Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަނޑުގައި ހުރި ޕްލާސްޓިކް

ކަނޑުން ޕްލާސްޓިކް ނައްތާލަން ރާއްޖެ އިން އިސް ނަގާނެ: ރައީސް ސޯލިހު

23 ޖެނުއަރީ 2019 | ބުދަ 11:48

ކަނޑުން ޕްލާސްޓިކް ނައްތާލަން ޕާރލޭއިން ކުރަމުންގެންދާ މަސައްކަތްތަކަށް ރައީސް ސޯލިހު ވަނީ ތައުރީފްކުރައްވާފައި

އަމަން ހަލީމް
އަމަން ހަލީމް | 23 ޖެނުއަރީ 2019 | ބުދަ 11:48
ރައީސް ސޯލިހް ޕާރލޭގެ ބާނީ ސައިރިލްއާ ބައްދަލުކުރައްވަނީ

ރައީސް ސޯލިހް ޕާރލޭގެ ބާނީ ސައިރިލްއާ ބައްދަލުކުރައްވަނީ

ކަނޑުތަކުން ޕްލާސްޓިކް ނައްތާލުމަށް ދިވެހިރާއްޖެއިން އިސްނަގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށް މަސައްކަތްކުރަމުން އަންނަ ބައިނަލްއަގުވާމީ ފަރާތެއް ކަމަށްވާ ޕާރލޭގެ ބާނީ އަދި ޗީފް އެކްޒެކެޓިވް އޮފިސަރ ސައިރިލް ގަޓްޗްއާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ކަނޑުން ޕްލާސްޓިކް ނައްތާލަން "ޕާރލޭ ފޮރ ދި އޯޝަންސް" އިން ކުރަމުން އަންނަ މަސައްކަތްތަކަށް ތައުރީފްކުރައްވާފައެވެ.

Advertisement - newsAdvertisement

ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ސައިރިލް ވަނީ ޕާރލޭގެ މަސައްކަތާ ބެހޭ ގޮތުންނާއި ކަނޑުތަކަށް ދިމާވެފައިވާ ނުރައްކާތަކުން ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތަކާ ގުޅޭ ގޮތުން ރައީސް ސޯލިހާ މައުލޫމާތު ހިއްސާކުރައްވާފައެވެ.

ސައިރިލް ވިދާޅުވީ ބައިނަލްއަގްވާމީ މައިދާނުގައި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް އަޑު އުފުލާ މުހިންމު ގައުމަކަށް ރާއްޖެއަށް ވެވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ކުދި ޖަޒީރާ ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ދުނިޔޭގެ ގައުމުތަކަށް އަންގައިދިނުމުގައި ވެސް ރާއްޖެއަށް މުހިންމު ރޯލެއް އަދާކުރެވިދާނެ ކަމަށް ވެސް ސައިރިލް ވިދާޅުވިއެވެ.

ކަނޑުގައި ހުރި ޕްލާސްޓިކް ކުނި އެއްކޮށް ނައްތާލުމަށް އެ ޖަމިއްޔާ އިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް ރައީސް ސޯލިހްއާ އެކު ސައިރިލް މަޝްވަރާކުރެއްވިއެވެ.

މީގެ ހަ އަހަރު ކުރިން، 2013ގައި އުފެއްދި ޕާރލޭ ޖަމިއްޔާ އިން ވަނީ ކަނޑުން ޕްލާސްޓިކް ނައްތާލުމަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބައިނަލްއަގްވާމީ ފެންވަރެއްގައި ގިނަ ގުނަ މަސައްކަތްތަކެއް ކުރަން ފަށާފައެވެ. އެގޮތުން ޕާރލޭ އިން ދަނީ ރާއްޖޭގައި ވެސް ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި ޕްލާސިޓިކް ކުނި ހޮވައި ނައްތާލުމުގެ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އަދި ސްކޫލްތަކާ ގުޅިގެން ވެސް ޕްރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް