Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާސިމް އިބްރާހިމް

އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް

20 ޖެނުއަރީ 2019 | އާދީއްތަ 20:05

ހުރިހާ ބަޔާކައި ވާހަކަ ދައްކަން ތައްޔާރު: ގާސިމް

އަލީ ސަމާޚް
އަލީ ސަމާޚް | 20 ޖެނުއަރީ 2019 | އާދީއްތަ 20:05
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އެއްބާރުލުން ދޭނީ ވެވިފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރުމުން ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ކުނޫޒުގައި ބޭއްވި ރަސްމީއްޔާތުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ސޮއި ކުރައްވާފައިވާ އެގްރީމެންޓުގައި ޖޭޕީއަށް މަޖިލީހުގެ 25 ޕަސެންޓް ގޮނޑި ދޭ ގޮތަށް ނިންމާފައިވާ ކަމަށެވެ. އެ ގަރާރުގައި ރައީސް ސޯލިހު ވެސް ސޮއިކުރައްވާފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ނަމަވެސް އެ އެގްރީމެންޓާ، އެމްޑީޕީން ހިލާފުވެފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ރައީސް ސޯލިހަށް ޖޭޕީގެ ފަރާތުން އަހުދާއި ވައުދު ފުއްދުމަށް އެއްބާރުލުން ލިބޭނެ ކަމަށާއި އެކަމަކު އެ އެއްބާރުލުން ލިބޭނީ ގާނޫނުއަސާސީ އާއި ގަނޫނު އިމުގެ ތެރެއިން ކުރެވިފައިވާ "އަހުދާއި ވައުދު" ދެމެހެއްޓުމުން ކަމަށް ޖޭޕީގެ ލީޑަރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ، އެމްޑީޕީން ކުރިއަށް އޮތް މަޖިލީސް އިންތިހާބަށް ވަކިން ނުކުންނަން އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމުމަކީ އެއްބަސްވުމާ ހިލާފުވުން ކަމަށެވެ.

''އެކަމަކު އެރޭގެ ނަތިއްޖާ ނިމުނުއިރު ވޯޓަށް އެހިއިރު ވޯޓަށް އެހިގެން ދިޔައީ އެބޭފުޅުން ބޭނުންފުޅުވާ ގޮތަށް .އެމްޑީޕީއިން ހުރިހާ ދާއިރާ އަކަށް ވާދަކުރަން ނިންމީ. އެއީ އަޅުގަނޑުމެން އަހުދާއި ވައުދާއި ހިލާފު. އެދިޔައީ އެހިސާބުން. އަޅުގަނޑުމެން އެހެން އެއްވެސް ޕާޓީ އަކަށް އެއްޗެއް ނުލިބޭ ގޮތަށް،'' ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، އެންމެ ފަހުން ބޭއްވި ކޯލިޝަންގެ ހަތަރު ލީޑަރުންގެ ބައްދަލުވުމުގައި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކޯލިޝަންގެ ހުރިހާ ޕާޓީއަކަށް ވެސް މަސައްކަތް ކޮށްދޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް އެމްޑީޕީން ޖޭޕީ ''ނަގައި، ހޫރާލާފައިވާ'' ކަމަށް ގާސިމް ވިދާޅުވިއެވެ.

''ދެން މަގުމައްޗަށް ނެރެ އެއްލާލީމާ އަޅުގަނޑުމެން ސަލާން ޖަހަން މަގުމައްޗަށް ނިކުންނަން ޖެހޭ،'' އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ގާސިމް ވިދާޅުވިއެވެ.

މަޖިލީސް އިންތިހާބަށް ޖޭޕީއާ ކޯލިޝަން ހަދަން ބަޔަކު ބޭނުންވާ ހިނދެއްގައި އެ ބަޔަކާ ގުޅިގެން މަޖިލީހުގެ ގޮނޑިއެއް ލިބޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ކޯލިޝަން ހަދާފާނެތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން، އެ ސުވާލަށް ގާސިމް ސީދާ ޖަވާބެއް ނުދެއްވައެވެ. އޭނާ ވިދާޅުވީހުރިހާ ބަޔާކާ ވާހަކަ ދައްކަން ޖޭޕީ ތައްޔާރު ކަމަށެވެ.

ރައީސް ނަޝީދަށް މަޖިލީހަށް ކުރިމަތިނުލެވޭ ގޮތަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު މަޖިލީހަށް ހުށަހަޅުއްވާފައިވާ އިސްލާހަށް ތާއިދު ކުރައްވާނެތޯ ނޫސްވެރިއަކު ސުވާލު ކުރެއްވުމުން ގާސިމް ވިދާޅުވީ، އެ އިސްލާހު ހުށަހަޅަން އެމަނިކުފާނުގެ ޕާޓީގެ ލީޑާޝިޕްގެ އެއްވެސް ދައުރެއް ނުވާނެ ކަމަށެވެ.

''ގާނޫނު އަސާސީގެ 90 ވަނަ މާއްދާ ބައްލަވައިލައްވާ . ރައްޔިތުންގެ މެމްބަރުންނާ މެދު އެބޭފުޅުން ހުށައަޅައި ހުށައެޅުމާއި އެބޭފުޅުން ދައްކާ ވާހަކަ އާއި އެބޭފުޅުން ކުރައްވާ ކަންތައްތަކަށް މެދުގައި އެއްވެސް ޝަރިއަތެއް އެއްވެސް ތަނެއްގައި ނުހިގެންވޭނެ. މަޖިލީސް މެމްބަރުންނަކީ މިނިވަން ބައެއް. އެ ކުޅި ކުޅިވަރެއް ނުކުޅެވޭނެ''

އެމްޑީޕީން ނުފޫޒު މަޖިލީހަށް ފޯރު ވިޔަސް އެކަން ނުވާނެ ކަން ބަޔާން ކުރައްވަމުން ގާސިމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ

19 ފެބުރުއަރީ 2017
ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
29 ޖެނުއަރީ 2017

އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު

29 ޖެނުއަރީ 2017
އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް