Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެނަކަ

އަގު ބޮޑުކޮށް ޑީސަލް ގަތް މައްސަލައިގައި ދައުވާ ކުރުމާމެދު އަދިވެސް ގޮތެއް ނުނިންމާ:ޕީޖީ

އަގު ބޮޑުކޮށް ޑީސަލް ގަތުމުގެ ސަބަބުން ފެނަކަ އަށް އެއް މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 16 ޑިސެމްބަރު 2017 | ހޮނިހިރު 07:30
ފެނަކަ ކޯޕްރޭޝަން

ފެނަކަ ކޯޕްރޭޝަން

ފެނަކަ ކޯޕްރޭޝަން އިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން ގެންދާ ހުރިހާ ރަށްތަކަށް ބޭނުންވާ ޑީސަލް އަމިއްލަ ކުންފުނިތައް މެދުވެރިކޮށް އަގުބޮޑުކޮށް ގަތް މައްސަލާގައި އެ ކުންފުނީގެ ޕްރޮކިއުމެންޓް ޑިޕާޓްމެންޓް ހިންގުމާ ހަވާލުވެ ކުރިން ހުންނެވި ޕްރޮކިއުމެންޓް ޑިރެކްޓަރުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީ އިން ފޮނުވި މައްސަލައާމެދު އަދިވެސް ގޮތެއް ނުނިންމާ ކަމަށް ޕްރޮސިކިޔުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން ބުނެފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ދިރާސާ ކުރަމުންދާ ކަމަށާއި ދައުވާ ކުރުމާމެދު އަދި ވަކިގޮތެއް ނިންމާފައި ނުވާ ކަމަށެވެ.

Advertisement - newsAdvertisement

މައްސަލަ ތަހުގީގު ކުރުމަށް އޭސީސީއިން ނިންމި އެ މައްސަލައިގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ފެނަކަ ކޯޕްރޭޝަނުން ކަރަންޓްގެ ހިދުމަތް ފޯރުކޮށްދެމުން ގެންދާ ހުރިހާ ރަށަކަށް ބޭނުންވާ ޑީސަލް އެސްޓީއޯ މެދުވެރިކޮށް ގަންނަ ގޮތަށް ރައީސުލްޖުމްހޫރީއްޔާގެ އޮފީހުން ނިންމައި، އެކަން ފެނަކަ ކޯޕްރޭޝަނަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ޑީސަލް ވިއްކަމުން ދިޔަ އަގަށް ވުރެ ބޮޑު އަގެއްގައި އަމިއްލަ ވިޔަފާރިތަކުން ޑީސަލް ގަނެފައިވާކަން ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެގޮތުން ފެނަކަ ކޯޕްރޭޝަން އަށް މެއި 17، 2016 ގައި ރައީސުލްޖުމްހޫރީއްޔާގެ އޮފީހުން ފޮނުވާފައިވާ ސިޓީގައި އެ ކުންފުންޏަށް އެންމެ ގިނައިން ޑީސަލް ބޭނުންވާ ދެކުނުގެ ހަތަރު އަތޮޅުގެ ހުރިހާ ރަށްތަކާއި، ދ. ކުޑަހުވަދޫ އަދި ހދ. ކުޅުދުއްފުއްޓަށް ޑީސަލް ގަންނާނީ އެފްއެސްއެމް އިން ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް ތަހުގީގުގައި ބަލާފައިވާ މުއްދަތު ކަމުގައިވާ ޖެނުއަރީ 4، 2018 އިން އޮގަސްޓް 15، 2016 އާ ދެމެދު ގއ. އަތޮޅުގެ ބައެއް ރަށްތަކަށާއި ދ. ކުޑަހުވަދޫ އަށް ބޭނުންވާ ޑީސަލް ގަނެފައި ވަނީ އަގު ބޮޑުކޮށެވެ. އަދި އެފްއެސްއެމް އިން ފެނަކަ އަށް ޑީސަލް ވިއްކުމަށް ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑު އަގުގައި އަމިއްލަ ކުންފުނިތައް މެދުވެރިކޮށް ގަނެފައިވާ ކަމަށް އޭސީސީގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވެއެވެ.

އޭސީސީގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ފެނަކައިން ރައީސުލްޖުމްހޫރީއްޔާގެ އޮފީހަށް ފެބްރުއަރީ 1، 2016 ގައި ފޮނުވި ސިޓީގައި އަމިއްލަ ވިޔަފާރިތަކުން ޑީސަލް ލީޓަރެއް ފެނަކަ ކޯޕްރޭޝަން އަށް އެވްރެޖްކޮށް ގަނެފައި ވަނީ 6.98ރ. އަށް ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް އެ ދުވަހުން ފެށިގެން އެ އަަހަރުގެ އެޕްރީލް 25ގެ ނިޔަލަށް ފެނަކަ ކޯޕްރޭޝަނުން އަމިއްލަ ވިޔަފާރިތަކުން ޑީސަލް ލީޓަރެއް އެވްރެޖްކޮށް ގަނެފައި ވަނީ 7.92ރ. އަށް ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ކޮންމެ މަހެއް ވެސް ފެށުމުގެ ކުރިން އެ މަހެއްގައި އިންޖީނުގެތަކަށް ބޭނުންވާ ޑީސަލްގެ އަދަދާއި، ޑީސަލް އަޅަން ޖެހޭނެ ތާރީހެއް އެނގޭނެ ފަދައިން ޝެޑިއުލްއެއް ތައްޔާރުކޮށް އެފްއެސްއެމް އަށް ފޮނުވައި ދިނުމަށް އެތައް ފަހަރެއްގެ މަތިން ފެނަކަ އަށް އަންގާފައިވާ ކަމަށް އޭސީސީގެ ރިޕޯޓުގައި ބުނެފައި ވެއެވެ. އަދި އެފްއެސްއެމް އިން ފޮނުވި އެއްވެސް ސިޓީއަކަށް ފެނަކައިން އެއްބާރުލުން ދީފައި ނުވާ ކަމަށާއި އަދި ޑީސަލް އެޅުމަށް ބޭނުންވާ ތަފްސީލީ ޝެޑިއުލްއެއް ވެސް ފެނަކައިން އެފްއެސްއެމް އަށް ފޮނުވާފައި ނުވާ ކަމަށް އޭސީސީގެ ރިޕޯޓުގައި ބުނެފައި ވެއެވެ.

އޭސީސީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރައީސުލްޖުމްހޫރީއްޔާގެ އޮފީހުން އަންގާފައިވާ އެންގުމާ ހިލާފަށް އެސްޓީއޯ ނޫން އެހެން އަމިއްލަ ކުންފުނިތަށް މެދުވެރިކޮށް ޑީސަލް ގަތުމަށް ހުއްދަ ދީފައި ވަނީ ކުންފުނީގެ ޕްރޮކިޔުމެންޓް ޑިޕާޓްމެންޓުގެ ޑިރެކްޓަރު ކަމަށް ތަހުގީގަށް ސާބިތުވާ ކަމަށެވެ.

އެގޮތުން ފެނަކައިގެ ޕްރޮކިޔުމެންޓް ހެޑް އެކަން ކޮށްފައި ވަނީ އޭނާގެ ވަޒީފާގެ އެއްބަސްވުމާ ހިލާފަށް ކަމަށާއި އެއްބަސްވުމުގައިވާ ގޮތުން ޕްރޮކިޔުމެންޓް ހެޑްގެ ގޮތުގައި ހުރެ ކުންފުންޏަށް ބޭނުންވާ ތަކެތި ގަންނަން ޖެހޭނީ އެންމެ ހެޔޮއަގުގައި ކަމަށް ބުނެފައިވާއިރު އެ ކުންފުންޏަށް ބޮޑު އަގުގައި ޑީސަލް ގަނެ ހިންގާފައި އަމަލަކީ ވަކިފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައި ދިނުމަށް ހިންގާފައިވާ އަމަލުތަކެއްކަން ތަހުގީގަށް ލިބިފައިވާ ކިތާބީ ހެކިތަކުން އެނގޭ ކަމަށް އޭސީސީގެ ރިޕޯޓުގައި ބުނެފައި ވެއެވެ.

އެހެން ކަމުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށާއި މަގާމް ނުފޫޒް ބޭނުން ކޮށްގެން ވަކިފަރާތަކަށް ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ކުށުގެ ދައުވާ ފެނަކައިގެ ޕްރޮކިޔުމެންޓް ހެޑް ގެ މައްޗަށް ކޮށްދިނުމަށް އޭސީސީ އިން ޕީޖީ އަށް ފޮނުވި މައްސަލާގައި އެދިފައި ވެއެވެ.

މީގެ އިތުރުން އެފްއެސްއެމް އިން ޑީސަލް ވިއްކި އަގަށްވުރެ ބޮޑު އަގެއްގައި އަމިއްލަ ކުންފުނިތަކުން ފެނަކަ އަށް ބޭނުންވާ ޑީސަލް ގެނަފައި ވާތީ 1،027،370.00 (އެއް މިލިއަން ހަތާވީސް ހާސް ތިންސަތޭކަ ހަތްދިހަ) ރުފިޔާއަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ކަމަށާއި އެހެން ކަމުން އެ ފައިސާ ފެނަކައިގެ ޕްރޮކިޔުމެންޓް ޑިޕާޓްމެންޓް ހެޑްގެ އަތުން ނަގައިދިނުމަށް ވެސް އޭސީސީގެ މައްސަލާގައި ވަނީ އެދިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު