Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ކާތިކް ބެނުންވަނީ ސީރިއަސް ފިލްމްތައް ކުޅެން

ހެއްވާ މަޖާ ފިލްމްތައް ކުޅުމުން ދުރަށް ޖެހިލަން ބޭނުންވާ ކަމަށް ވަނީ ބުނެފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 25 ޖެނުއަރީ 2019 | ހުކުރު 07:20
ލޫކާ ޗުއްޕީ ގެ ޕޯސްޓަރު

ލޫކާ ޗުއްޕީ ގެ ޕޯސްޓަރު

ކޮމެޑީ ފިލްމް ތަކުން ފެނިގެން ގޮސްފައިވާ ބޮލީވުޑްގެ ތަރި ކާތިކް އާރްޔަން މިހާރު ބޭނުންވަނީ ސީރިއަސް ފިލްމްތައް ކުޅެން ކަމަށް އޭނާ ބުނެފިއެވެ.

"ޕްޔާރުކާ ޕަންޗްނާމާ ސީރީސް" އަދި "ސޯނޫކި ޓިޓޫ ކި ސްވިޓީ" ފަދަ ހެއްވާ މަޖާ ފިލްމްތައް ކުޅެފައިވާ ކާތިކް ބުނެފައިވަނީ އުފާވެރި ހެއްވާ މަޖާ ރޯލްތައް ކުޅުމުން ދުރަށް ޖެހިލުމަށްފަހު ތްރިލާ ފިލްމްތައް ކުޅުމަށް ބޭނުންވާ ކަމަށެވެ.

ކާތިކްގެ ދެން އަންނަން އޮތް ފިލްމް "ލުކާ ޗުއްޕީ"ގެ ޓްރެއިލާ ލައުންޗިންގައި ކާތިކް ބުނެފައިވަނީ ކޮމެޑީ ރޯލްތަކަކީ ކުޅެން އެންމެ އުނަދގޫ ރޯލް ކަމަށް އޭނާ ގަބޫލު ކުރާ ކަމަށާއި މީހުން އޭނާގެ މަސައްކަތް ބަލައިގަންނާތީ އެކަމާ އުފާވާކަމަށެވެ.

"އަހަރެން ކުޅޭހިތްވޭ ތްރީލާ އަދި ވިލަންގެ ރޯލް. އެފަދަ ފިލްމްތައް ބެލުމަށް އަހަރެން ލޯބިކުރަން. އަހަރެން ބޭނުން ހެއްވާ މަޖާ ރޯލްތަކުގެ އިތުރުން އެފަދަ ރޯލްތައް ކުޅެން" ކާތިކް ވަނީ ބުނެފައެވެ.

ކާތިކް ބުނެފައި ވަނީ އޭނާއަށް ކޮމެޑީ ފިލްމްތަކުން މިހާރުވެސް ފުރުސަތު ލިބޭ ކަމަށާއި ނަމަވެސް މިހާރު ބޭނުންވަނީ ސީރިއަސް ފިލްމްތައް ކުޅެން ކަމަށެވެ.

"ލުކާ ޗުއްޕީ" ގައި ކާތިކް އާއި އެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ކްރިތީ ސެނޯން އެވެ. މި ފިލްމްގައި ކާތިކް ފެނިގެންދާނީ ނޫސްވެރިއެއްގެ ރޯލުންނެވެ.

ކާތިކް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ކާމިޔާބު ފިލްމް "ސޯނޫކި ޓީޓޫކި ސްވިޓީ" އިންނެވެ. މި ފިލްމް ވަނީ ބޮކްސް އޮފީހުގައި 100 ކްރޮޑް ކްލަބަށް ވަދެފައެވެ.

ލަކްސްމަން އުތޭކަރު ޑައިރެކްޓް ކުރާ މި ފިލްމްގައި ކާތިކް އާއި ކްރިޓީގެ އިތުރުން ޕަންކަޖް ޓްރިޕަތީ، އަޕާޝަކްތީ ކުރާނާ އަދި ވިނޭ ޕަތަކް ފެނިގެންދާނެއެވެ.

މޭޑޮކް ފިލްމްސް އާއި ޖިއޯ ސްޓޫޑިއޯ ގުޅިގެން އުފައްދާ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މާރޗް މަހުގެ އެއްވަނަ ދުވަހު އެވެ.

އިތުރަށް ކިޔާލަން

29 އެޕްރީލު 2017

"ބިއުޓީ އެންޑް ދަ ބީސްޓް" ގެ ދެވަނަ ބައެއް ކުޅެންވެސް ތައްޔާރު: އެމާ

29 އެޕްރީލު 2017
"ބިއުޓީ އެންޑް ދަ ބީސްޓް" ގެ ދެވަނަ ބައެއް ކުޅެންވެސް ތައްޔާރު: އެމާ
22 މާރިޗު 2017

ޖޫހީގެ ދަރިން ފިލްމް ކުޅެން ޝައުގުވެރިކަމެއް ނެތް

22 މާރިޗު 2017
ޖޫހީގެ ދަރިން ފިލްމް ކުޅެން ޝައުގުވެރިކަމެއް ނެތް
13 މާރިޗު 2017

ސާރާ ފިލްމް ކުޅެން ބޭނުން ވަނީ ރަންވީރާ އެކު

13 މާރިޗު 2017
ސާރާ ފިލްމް ކުޅެން ބޭނުން ވަނީ ރަންވީރާ އެކު
10 މާރިޗު 2017

އައިޝްވަރިޔާގެ ބައްޕަގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެނީ

10 މާރިޗު 2017
އައިޝްވަރިޔާގެ ބައްޕަގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެނީ
27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު