Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަލް އަމާރީ

ސައުދީގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އަލް އަމާރީ ޖަލުގައި އަވަހާރަވެއްޖެ

އަލް އަމާރީ ހައްޔަރުކުރީ އޯގަސްޓް މަހު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 22 ޖެނުއަރީ 2019 | އަންގާރަ 03:43
އަލް އަމާރީ ވަނީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ ޤުރުއާން ކޮލެޖްގެ ކުރީގެ ޑީންކަންވެސް ކުރައްވާފައި

އަލް އަމާރީ ވަނީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ ޤުރުއާން ކޮލެޖްގެ ކުރީގެ ޑީންކަންވެސް ކުރައްވާފައި

ސައުދީ އަރަބިއާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި މަދީނާގައި ހުންނަ ރަސޫލާ ﷺ މިސްކިތުގައި ޤުރުއާން ކިޔަވާ ވިދާޅުވަމުންގެންދެވި އަލް އަމާރީ ޖަލުގައި ބަހައްޓަވާފައިހުރި ދެރަވަރު ހާލަތުގެ ސަބަބުން އަވަހާރަވެއްޖެކަމަށް އެކްޓިވިސްޓުން ބުނެފިއެވެ.

މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ ޤުރުއާން ކޮލެޖްގެ ކުރީގެ ޑީންކަންވެސް ކުރައްވާފައިވާ ޝެއިޚް އަހުމަދު އަލް އަމާރީ އަވަހާރަވެފައިވަނީ އާދީއްތަ ދުވަހުކަމަށް، ހައްޔަރުކުރެވޭ ސައުދީގެ ގާރީންނާއި ދީނީ އިލްމުވެރިންގެ ލިޔެކިއުންވެސް ބަލަހައްޓަމުން އަންނަ ޖަމާއަތެއްކަމަށްވާ ޕްރިޒަނަރސް އޮފް ކޮންޝަންސްއިން ބުނެފައިވެއެވެ.

އިލްމުވެރިންނާއި ގާރީންގެ ހައްގުތަކަށް ސޯޝަލް މީޑިއާގައި ގޮވާލަމުންދާ މި ގްރޫޕުން ތުހުމަތުކުރާ ގޮތުގައި އުމުރުފުޅުން 69 އަހަރުފުޅުގެ އަމާރީ އަވަހާރަވީ "ގަސްތުގައި އިހުމާލުވުމުން" ނެވެ.

ލަންޑަންގައި ގާއިމްވެފައިވާ ALQST އިން ބުނީ އަލް އަމާރީ ހައްޔަރު ކުރެވުވުނީ މިދިޔަ އަހަރުގެ އޯގަސްޓްމަހު އޭނާގެ ގެއިންކަމަށެވެ.

އެފަހަރު ހައްޔަރު ކުރެވުނު މީހުންގެ ތެރޭގައި އަމާރީގެ އަރިސް ދީނީ އިލްމުވެރިއެއްކަމަށްވާ ސަފަރް އަލް ހަވާލީ ހިމެނިވަޑައިގަންނަވައެވެ.

އުމުރުފުޅުން 68 އަހަރުގެ އަލް-ހަވާލީ ހައްޔަރުކޮށްފައިވަނީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާއި ސައުދީގެ ޝާހީއާއިލާއިން އިސްރާއީލާއެކު ބާއްވާ ގުޅުމުގެ ވާހަކަވެސް ހިމެނޭގޮތުން 3،000 ސަފްހާގެ ފޮތެއް ޝާއިއުކުރުމާއި ގުޅިގެންނެވެ.

އިތުރަށް ކިޔާލަން

05 ޖޫން 2017

އައިއެސްގެ އަތްދަށުން އަލްބާޖް މިނިވަންކޮށްފި

05 ޖޫން 2017
އައިއެސްގެ އަތްދަށުން އަލްބާޖް މިނިވަންކޮށްފި
20 މެއި 2017

ސައުދީގެ ވެރިރަށާ 200 ކިލޯމީޓަރުން ހޫސީންގެ މިސައިލެއް ވައްޓާލައިފި

20 މެއި 2017
ސައުދީގެ ވެރިރަށާ 200 ކިލޯމީޓަރުން ހޫސީންގެ މިސައިލެއް ވައްޓާލައިފި
04 މެއި 2017

ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ

04 މެއި 2017
ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ
27 އެޕްރީލު 2017

އިންޑޮނީޝިއާގެ އެންމެ މަޝްހޫރު ގާރީ ޝޭޚް ޖައުފަރު އަބްދުއް ރަހުމާނު ލައިވް ޓީވީގައި ގުރުއާން ކިޔަވަމުން ދަނިކޮށް ނިޔާވެއްޖެ

27 އެޕްރީލު 2017
އިންޑޮނީޝިއާގެ އެންމެ މަޝްހޫރު ގާރީ ޝޭޚް ޖައުފަރު އަބްދުއް ރަހުމާނު ލައިވް ޓީވީގައި ގުރުއާން ކިޔަވަމުން ދަނިކޮށް ނިޔާވެއްޖެ
26 އެޕްރީލު 2017

ޚާލިދު އަލް އަރާޖްއަށް ބޮޑު ޖަލު ހުކުމެއް އަތުވެދާނެ!

26 އެޕްރީލު 2017
ޚާލިދު އަލް އަރާޖްއަށް ބޮޑު ޖަލު ހުކުމެއް އަތުވެދާނެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު