Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް އިންތިހާބު 2019

ތަރައްގީ ގެނެވޭނީ މަޖިލީހުގެ މެޖޯރިޓީ ވަކި ޕާޓީއަކަށް ނުދިނީމާ: ގާސިމް

24 ޖެނުއަރީ 2019 | ބުރާސްފަތި 21:47

ގާސިމް ވިދާޅުވީ ދިވެހިރާއްޖެއަށް އެއްމެ ރަނގަޅު ގޮތަކީ ވެސް މަޖިލީހުގެ މެޖޯރިޓީ ވަކި ބަޔަކަށް ނުލިބުން ކަމަށް

އަމަން ހަލީމް
އަމަން ހަލީމް | 24 ޖެނުއަރީ 2019 | ބުރާސްފަތި 21:47
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަދައްކަވަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަދައްކަވަނީ

ދިވެހިން ދެކެމުން އަންނަ ތަރައްގީ ގެނެސްދެވޭނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެއްވެސް ޕާޓީއަކަށް މެޖޯރިޓީ ނުދީކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވިލިމާލެ ދާއިރާއަށް ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ކެމްޕެއިން ފެށުމަށް ބޭއްވި ހަފުލާގައި ގާސިމް ވިދާޅުވީ، ދިވެހިރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީވެސް މަޖިލީހުގެ މެޖޯރިޓީ ވަކި ބަޔަކަށް ނުލިބުން ކަމަށެވެ.

Advertisement - newsAdvertisement

"އެހެން އެކަންނުވީމާއޭ ކުރިއެރުން ލިބިގެންދާނީ. އަދި އަދުލު އިންސާފުވެސް. އިސްލާހުކުރަން ޖެހޭ ހުރިހާ ކަމެއްވެސް އިސްލާހު ކުރެވިގެންދާނީ. އެއީ އަޅުގަނޑުމެންނަށް ސަރުކާރު ޒިންމާދާރު ކުރެވޭނެ ގޮތަކީވެސް،" ގާސިމް ވިދާޅުވިއެވެ.

ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ކޮންމެހެން ލިބެން ޖެހޭ ކަމަށް ރައީސް ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކުފުޅަށް ރައްދު ދެއްވަމުން ގާސިމް ވިދާޅުވީ, ގައުމިއްޔަތު އިސްކޮށްގެން ހުރިހާ ޕާޓީތަކުންވީ ގުރުބާނީ ހަނދާން ނައްތާ ނުލެއްވުމަށް އެދިފައެވެ. އަދި އޭރު ދެއްކި ވާހަކަތައް ދެކޮޅުޖެހޭނީ ވަކީ ޕާޓީއަކަށް މަޖިލިސް ދީގެން ނޫންކަމުގައިވެސް ގާސިމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގާސިމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަފުޅަށް ވަރަށް ތައުރީފް ކުރައްވާފައެވެ. އަދި ވިދާޅުވީ އެ މަނިކުފާނު އެ ސާބިތުކަން މަތީ ހުންނެވިހާ ދުވަހަކު ވައުދުތައް ފުއްދުމަށް ޖުމްހޫރީ ޕާޓީގެ އެއްބާރުލުން ލިބިލައްވާނެ ކަމަށެވެ.

"އެމަނިކުފާން ސާބިތުކަމާއެކު ހުންނަވާނެކަން އަޅުގަނޑަށް ކަށަވަރު. އެހެންކަމަށްވާނަމަ ހަމަ ކަށަވަރުންވެސް އެ މަނިކުފާން މިގައުމަށް ވެފައިވާ ހުރިހާ ވައުދާ އަހުދު ފުއްދެވުމުގައި އަޅުގަނޑުމެން ޖުމްހޫރީ ޕާޓީ މިތިބީ އެމަނިކުފާނާ އެކީގައިކަން، ސާބިތުކަމާއެކީގަކަން ފަށްފަށުން ދަންނަވަން،" ގާސިމް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަކީ ވަކި ޕާޓީއެއްގެ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެ ގާސިމް ވަނީ އެންމެނާމެދު ހަމަހަމަ އުސޫލަކުން ކަންކަން ކުރުމަށް ރައީސްއަށް ގޮވާލައްވާފައެވެ.

ގާސިމް ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން އުޅުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، އެއީ ގައުމުގެ މަސްލަހަތު ނަގާލަން ބަޔަކު ދެކެމުން އަންނަ ހުވަފެނެއް ކަމަށް ބުނެ ނުސީދާކޮށް ރައީސް ނަޝީދާއި އެމްޑީޕީއަށް ގޮންޖައްސަވާފައެވެ. އަދި މަހުޖަނުންނޭ ކިޔައިގެން ދައްކާ ވާހަކައަށް ރައްދު ދެއްވަމުން ވިދާޅުވީ މަޖިލީހަށް އިންތިހާބު ވާން ބޭނުންވާ އެންމެން ވެސް ފައިސާ ހޯދަން ދަނީ ވިޔަފާރިވެރިންނާއި މުއްސަންދިން ކައިރިއަށް ކަމަށެވެ.

"ކުރިމަތި ލާފަ ލާރި ހޯދަން މިދަނީ ކޮން ބަޔެއް ކައިރިއަށް ތޯ؟ ނޫނީވިއްޔާ އެ ފައިސާ ގެންނަނީ ކޮންތާކުން ތޯ؟ ބޭރު ގައުމަކުން ތޯ ނޫނިވިއްޔާ ދިވެހިރާއްޖޭގައި ތިބި ތަނަވަސް މީހުން އަތުންތޯ؟" ގާސިމް ސުވާލުކުރެއްވިއެވެ.

ގާސިމްއާއި ނަޝީދުއާއި ދެބޭފުޅުން ބަހުގެ ހަމަލާތައް ބަދަލުކުރަމުންދާއިރު، ރައީސް ސޯލިހުއާއި ރައީސް ނަޝީދު އަދި ރައީސް މައުމޫން ވެސް ވަނީ ކޯލިޝަން ނުރޫޅޭނެ ކަމަށާއި ގުޅުން އޮތީ ބަދަހިކޮށް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ގާސިމް ވަނީ މީގެ ކުރިން އެމްޑީޕީން ކޯލިޝަން އެގްރީމެންޓާއި ހިލާފުވީ ކަމަށް ބުނެ ކޯލިޝަންއެއް އެބައޮއްތޯ ސުވާލު އުފައްދަވާފައެެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް