Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ މަސައްކަތު ބައްދަލުވުން

މަސައްކަތަކަށް ވާންވީ މަސައްކަތު ބައްދަލުވުމުގެ ނިންމުންތައް ރައްޔިތުންނަށް ކިޔައިދިނުން: ނަޝީދު

26 ޖެނުއަރީ 2019 | ހޮނިހިރު 20:42

15 ކަރުދާހެއް ހުށަހަޅައި ބަހުސް ކުރި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 26 ޖެނުއަރީ 2019 | ހޮނިހިރު 20:42
ކުރީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތު ބައްދަލުވުމުގައި ވާހަަކަ ދައްކަވަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތު ބައްދަލުވުމުގައި ވާހަަކަ ދައްކަވަނީ

އެމްޑީޕީގެ ފަރާތުން ރައްޔިތުން މަޖިލީހަށް ކުރިމަތިލާ ކެންޑިޑޭޓުންގެ މަސައްކަތަކަށް ދެންވާނީ މަޖިލިސް އިންތިހާބުގެ މަސައްކަތު ބައްދަލުވުމުގެ ނިންމުންތައް ރައްޔިތުންނަށް ކިޔައިދިނުން ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ހުށަހަޅަން ގަސްތުކޮށްފައިވާ ބައެއް ހުށަހެޅުންތަކާ ބެހޭ މައުލޫމާތު ހިއްސާކޮށް ހިޔާލު ހޯދުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު ބޭއްވި މަސައްކަތު ބައްދަލުވުން ނިންމަވާލައްވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ކެންޑިޓޭޓުން ހުށަހެޅި 15 ކަރުދާހަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެ މަސައްކަތު ބައްދަލުވުމަށް ޖުޑިޝަރީ އިސްލާހު ކުރުމަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވި ހިސާން ހުސެއިނެވެ. އަދި މެމްބަރުންގެ ނަޒާހަތްތެރިކުރުވުމާ ގުޅޭ ކަރުދާސް ހުށަހެޅުއްވީ ފެލިދޫ ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަ ކުރައްވާ މަބްރޫކް އަޒީޒެވެ. ކަރަންޓާއި ފެން އަގު ހެޔޮ ކުރުމުގެ އިސްލާހު ހުށަހަޅުއްވާފައި ވަނީ ހޯރަފުށީ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަހްމަދު ސަލީމް (ސައްލެ)އެވެ. މީގެ އިތުރުން ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާ އިސްލާހު އިއްވަވައި ދެއްވީ ހުޅުމާލެ ދާއިރާގެ އެމްޑީޕީ ޓިކެޓް ކާމިޔާބު ކުރެއްވި އަލީ ނިޔާޒެވެ. އަމިއްލަ އާމްދަނީ އިން ޓެކްސް ނެގުން ނުވަތަ އިންކަމް ޓެކްސް ނެގުމާ ގުޅޭ ކަރުދާސް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޓިކެޓް ކާމިޔާބު ކުރެއްވި އިލްޔާސް ލަބީބެވެ.

މަޖިލީހަށް މެމްބަރުން ހޮވުމަށްފަހު ރައްޔިތުންނާ ބައްދަލުނުކުރާ ކަމަށް އެ ރައްޔިތުން ބުނަމުންދާކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ މަޖިލިސް މެމްބަރުންނާއި ރައްޔިތުންނާއި ބައްދަލު ކުރުމުގެ އިންތިޒާމުގެ ތެރޭގައި މެދުމިނުމުގެ ހައްލެއް ހޯދަން ޖެހޭ ކަމަށެވެ. އެގޮތުން ބައެއް ޤައުމުތަކުގައި އެކަން ހައްލުކުރާ ގޮތަކީ އޮފީސްތައް ބަހައްޓައިގެން އެ އޮފީސްތަކަށް ރައްޔިތުންނަށް ގޮސް، ޝަކުވާތައް ހުށަހަޅައިގެން ކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ރާއްޖޭގެ ރަށްތަކުގެ ކައުންސިލް އިދާރާގައި ރައްޔިތުން މަޖިލީހުގެ މޭޒެއް ބެހެއްޓޭނެ އުސޫލެއް ގެންގުޅުމަކީ ވެސް ކުރެވިދާނެ ކަމެއް ޤަބޫލުކުރައްވާ ކަމަށެވެ.

މި މަސައްކަތު ބައްދަލުވުމުގައި މަޝްވަރާކޮށްފައި ވަނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ލާމަރުކަޒު ކުރުމާއި، އަމިއްލަ އާމްދަނީން ޓެކްސް ނެގުމާއި، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި، ދަރިވަރުންގެ ދަރަންޏާއި، އަން އެމްޕޮއިމެންޓް ބެނެފިޓް ދިނުމާއި، ވަލާއި ފަރުތައް ހިމާޔަތްކޮށް ބެލެހެއްޓުމާއި، ފެނާއި ކަރަންޓްގެ އަގު ހެޔޮ ކުރުމާއި، ދަތުރުފަތުރާއި، މަހުގެ ހަމަ އަގާއި، ޖަވާބު ދާރީ ކުރުވަނިވި ދައުލަތެއް ބިނާ ކުރުމާއި، އެގްރި ވިޔަފާރިއާއި، ޓްރާސްސިޝަނަލް ޖަސްޓިސް އާއި ޓުއަރިޒަމް އާއި ގެސްޓް ހައުސްގެ އިތުރުން ޖުޑިޝަރީ އިސްލާހް ކުރުމާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ނަޒާހަތްތެރިކަމުގެ މައްޗަށެވެ.

މި މަސައްކަތުގައި ބައްދަލުވުމުގެ 66 ކެންޑިޑޭޓުންނަށްވުރެ ގިނަ ކެންޑިޑޭޓުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

25 މާރިޗު 2017

އެއްބަސްވުމާ އެއްގޮތަށް ގައުމީ މަސައްކަތުގައި ލީޑަރުން ދެމިތިބޭނެ: އިބޫ

25 މާރިޗު 2017
އެއްބަސްވުމާ އެއްގޮތަށް ގައުމީ މަސައްކަތުގައި ލީޑަރުން ދެމިތިބޭނެ: އިބޫ
20 މާރިޗު 2017

ޤާސިމަކީ ބަޠަލެއް، އިސްލާހި މަސައްކަތުގައި ސާބިތުކަމާ އެކު ހުންނެވިކަން ދައްކަވައިފި: މައުމޫން ފެކްޝަން

20 މާރިޗު 2017
ޤާސިމަކީ ބަޠަލެއް، އިސްލާހި މަސައްކަތުގައި ސާބިތުކަމާ އެކު ހުންނެވިކަން ދައްކަވައިފި: މައުމޫން ފެކްޝަން
08 މާރިޗު 2017

އިސްލާހީ މަސައްކަތުގެ ކުރީ ސަފުގައި ތިއްބެވީ އަންހެނުން: މާރިއާ

08 މާރިޗު 2017
އިސްލާހީ މަސައްކަތުގެ ކުރީ ސަފުގައި ތިއްބެވީ އަންހެނުން: މާރިއާ
15 ފެބުރުއަރީ 2017

އެމްޔޫއޯގެ މަސައްކަތުން ރައީސް ޔާމީން ވަނީ ބަލިކަށިވެ، އެކަހެރިވެފައި: ހަސަން ލަތީފް

15 ފެބުރުއަރީ 2017
އެމްޔޫއޯގެ މަސައްކަތުން ރައީސް ޔާމީން ވަނީ ބަލިކަށިވެ، އެކަހެރިވެފައި: ހަސަން ލަތީފް
15 ފެބުރުއަރީ 2017

ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

15 ފެބުރުއަރީ 2017
ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ
11 ފެބުރުއަރީ 2017

ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

11 ފެބުރުއަރީ 2017
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު
09 ފެބުރުއަރީ 2017

މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

09 ފެބުރުއަރީ 2017
މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި
06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
27 ޖެނުއަރީ 2017

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް