Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝެންގެން ވިސާ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖަރުމަނުގެ ވިސާ ކްލިނިކެއް ހުޅުވައިފި

27 ޖެނުއަރީ 2019 | އާދީއްތަ 08:17

ހިދުމަތް ލިބިގެންދާނީ 5 ދުވަހަށް

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 27 ޖެނުއަރީ 2019 | އާދީއްތަ 08:17
ފޮރިން ސެކްރެޓަރީ އަބްދުލް ޣަފޫރު މުހައްމަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ފޮރިން ސެކްރެޓަރީ އަބްދުލް ޣަފޫރު މުހައްމަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ދިވެހިރާއްޖޭގައި ހުރެގެން ޖަރުމަނުގެ ޝެންގެން ވިސާއަށް އެދުމުގެ ގޮތުން ރާއްޖޭގައި ވިސާ އެޕްލިކޭޝަން ކްލިނިކެއް ހުޅުވައިފިއެވެ.

މިއަދު ހުޅުވުނު ވިސާ ކްލިނިކް

Advertisement - newsAdvertisement

އާދިއްތަ ދުވަހު ނޫސްވެރިންނަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ފޮރިން ސެކްރެޓަރީ އަބްދުލް ޣަފޫރު މުހައްމަދު ވިދާޅުވީ އެ މިނިސްޓްރީން ކުރަމުން އަންނަ އެންމެ މުހިންމު މަސަތްކަތަކީ ވިސާ ލިބޭނެ އެންމެ ލުއި ފަސޭހަ ގޮތް ހޯދުން ކަމަށާއި މި ހުޅުވާލާ ފުރުސަތުގައި ދަތުރުކުރެވޭނީ ހަމައެކަނި ޖަރުމަންވިލާތަށް ކަމަށެވެ. ޣަފޫރު ވިދާޅުވީ ވަގުތީ ކްލިނިކެއް ގާއިމު ކުރި ކަމުގައިވިޔަސް ކުރިއަށް އޮތް ތަނުގައި ޝެންގެން ވިސާގެ ހިދުމަތް ދާއިމީ ގޮތެއްގައި ލިބިގެން ދާނެ ކަމަށެވެ. ވިސާގެ ސަބަބުން އައިޓީބީ ފެއަރ އަށް ދާ ފަރާތްތަކުގެ އިތުރުން ޔޫރަޕަށް ދަތުރުކުރާ ފަރާތްތަކައް ފަސޭހަވެގެން ދާނެއެވެ. ފޮރިން ސެކްރެޓަރީ ވަނީ އެމްއެމްޕީއާރުސީ އާއި ޖަރުމަނު ސަރުކާރުގެ ފަރާތުން ދެއްވި އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.

ވިސާ އެޕްލިކޭޝަން ކްލިނިކްގެ ހިދުމަތް ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކަށް 24 ޑިސެމްބަރުގައި ހުޅުވާލި ފުރުސަތުގައި 123 ފަރާތަކުން ވަނީ އެޕްލިކޭޝަން ފުރިހަމަ ކުރެއްވުމަށް ފަހު އޮންލައިންކޮށް އެޕޮއިންޓްމަންޓެއް ހެއްދެވުމަށް އެދިފައެވެ. އެގޮތުން ޑިމާންޑް ބޮޑުވުމުގެ ސަބަބުން ދެ ދުވަހަށް ހަމަޖައްސާފައިވަ ކްލިނިކް ހިދުމަތް ދިނުން ފަސް ދުވަހަށް ބަދަލުކުރިވިފައިވާ ކަމަށް އަބްދުލް ޣަފޫރު ވަނީ ވިދާޅުވެފައެވެ. ހިދުމަތް ލިބިގެން ދާނީ ޖަނަވަރީ 27 ވަނަ ދުވަހުން ފެށިގެން 31 ޖެނުއަރީގެ ކޮންމެ ދުވަހަކު ހެނދުނު 8:00 ހަވީރު 6 ޖެހުމާ ހަމަޔަށް ލިބިގެންދާނެއެވެ.

"މިފަހަރު މި ބޭއްވޭ ކްލިނިކްގައި ގާތްގަނޑަކަށް 123 ބޭފުޅުން ވިސާ ހޯދުމައްޓަކައި އެޕްލައި ކޮށަފައި އެބަވޭ . އަޅުގަނޑުމެން މި ހިދުމަތް އެންމެ ފުރަތަމަ ހުޅުވުމަށް ހަމަޖެހިފައިވަނީ 2 ދުވަހައް ނަމަވެސް ޑިމާންޑް ބޮދުވުމުގެ ސަބަބުން 2 ދުވަހުން 5 ދުވަހަށް ވަނީ އިތުރުކުރެވިގެން ގޮސްފައި،" ފޮރިން ސެކްރެޓަރީ ވިދާޅުވިއެވެ.

ރާއްޖޭގައި މި ހިދުމަތް ތާއާރަފްކުރުމުގެ ސަބަބުން ކުރިން ވިސާ ނަގަން ސްރީލަންކާއަށް ދާން ޖެހޭ ދަތުރަށާއި އެހެނިހެން ކަންތައްތަކަށް ދާ ހަރަދު ރައްކާ ކުރެވޭނެއެވެ.

މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ކޮލޮމްބޯގައި ހުންނަ ޖަރުމަނު އެމްބަސީގައި ވިސާގެ ކަންކަން އިންތިޒާމްކުރާ އިސް ބޭފުޅާ ސާޝާ ސްޕްރެއަރ ވިދާޅުވީ ރާއްޖޭގައި ތިބެގެން ޝެންގަން ވިސާ ލީބެނެ ގޮތް ހެދުމުން އުންމީދުކުރި ވަރަށް ވުރެ ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި ކުރިއަށް އޮތްތަނުގައި ވިސާ ލިބޭނެ އިންތިޒާމް ފަހިކުރާނެ ކަމަށެވެ،

މި ކްލިނިކްގެ މަސައްކަތަކަށް ވާނީ ވިސާއަށް އެދޭ ފަރާތްތަކުގެ ބަޔޯމެޓްރިކް ޑޭޓާ (ސިފަ، އިނގިލީގެ ނިޝާން) ނެގުމަށް ފަހު، މި މައުލޫމާތު ލަންކާގައި ހުންނަ ޖަރުމަނުގެ އެމްބަސީއަށް ފޮނުވުމެވެ. ވިސާ އެޕްލިކޭޝަނާ ދޭތެރޭ ގޮތެއް ނިންމާނީ ޖަރުމަނުގެ އެމްބަސީ އިން ކަމަށް އެ ފަރާތުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

ޝެންގެން ވިސާއަކީ ޝެންގެން އެގްރީމަންޓްގައި ބައިވެރިވެފައިވާ 26 ޔޫރަޕުގެ ގައުމަށް އެރުމަށް ލިބޭ ވިސާއެކެވެ. މި އެއްބަސްވުމުގައި ބައިވެރިވެފައިވާ ގައުމުތަކުން އެ ގައުމުތަކުގެ ސަރަހައްދީ އިމުގެ ތެރޭގައި ގެންގުޅެނީ ވިސާ ދިނުމުގައި އެއް ސިޔާސަތުތަކެކެވެ، އަދި މި ގައުމުތަކުގެ ރައްޔިތުން، ޝެންގެންގައި ބައިވެރިވެފައިވާ އެހެން ގައުމުތަކަށް ދާން ޕާސްޕޯޓްއެއް ވެސް ބޭނުން ކުރާކަށް ނުޖެހެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
24 ޖެނުއަރީ 2017

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017
ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި
23 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

23 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް