Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑިޕީ ވޯކްޝޮޕް

މެމްބަރުން ނުފޫޒުން އެއްކިބާ ކުރުމަށް އެމްޑީޕީން އިސްލާހު ހުށަހަޅަނީ އިމްތިޔާޒުގެ ގާނޫނަށް

26 ޖެނުއަރީ 2019 | ހޮނިހިރު 20:22

މެމްބަރުން ރައްޔިތުންނާ ބައްދަލު ކުރަން ލާޒިމުކޮށްފައިވޭ

އަލީ ސަމާޚް
އަލީ ސަމާޚް | 26 ޖެނުއަރީ 2019 | ހޮނިހިރު 20:22
މަބްރޫކް އަޒީޒް

މަބްރޫކް އަޒީޒް

ނުފޫޒާއި ކޮރަޕްޝަނުން މެމްބަރުން އެއްކިބާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅަން ނިންމާފައިވާ ކަމަށް ހާމަކޮށްފިއެވެ. އެކަން ހާމަ ކުރީ މްތިޔާޒައި ބެހޭ ގާނޫނަށް އެމްޑީޕީން ގެންނަން ބޭނުންވާ އިސްލާހުތައް މަޖިލިސް އިންތިހާބުގައި ހިއްސާ ކުރުމަށް ބޭއްވި ބައްދަލުވުމުގައެވެ.

ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭ ބްރައިޓް ވޭ އިންޓަނޭޝަނަލް ސްކޫލްގައި ބޭއްވި މަޖިލިސް ކެމްޕެއިންގެ ޕޮލިސީ ވާކްޝޮޕަށް އެ އިސްލާހުތައް "ކޮންސެޕްޓް ޕޭޕަރު"އެއްގެ ގޮތުގައި ހުށައަޅައި ދެއްވީ ފެލިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރި ކެނޑިޑޭޓް މަބްރޫކް އަޒީޒެވެ.

Advertisement - newsAdvertisement

އެ ކަރުދާސް ހުށަހަޅުއްވަމުން މަބްރޫކް ވިދާޅުވީ، އެ އިސްލާހުގެ މައިގަނޑު ބޭނުމަކީ، ރައްޔިތުންގެ މެދުގައި މަޖިލީހާ މެދު ކެނޑިފައިވާ އިތުބާރު އަލުން ހޯދުން ކަމަށާއި ނަޒާހަތްތެރި މަޖިލީހެއް ހޯދުމަށް އެމްޑީޕީން ވެފައިވާ ވައުދަށް ގާނޫނީ ބާރު ހޯދައިދިނުން ކަމަށެވެ. އޭނާ ހުށަހެޅުއްވި ކަރުދާހުގައި މައިގަނޑު ތިން ކަމަކަށް ވަނީ އަލި އަޅުއްވާލައްވާފައެވެ.

އޭގެ ތެރޭގައި ހިމެނޭނީ، ރައްޔިތުންނާ ގާތުން މަޖިލީހުގެ މެމްބަރުން މަސައްކަތް ކުރުމަށާއި ކޮރަޕްޝަން އެއްކިބާވެގެންވާ މެމްބަރުންތަކެއް މަޖިލީހުގައި ތިބުމާއި މަޖިލީހުގައި ހިނގާ މަސައްކަތްތައް ދެފުށް ފެންނަ ގޮތަށް ރައްޔިތުންނަށް ހާމަކޮށްދިނުމެވެ.

އެ ކަރުދާހުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަމަލު ކުރާނެ މިނިމަމް ސްޓޭންޑަޑެއް ހަމަޖެއްސުމެވެ. އެ ކަރުދާހުގައިވާ ގޮތުން މަޖިލީހުގެ ކޮންމެ މެމްބަރަކު މަހަކު އެއްފަހަރު އެ ދާއިރާއެއްގެ ރައްޔިތުންނާ ބައްދަލު ކުރަންޖެހޭނެއެވެ. އެކަން އެންމެ ހަރުދާނަކޮށް ހިންގުމަށް އިދާރީ މުވައްޒަފަކު ކޮންމެ މަޖީލިސް މެމްބަރު އައްޔަން ކުރަންޖެހޭނެ ކަމަށް ވެސް އޭނާގެ ހުށަހަޅުމުގައިވެއެވެ.

'' އަދި އެ މުވައްޒިފުންނާއި މަޖިލީސް މެމްބަރާއި ގުޅިގެން ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރާ ގޮތުގެ ތާވަލެއް ހެދި އެ ތާވަލް ވާން ޖެހޭނީ މަޖިލީހުގެ ވެބްސައިޓްގައި ޕަބްލިޝް ކުރެވިފައި އޮންނަ އެއްޗަކަށް. ޖުމްލަ ގޮތަކަށް މި ކަމުގައި އަޅުގަނޑުމެންނަށް ފެންނަނީ ކޮންސެޕްޓަކީ މަޖީލީސް މެމްބަރުންގެ ޕާލިމެންޓްރީ އޮފީސް ހުންނަން ޖެހޭނެ ދާއިރާގައި ހެދިފައި .''

ކޮރަޕްޝަނާއި ނުފޫޒުން މަޖިލީސް މެމްބަރުން އެއްކިބާވެ ތިބުމުގެ ގޮތުން ހުށަހަޅަން ހަމަޖެހިފާއިވާ އިސްލާހުގައިވާ އެއްކަމަކީ މާލީ ބަޔާން ހުށައެޅުމުގެ އުސޫލެވެ. މިހާރުވެސް މަޖީލީސް މެމްބަރުން މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް އޮތަސް، އެ ކަމަށް އިތުރު ކަމެއް އެ ކަރުދާހުގައި ވަނީ އިތުރުކޮށްފައެވެ. އެއީ މެމްބަރުންގެ ދެމަފިރިންނާއި 18 އަހަރުން ދަށުގެ ދަރިންގެ މާލީ ބަޔާން ވެސް ހުށަހެޅުމެވެ.

''މިގޮތުން ފައިސާއާއި ބޭންކް އެކައުންޓާއި، ބިމާއި ، ބިމުގެ އެގްރީމެންޓް ތަކާއި، އައިލީ ވިޔަފާރިތަކާއި، ޝެއާ ބޮންޑު ސޮޓްކް ފަދަ ތަކެއްޗާއި، ހާއްސަ ޕާމިޓް ތަކައި، އަގުބޮޑު ގަހާނާ ތަކާއި މޮޓޯ ވެހިކަލްތަކުގެ ވާހަކަ އެ ބަޔާނުގައި ހުންނަން ޖެހޭނީ ހާމަ ކުރެވިފައި.'' އެ ބާޔާންވާން ޖެހޭނީ އޯޑިޓް ކުރެވިފައިވާ ބަޔާނަކަށް ވާންޖެހޭ ކަމަށްވެސް އެ ކަރުދާހުގައިވެއެވެ.

މަބްރޫކް ހުށަހެޅުއްވި ކަރުދާހުގައިވާ ގޮތުން، މެމްބަރުންގެ މަސައްކަތް ހުންނަން ޖެހޭނީ އާއްމުކޮށް ފެންނަން ޖެހޭ ގޮތަށެވެ. އެގޮތުން މެމްބަރުން ހާޒިރީ އާއި ވޯޓުލީ ގޮތާއި އެ މެމްބަރުންގެ ހުށަހެޅި ބިލްތައް ވެސް އެނގޭނެ ގޮތަށް ހަމަކުރަންޖެހޭނެ ކަމަށް މަރުހޫކް ހުށަހެޅުއްވި ކަރުދާހުގައިވެއެވެ.

އެންމެ ހިނގާ

1

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

އެއްބަސްވުމެއް ހެދުން، ނޫނީ "ފަނާވުން" ނޫން އިތުރު ގޮތެއް އީރާނަކަށް ނޯންނާނެ: ހެގްސެތު

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް