Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)

ޕީއެންސީ އުފެއްދުމަށް ބާއްވާ ޖަލްސާ މި މަހުގެ 27 ވަނަ ދުވަހު

ހުއްދަ ދިނުން ލަސްވެފައި ވަނީ ޕީއެންސީން ހުށަހެޅި ފޯމްތަކުގައި ގިނަ މައްސަލަތަކެއް ހުރުމުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 24 ޖެނުއަރީ 2019 | ބުރާސްފަތި 15:53
ޕީއެންސީ އުފެއްދުމަށް ހުއްދަ ދިނުން

ޕީއެންސީ އުފެއްދުމަށް ހުއްދަ ދިނުން

ޕީޕަލްސް ނޭޝެނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމަށް ބާއްވާ ޖަލްސާ މި މަހުގެ 27 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އެ ޕާޓީން ބުރާސްފަތި ދުވަހު ބުނީ 27 ވަނަ ދުވަހުގެ ރޭ 8.30 ގައި ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި އެ ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ އޮންނާނެ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފައްދަވަން މަސައްކަތް ކުރައްވަމުން އަންނަ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ދީފިއި ވަނީ ބުރާސްފަތި ދުވަހުއެވެ.

ޕީއެންސީ އިން އީސީއަށް ހުށަހަޅާފައިވާ މެމްބަރޝިޕް ފޯމްތައް ސައްހަ ނޫން ކަމަށް ބުނެ، ކެންސަލްކުރަމުންދަނީ "ޒާތީ" މައްސަލައެއް ޕީއެންސީއާ މެދު އޮވެގެން ކަމަށް އީސީގެ މެމްބަރު ހަބީބު ވިދާޅުވެފައިވާ ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

ބުދަ ދުވަހު އަބްދުއްރަހީމް ވިދާޅުވެފައި ވަނީ މި މަހުގެ 9 ވަނަ ދުވަހު 4000 ފޯމް އިސީއަށް ހުށަހެޅިއިރު، އޭގެ ތެރެއިން އީސީ އިން ސައްހަ ކަމަށް ކަނޑައެޅީ 1945 ފޯމް ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ސިޔާސީ ޕާޓީއެއް ރެޖިސްޓްރީ ކުރާ ނަމަ ސައްހަ 3000 ސައްހަ ފޯމް ހުށަހަޅަންޖެހެއެވެ. އޭގެ ފަހުން 1100 ފޯމް ހުށަހެޅި އިރު އޭގެ ތެރެއިން ވެސް ސައްހަވީ 300 ވަރަކަށް ފޯމް ކަމަށް އެނގިފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވެފައި ވެއެވެ. ނަމަވެސް އީސީން ހުއްދަ ދީފައި ވަނީ ސައްހަ 3،000 ފޯމް ހަމަވުމުންނެވެ.

ޕީއެންސީ އުފެއްދުމަށް ބޭނުންވާ ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީން ދީފައި މި ވަނީ އީސީގެ މެންބަރުން މަޖިލީހަށް ހާޒިރު ކުރާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށެވެ. އަދި 24 ގަޑިއިރު މަޖިލީސް ހުޅުވަން ޖެހުނަސް ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދާފައިވާ ޕާޓީ ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ރަޖިސްޓްރީ ކޮށްދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ބުދަ ދުވަހުގެ ރޭ ވިދާޅުވެފައި ވަނިކޮށެވެ.

ޕީއެންސީގެ އިތުރުން މިހާތަނަށް ރާއްޖޭގައި އަށް ޕާޓީއެއް ވަނީ ރަޖިސްޓްރީކޮށްފައެވެ. އެއީ ދާދި ފަހުން ރަޖިސްޓްރީކުރި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްކޮށް ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އާއި މަސައްކަތްތެރިންގެ ހައްގުތައް ދިފާއުކުރުމަށް ކަމަށް ބުނެ އުފެއްދި ލޭބާ ޕާޓީގެ އިތުރުން އެމްޑީޕީ އާއި، ޕީޕީއެމް، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، އެމްޑީއޭ އަދި ޑީއާރުޕީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު