Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓޫރިސްޓުން މަރުވުން

ކަރަންޓްގައި ޖެހޭ ގޮތަށް ހައިވޯލްޓޭޖް ކޭބަލްތަކެއް ކަނޑުގެ އަޑިން އަޅާފައި ނުހުންނާނެ: އީޕީއޭ

21 ޖެނުއަރީ 2019 | ހޯމަ 10:59

ގެނބިގެން މަރުވާ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 21 ޖެނުއަރީ 2019 | ހޯމަ 10:59
މި އަހަރުގެ މިހާތަނަށް ފަސް ފަތުވެރިއަކު ވަނީ މަރުވެފައި

މި އަހަރުގެ މިހާތަނަށް ފަސް ފަތުވެރިއަކު ވަނީ މަރުވެފައި

މޫދަށް އެރި އުޅޭ މީހުން ކަރަންޓްގައި ޖެހޭ ގޮތަށް "ހައި ވޯލްޓޭޖް" ކަރަންޓް ކޭބަލްތަކެއް ރާއްޖޭގެ ކަނޑު އަޑީގައި އަޅާފައި ނުހުންނާނެ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑައިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވެއްޖެއެވެ.

'ގޮތް ނޭނގޭ' ގޮތަކަށް ރާއްޖޭގައި ގިނަ ފަތުރުވެރިންތަކެއް މަރުވަމުންދަނީ ކަނޑުއަޑީގައި އަޅާފައިވާ ކަރަންޓް ކޭބަލްތަކުގެ ސަބަބުން ކަމަށް 2017 ވަނަ އަހަރު ރާއްޖެ އައި ފަތުރުވެރިއަކު ތުހުމަތުކޮށްފައި ވާތީ، އެކަމާ ގުޅިގެން ރާއްޖެ އެމްވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނައީމް ވިދާޅުވީ ކުދި ކަރަންޓް ކޭބަލްތަކެއް އަޅާފައި ހުރެދާނެ ކަމަށާއި، އެފަދަ ކޭބަލަކުން ލީކްވާ ނަމަ، އެ ކޭބަލެއް ނުނަގައި ނުބާއްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ ދޮގު ޚަބަރުތައް ފަތުރަމުން ދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ އަގު ވައްޓާލުމުގެ ބޭނުމުގައި ކަމަށެވެ.

Advertisement - newsAdvertisement

ނައީމް ވިދާޅުވީ ގިނަ އަދަދެއްގެ ފަތުވެރިން ރާއްޖޭގައި މަރުވަމުންދަނީ ރިސޯޓްތަކުންނާއި ފަތުރުވެރިން ގެންނަ ފަރާތްތަކުން ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އިހްމާލްވެފައިވުމުގެ ސަބަބުން ކަމަށެވެ. އެގޮތުން ލައިފް ގާރޑުން ނުތިބުމާއި، ރިސޯރޓްތަކުން ފަތުރުވެރިންނަށް ރަނގަޅަށް އޮރިއެންޓޭޝަން ނުދޭކަން ނައީމް ވަނީ ފާހަގަކުރައްވާފައެވެ. އޮއިވަރުގައި ޖެހުމުން އަމަލުކުރަން ޖެހޭ ގޮތް ފަތުރުވެރިންނަށް ނޭނގުމާއި، ފަތުރުވެރިންނަށް ނޭނގި ފުންތަންތަނަށް ފޭބުމުގެ ސަބަބުން މި ފަދަ ހާދިސާތަށް ހިގަމުންދާކަން ނައީމް ވަނީ ފާހަގަކުރައްވާފައެވެ.

2017 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިއެއް ކަމަށްވާ "ލީސާ މޯލް 'ދަ އައިރިޝް ސަން' އަށް ދީފައިވާ އިންޓަރވިއުއެއްގައި ބުނެފައި ވަނީ ރާއްޖޭގައި ހިނގަމުންދާ ކުއްލި މަރުތަކާ މެދު ސުވާލު އުފައްދަން ޖެހޭ ކަމަށެވެ.

ލީސާއަށް ދިމާވި ހާދިސާގެ ސަބަބުން އަޔަލޭންޑްގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކެއް ތަހުގީގެއް ފަށާފައިވާއިރު، އެތަނުން އެކަކު ބުނާ ގޮތުގައި 'ކަނޑުއަޑީގައި އަޅާފައިވާ ކޭބަލްތަކުން" (ލީސާ)ވަނީ "އިލެކްޓްރޮކިއުޓްވެފަ"އެވެ. މީގެ އިތުރުން ހަމަ އެ އަހަރު ހަނީމޫނަށް ރާއްޖެ އައި އަޔަލޭންޑަށް ނިސްބަތްވާ އެންޑްރޫ ރޮޑީ ގެނބިގެން މަރުވެފައިވާއިރު، އޭނާ ވެސް މަރުވެފައި ވަނީ "އިލެކްޓްރޮކިއުޓް" ވެގެން ކަމަށް ލީސާ ވަނީ ތުހުމަތުކޮށްފައެވެ. ފަތުރުވެރިން މަރުވަމުންދަނީ ގެނބިގެންކަން ކަނޑައަޅަމުންދާ ކަމަށް ފާހަގަކުރަމުން ލީސާ ބުނީ އޭނާ މި ވާހަކަތައް ދައްކަން ބޭނުންވީ 'އެކަމަށް މީހުން ހޭލުންތެރި ކުރުމަށް' ކަމަށެވެ.

މި އަހަރު ފުރަތަމަ 21 ދުވަހުގެ ތެރޭގައި މިފަދަ ހާދިސާތަކުގައި ފަސް ފަތުރުވެރިއަކު ވަނީ މަރުވެފައެވެ. މި އަހަރު އެންމެ ފުރަތަމަ މަރުވެފައި ވަނީ ކ. ދިއްފުށީގައި ހަނީމޫން ހޭދަ ކުރަމުންދިޔަ ފިލިޕީންސްގެ ޒުވާން ދެމަފިރިއެކެވެ. މި މަހު 16 ވަނަ ދުވަހު ވެސް، ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ގެނބިގެން ޓޫރިސްޓަކު ވަނީ މަރުވެފައެވެ. އަދި ހޮނިހިރު ދުވަހު ދެ މަރު ވަނީ ރިޕޯޓްކޮށްފައެވެ. އެއީ ޕެރެޑައިސް އައިލެންޑްގައި 84 އަހަރުގެ ޗެކް ރިޕަބްލިކަށް ނިސްބަތްވާ މީހެއްގެ މަރަކާއި ސަފާރީއަކުން ޑައިވިންއަށް ދިޔަ ރަޝިއާ ޓޫރިސްޓެއްގެ މަރެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް