Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޗްޑީސީ

އެޗްޑީސީއަށް މުއައްޒަފުން އިތުރު، އެޗްއާރު އޮޑިޓަކަށް ތައްޔާރުވަނީ

23 ޖެނުއަރީ 2019 | ބުދަ 08:12

އެޗްޑީސީގައި މިހާޜު 955 މުއައްޒަފުން އެބަތިބި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 23 ޖެނުއަރީ 2019 | ބުދަ 08:12
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ރާއްޖެއެމްވީއަށް އިންޓަވިއު ދެއްވަނީ

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ރާއްޖެއެމްވީއަށް އިންޓަވިއު ދެއްވަނީ

ހައުސިން ޑިވެޕޮލްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގައި މިހާރު މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު ބޭނުންވާވަރަށް ވުރެ އިތުރު ކަމަށާއި އެކަމާއި ގުޅޭ ޚާއްސަ އޮޑިޓެއް (އެޗްއާރު އޮޑިޓް) ހެދުމަށް ތައްޔާރު ވަމުންދާކަމަށް އެކޯޕަރޭޝަނުން ބުނެފިއެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ރާއްޖެއެމްވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ އެކުންފުނީގައި މިހާރު 955 މުއައްޒަފުން މަސައްކަތް ކުރަމުން ދާއިރު އިއުލާން ނުކޮށް މިދިޔަ ސަރުކާރުން އެތައް މުވައްޒަފުން ވައްދާފައިވާކަމަށެވެ.

Advertisement - newsAdvertisement

ނިމިދިޔަ ރިޔާސީ އިންތިޚާބާއި ދިމާކޮށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެކަނި ވެސް 100 އަށް ވުރެ ގިނަ މީހުން އިއުލާން ކުރުމެއްނެތި އެޗްޑީސީން ވަޒީފާ ދީފައިވާކަމަށް ސުހައިލް ވިދާޅުވިއެވެ.

"އެބަހުރި އިއުލާން ނުކޮށް މުއައްޒަފުން ވައްދާފައި. އަދަދު ސީދާ އެނގިފައި އޮތީ އެއްފަހަރާ ސަތޭކައަށް ވުރެ ގިނަ މުއައްޒަފުން ވެއްދިކަމަށް،" ސުހައިލް ވިދާޅުވިއެވެ.

އެޗްޑީސީގެ އުސޫލު އޮންނަ ގޮތުން އެ ކުންފުންޏަށް އަބަދުވެސް މުވައްޒަފުން ނަގަނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓަށެވެ. މުވައްޒަފުން އެ ކުންފުނީގައި ތިބުމާމެދު ގޮތް ނިންމަނީ އެއްއަހަރު ދުވަހުގެ ކޮންޓްރެކްޓް ނިމުމުންނެވެ.

ސުހައިލް ވިދާޅުވީ މީގެ ހަތަރު އަހަރު ކުރިން، ފެބްރުއަރީ 2015ގައި އެ ކުންފުނިން އިސްތިއުފާ ދެއްވިއިރާއި މިހާރާއި އަޅާބަލާއިރު ތިބި މުއައްޒަފުންގެ އަދަދު ދެ ގުނައަށްވުރެ އިތުރު ކަމަށެވެ. އެ އަދަދު އެވަރަށް އިތުރުވާންޖެހޭ ސަބަބެއް ނެތްކަމަށް ގަބޫލުކުރައްވާކަމަށް މި ސަރުކާރުން މިދިޔަ ޑިސެމްބަރު 30 އެޗްޑީސީގެ އެމްޑީކަމަށް އައްޔަންކުރި ސުހައިލް ވިދާޅުވިއެވެ. ސުހައިލް ވިދާޅުވީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދާކަމުގައި ވީ ނަމަވެސް އެކުންފުންޏަށް އެހާ ގިނަ މުވައްޒަފުން ބޭނުންވާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

"އަޅުގަނޑު ކޮން ޕެއަރ މިކުރަނީ މީގެ 4 އަހަރު ތެރޭގައި އަޅުގަނޑު ވަކިވެގެންދިޔަ ދިޔައިރުގައި ތިބި އަދަދުގެ ޑަބަލް އަދަދަށްވުރެ ގިނައިން މިތަނުގައި އެބަތިބި ސްޓާފުން. އަނެއްހެން ދަންނަވާކަމުގައި ވަންޏާ ދެ ވަނަ ފިޔަވަހި އަދި އެތަން ހިއްކައިގެން މަސައްކަތް ކުރިކަމުގައި ވިއަސް އަޅުގަނޑު ހިތެއް ނުބުނޭ އެވަރަށް މުއައްޒަފުން އިތުރުވާން ޖެހޭ ސަބަބެއް. އެހެންކަމުން އަޅުގަނޑު މިބަލަނީ ޕްރޮފެޝަނަލް ބައެއްގެ ލަފާ ހޯދައިގެން މުއައްޒަގުން އެންމެ ރަނގަޅަށް ބޭނުންކުރެވޭނީ ކިހިންތްތޯ ހަމަ ޕްރޮފެޝަނަލް އެހީ ހޯދަން އަޅުގަނޑު މިހާރު ވާނީ އިއުލާން ކުރަން އޯކޭ ދީފައި،" ސުހައިލް ވިދާޅުވިއެވެ.

އިއުލާންކުރުމެއް ނެތި އެޗްޑީސީއަށް މުވައްޒަފުން ވައްދާފައިވާކަމަށް ސުހައިލް ވިދާޅުވާއިރު ރިޔާސީ އިންތިޚާބު ދުވަސްވަރުގެ އިތުރުން ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު އެޗްޑީސީއަށް ބޭނުންވާ އަދަދަށްވުރެ އިތުރަށް 400 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ އެ ކުންފުންޏަށް ވައްދާފައެވެ.

ސަރުކާރު ހިއްސާވާ ސަތޭކަ ޕަސެންޓް ކުންފުނި، އެޗްޑީސީއިން އެކުންފުނީގެ ބައެއް މުވައްޒަފުން ބޭނުންކޮށްގެން މިދިޔަ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިނުގައި އުޅެފައިވާއިރު އެމަނިކުފާނުގެ ކެންޕެއިނަށް އެކަނި ވެސް 30 މިލިއަނަށްވުރެ ގިނަ ރުފިޔާ އެކުންފުނިން ވަނީ ޚަރަދުކޮށްފައެވެ. މީގެ އިތުރުން މިދިޔަ ސަރުކާރުން ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ ނަމުގައި ހުޅުމާލޭގައި ހިންގި ހުރިހާ ކަމަކަށް ހަރަދު ކުރީ އެޗްޑީސީން ކަމަށް ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެޗްޑީސީގެ ޚާއްސަ އޮޑިޓެއް ކުރަން ފަށާފައިވާއިރު އޮޑިޓް ނިމުނުހާ އަވަހަކަށް އެކަން ހާމަ ކުރައްވާނެކަމަށް ސުހައިލް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް