Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކްރިމިނަލް ކޯޓު

ސުއޫދުގެ މައްސަލާގައި ސިއްރު އަޑުއެހުމެއް ތާވަލުކުރުމަށް ފަހު ސަބަބެއް ނާންގައި ކެންސަލްކޮށްފި

އަޑުއެހުން އޮންނަ ނަމަ އަންގާނެ ކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 22 ޖެނުއަރީ 2019 | އަންގާރަ 11:41
ޤާނޫނީ ވަކީލު ހުސްނުއްސުއޫދު

ޤާނޫނީ ވަކީލު ހުސްނުއްސުއޫދު

ކޯޓުތަކާ ގުޅޭ ގޮތުން ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ދެއްކެވި ވާހަކަތައް ބަލަން ކްރިމިނަލް ކޯޓުން ސިއްރު އަޑުއެހުމެއް ތާވަލުކުރުމަށް ފަހު ވަކި ސަބަބެއް ނާނގައި އަޑުއެހުން ކެންސަލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ސުއޫދު ދެއްކެވި ވާހަކަ ބެލުމަށް ފަސް ގާޒީންގެ ބެންޗެއް އެކުލަވާލައި، އެ މައްސަލައިގެ އިޖުރާއީ އަޑުއެހުން އަންގާރަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ކޯޓަށް ހާޒިރުވުމުން އެއީ ސިއްރު އަޑުއެހުމެއް ކަމަށް ކްރިމިނަލް ކޯޓުން އެންގުމަށް ފަހު، ފަހުން ވަކި ސަބަބެއް ނާނގައި ކެންސަލްކުރެއްވި ކަމަށް "ރާއްޖެއެމްވީ"އާ ވާހަކަދައްކަވަމުން ސުއޫދު ވިދާޅުވިއެވެ.

Advertisement - newsAdvertisement
"ޝަރީއަތްކުރާ ކޮޓަރިއަށް ވެސް ނުވައްދާ، ވެއިޓިންގގަ ބައިނދާފަ ފަހުން އެންގީ އަޑުއެހުން ކެންސަލް ކުރި ކަމަށް ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފި ކަމަށާއި، އަޑުއެހުން އޮންނަ ނަމަ ފަހުން އަންގާނެ ކަމަށް. އަޑުއެހުން ކެންސަލް ކުރި ސަބަބެއް ވެސް ނާންގާ،" ސުއޫދު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހު ރައީސް އޮފީސްގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މަރާލާފައިވާ މީހުންނާ ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ސުއޫދު ވިދާޅުވީ ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމަށް ބައެއް ގޭންގުތަކަށް ކޯޓާއެއް ލިބިފައިވާ ކަމަށެވެ. ގޭންގުތަކުގެ ނުފޫޒު ފަނޑިޔާރުންގެ މައްޗަށް އެބަ އޮތް ކަމަށާއި އެކަމުގައި ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ ބައިވެރިވުން ވެސް އޮތް ކަމަށް ސުއޫދު ވިދާޅުވެފައި ވެއެވެ.

ކްރިމިނަލް ކޯޓުން ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލާފައި ވަނީ ގޭންގުތަކާ ފަނޑިޔާރުންނާ އޮތް ގުޅުން ހެކިތަކާ އެކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އާ ހިއްސާކޮށްފައިވާނެ ކަމަށް ސުއޫދު ވިދާޅުވެފައި ވަނިކޮށެވެ. ސުއޫދު ދެއްކެވި ވާހަކަތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ކުރިން ވަނީ ސުއޫދު ވަރަށް ބޮޑަށް ކުށްވެރިކޮށް ހަރުކަށި ބަޔާނެއް ނެރެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި

ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި

08 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!

ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!

02 ފެބުރުއަރީ 2017
ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު

ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު

30 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު