގުޅޭ ގޮތުން ބުނާނެ އެއްޗެއް ނެތް: ފުލުހުން
22 މެއި 2017

އަދީބަށް ސީރިއަސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާތީ ފަރުވާއަށް ބޭރަށް ފޮނުވައިދިނުމަށް އެދިއްޖެ

22 މެއި 2017
އަދީބަށް ސީރިއަސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާތީ ފަރުވާއަށް ބޭރަށް ފޮނުވައިދިނުމަށް އެދިއްޖެ
24 އެޕްރީލު 2017

ފިސްތޯލަ ގެންގުޅުއްވި ކަމަށް ބުނެ އަދީބުގެ މައްޗަށް އިއްވި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި

24 އެޕްރީލު 2017
ފިސްތޯލަ ގެންގުޅުއްވި ކަމަށް ބުނެ އަދީބުގެ މައްޗަށް އިއްވި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި
11 އެޕްރީލު 2017

ގާސިމް ވަނީ ވަގަށް ނަގައި ރަހީނު ކޮށްފަ، ރައީސް ޔާމީނާއި ފުލުހުންގެ މައްޗަށް ދައުވާ ކުރެވޭނެ: މަޚުލޫފް

11 އެޕްރީލު 2017
ގާސިމް ވަނީ ވަގަށް ނަގައި ރަހީނު ކޮށްފަ، ރައީސް ޔާމީނާއި ފުލުހުންގެ މައްޗަށް ދައުވާ ކުރެވޭނެ: މަޚުލޫފް
20 ފެބުރުއަރީ 2017

ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި

20 ފެބުރުއަރީ 2017
ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް