Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހދ.ނޮޅިވަރަމް

ނޮޅިވަރަމްގައި އެމްޓީސީސީން ކުރިއަށްގެންދިޔަ މަޝްރޫއުތައް ނުނިންމާ ފައިބަން މަސައްކަތް ކުރުމުން ހުއްޓުވައިފި

26 ޖެނުއަރީ 2019 | ހޮނިހިރު 11:39

ބަނދަރުމަތީގެ 8 ފޫޓަށް ފޭވެމަންޓްގައި ގާއެތުރުމަށް ވަނީ އެއްބަސްވެފައި

އަމްނާ އިމާދު
އަމްނާ އިމާދު | 26 ޖެނުއަރީ 2019 | ހޮނިހިރު 11:39
ނޮޅިވަރަމްގައި އެމްޓީސީސީއިން މަސައްކަތް ކުރަމުންދާ ސައިޓެއް

ނޮޅިވަރަމްގައި އެމްޓީސީސީއިން މަސައްކަތް ކުރަމުންދާ ސައިޓެއް

އެމްޓީސީސީން ހދ. ނޮޅިވަރަމްގައި ކުރިއަށްގެންދިޔަ މަޝްރޫއުތައް ނުނިންމައި އެރަށުން ފައިބަން މަސައްކަތް ކުރުމުން އެކަން ހުއްޓުވައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެރަށުގެ ކައުންސިލަރު އިބްރާހިމް ނަސީރު ވިދާޅުވީ ބަނދަރުގެ ނެރުފައިކަށި ހެދުމުގެ މަސައްކަތާއި، ބަނދަރު މަތީގެ އަށް ފޫޓަށް ފޭވެމަންޓްގައި ގާ އެތުރުމާއި، ފުޓްބޯޅަ ދަނޑު އެއްވަރުގެ ކުރުމުގެ މަސައްކަތުގެ އިތުރުން ވާރޭވެހޭ ދުވަސްވަރު ރަށު ތެރޭ ފެންބޮޑުވާ މަގުތަކަށް ވެލިއެޅުމާއި, މަގު އެއްވަރުގެ ކުރުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ނަސީރު ވިދާޅުވީ އެ މަސައްކަތްތަކަކީ 2017 ވަނަ އަހަރު ފަހުކޮޅު ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތްތަކެއް ކަމަށެވެ. ނަމަވެސް ބަނދަރުގެ ނެރުފައިކަށި ހެދުން ފިޔަވައި އެހެން މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި، ދެން ހުރި މަސައްކަތުގެ އަމަލީ މަސައްކަތް ވެސް ފަށާފައިނުވާ ކަމަށެވެ. މި ހުރިހާ ދުވަހު މަސައްކަތް ނުފަށައި ދިގުދައްމާލީ ތަފާތު އެކި އުޒުރުތައް ދެއްކުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މަސައްކަތް ކުރާ މީހުން ގާތު އަހާލިމަ ކޮންވެސް އުޒުރެއް ދައްކާނެ. ވަސީލަތްތައް ނެތޭ. މޫސުން ގޯހޭ" ނަސީރު ވިދާޅުވިއެވެ.

ނަސީރު ވިދާޅުވީ މަސައްކަތް ނުނިންމައި ހުކުރު ދުވަހު ރަށުން ފޭބުމަށް މަސައްކަތް ކުރުމުން ރަށު ރައްޔިތުން ނުކުމެ އެކަން ހުއްޓުވީ ކަމަށާއި، މަސައްކަތް ކުރުމަށް ބޭނުން ކުރި ސާމާނުތައް އެރުވުމަށް ރަށަށް ގެނައި ކޮޅުވެއްޓި ވެސް ރަށު ރައްޔިތުން ނުކުމެ ބަނދަރުން ބޭރުކުރީ ކަމަށެވެ.

މަސައްކަތް ނުނިންމާ އެމްޓީސީސީގެ މުއައްޒަފުން ދިއުމަށް މަސައްކަތް ކުރަނީ ބަނދަރުގެ ފައިކަށި ހެދުން ފިޔަވައި އެހެން މަސައްކަތެއް ކުރުމަށް އެގްރިމެންޓްކޮށްފައި ނުވާތީ ކަމަށް މިހާރު މި މަސައްކަތާ ހަވާލުވެ ހުރި ސްޕައިވައިޒަރު ބުނާ ކަމަށެވެ.

މީގެ އިތުރުން ނަސީރު ވިދާޅުވީ އަދިވެސް މަސައްކަތް ނުފަށާ ކަމަށާއި، ނަމަވެސް ބަނދަރުގެ މަސައްކަތް ކުރިއަށްދިޔައިރު ބަނދަރުގެ ބައެއް ލައިޓްތަކަށް އެފަރާތުގެ އިހުމާލުން ގެއްލުންވެފައިވާތީ އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބަނދަރު މަތީގައި ހުރި ހޮޅިދަނޑިއަކަށް ގެއްލުންވެފައި

ނަސީރު ވިދާޅުވީ ރައްޔިތުން އެދޭ ގޮތަށް ކައުންސިލުން މަސައްކަތް ކުރާނެ ކަމަށާއި، ރައްޔިތުން ތިބީ މި މައްސަލައަށް ދޫދޭ ގޮތަށް ނޫން ކަމަށެވެ. އަދި ރައީސް ސޯލިހު އެރަށަށް ވަޑަގެންނެވި ދަތުރުފުޅުގައި މި މަސައްކަތްތައް ނިންމައިދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ދެއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމަސައްކަތުގައި ހަވާލުވެ ހުންނެވި އެމްޓީސީސީގެ ސުޕައިވައިޒަރު ވިދާޅުވީ އެކަމާ ބެހޭ ގޮތުން އެއްވެސް ކޮމެންޓެއް ދޭން ބޭނުން ނުވާ ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

02 ޖެނުއަރީ 2018

ފިޔާޒަށް ހުކުމް ކުރިތާ ހަތަރު މަހަށް ވުރެ ގިނަ ދުވަސް، އިސްތިއުނާފު ކުރުމާ މެދު އަދިވެސް ގޮތެއް ނުނިންމާ!

02 ޖެނުއަރީ 2018
ފިޔާޒަށް ހުކުމް ކުރިތާ ހަތަރު މަހަށް ވުރެ ގިނަ ދުވަސް، އިސްތިއުނާފު ކުރުމާ މެދު އަދިވެސް ގޮތެއް ނުނިންމާ!
26 ޑިސެމްބަރު 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އީޕީއޭ އިން އަމަލު ކުރަނީ ގާނޫނާ ހިލާފަށް: ސޭވް މޯލްޑިވްސް ޓީމް

26 ޑިސެމްބަރު 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އީޕީއޭ އިން އަމަލު ކުރަނީ ގާނޫނާ ހިލާފަށް: ސޭވް މޯލްޑިވްސް ޓީމް
16 ޑިސެމްބަރު 2017

އަގު ބޮޑުކޮށް ޑީސަލް ގަތް މައްސަލައިގައި ދައުވާ ކުރުމާމެދު އަދިވެސް ގޮތެއް ނުނިންމާ:ޕީޖީ

16 ޑިސެމްބަރު 2017
އަގު ބޮޑުކޮށް ޑީސަލް ގަތް މައްސަލައިގައި ދައުވާ ކުރުމާމެދު އަދިވެސް ގޮތެއް ނުނިންމާ:ޕީޖީ
20 ނޮވެމްބަރު 2017

މި ސަރުކާރުން ފެށި ހައުސިން މަޝްރޫއުތައް ފެއިލްވީ ދޭންޖެހުނު ކަޓުތައް ބޮޑުވެގެން: ފައްޔާޒު

20 ނޮވެމްބަރު 2017
މި ސަރުކާރުން ފެށި ހައުސިން މަޝްރޫއުތައް ފެއިލްވީ ދޭންޖެހުނު ކަޓުތައް ބޮޑުވެގެން: ފައްޔާޒު
19 ނޮވެމްބަރު 2017

ހައުސިން މަޝްރޫއުތައް ފެއިލްވުމުން އެކަމުގެ ބަދުނާމު ރައީސް ޔާމީން އެޅުއްވީ އިދިކޮޅު ފަރާތްތަކުގެ ބޮލުގައި

19 ނޮވެމްބަރު 2017
ހައުސިން މަޝްރޫއުތައް ފެއިލްވުމުން އެކަމުގެ ބަދުނާމު ރައީސް ޔާމީން އެޅުއްވީ އިދިކޮޅު ފަރާތްތަކުގެ ބޮލުގައި
12 ނޮވެމްބަރު 2017

ޝުކޫރުގެ މައްޗަށް ދައުވާކުރަން ފޮނުވިތާ ތިން މަސް، ދައުވާ ކުރުމާ މެދު އަދިވެސް ގޮތެއް ނުނިންމާ!

12 ނޮވެމްބަރު 2017
ޝުކޫރުގެ މައްޗަށް ދައުވާކުރަން ފޮނުވިތާ ތިން މަސް، ދައުވާ ކުރުމާ މެދު އަދިވެސް ގޮތެއް ނުނިންމާ!
02 އޮކްޓޯބަރު 2017

ގާސިިމްގެ ބޭސްފަރުވާއަށް ދިން މުއްދަތު މިއަދު ހަމަވަނީ، މުއްދަތު އިތުރުކުރުމާ މެދު ގޮތެއް ނުނިންމާ!

02 އޮކްޓޯބަރު 2017
ގާސިިމްގެ ބޭސްފަރުވާއަށް ދިން މުއްދަތު މިއަދު ހަމަވަނީ، މުއްދަތު އިތުރުކުރުމާ މެދު ގޮތެއް ނުނިންމާ!
06 ޖޫން 2017

މަޝްރޫއުތައް ހިންގަނީ ބަޖެޓަށް ބަލައިގެން ނޫން ކަމަށް ބުނެ މިނިސްޓަރަށް ރައްދު ދެއްވައިފި

06 ޖޫން 2017
މަޝްރޫއުތައް ހިންގަނީ ބަޖެޓަށް ބަލައިގެން ނޫން ކަމަށް ބުނެ މިނިސްޓަރަށް ރައްދު ދެއްވައިފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް