Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިލެކްޝަންސް ކަމިޝަން

ބޭނުންވާ ބަޖެޓް ނުލިބިއްޖެނަމަ އިންތިޚާބަށް ހުރަސް އެޅިދާނެ: އީސީ

17 ޖެނުއަރީ 2019 | ބުރާސްފަތި 07:00

މަޖިލިސް އިންތިޚާބު ބާއްވަނީ އެޕްރީލް 6 ގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 17 ޖެނުއަރީ 2019 | ބުރާސްފަތި 07:00
އިލްކެޝަންސް ކަމިޝަންގެ މެމްބަރު އަހުމަދު އަކްރަމް

އިލްކެޝަންސް ކަމިޝަންގެ މެމްބަރު އަހުމަދު އަކްރަމް

އަންނަ އެޕްރީލް މަހުގެ 6 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ބޭނުންވާ އިތުރު 9.2 މިލިއަން ނުލިބޭ ކަމަށާއި އެފައިސާ ހަމަނުޖެހިއްޖެ ނަމަ އިންތިހާބަށް ހުރަސްއެޅިދާނެ ކަމުގެ ބިރު އެބައޮތްކަމަށް އިލެކްޝަންސް ކަމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކަމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ ފިނޭންސް މިނިސްޓްރީއާއި ރައްޔިތުންގެ މަޖިލީހާއި އެކަމިޝަނާއި ދެމެދު ބަޖެޓާއި ބެހޭ ގޮތުން މީގެ ކުރިން ކުރެވުނު މަޝްވަރާތަކުގައި 9.2 މިލިއަން ރުފިޔާ އިތުރުކޮށްދޭން އެދިފައިވާނެކަމަށެވެ. އަދި ފިނޭންސާއި މަޖިލީހުން އެކަމަށް އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެހެން ނަމަވެސް އިންތިޚާބަށް ޚަރަދު ކުރަން ފެށުމަށްފަހު އެ ފައިސާ ދިނުމަށް ފިނޭންސްއަށް އެދުމުން އެފައިސާއަށް ރެކޮމެންޑް ކޮށްފައިނުވާ ކަމަށް އެ މިނިސްޓްރީއިން ބުނެފައިވާކަމަށް އަކްރަމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފައިސާ ނުލިބިއްޖެކަމަށްވާނަމަ އިންތިޚާބަށް ހުރަސް އެޅިދާނެކަމުގެ ބިރު އެބައޮތްކަމަށެވެ.

"ވީގޮތަކީ ބަޖެޓް ފާސްކޮށްފައި އޮތީ އަޅުގަނޑަނޑުމެން އެދުނީ 123 މިލިއަންގެ ބަޖެޓެއް.، އެކަމަކު ފާސްކުރީ80 މިލިއަން ރުފިޔާއަށް. އެއަދަދު މަދުވާނެތީ އަޅުގަނޑުމެން ވާނީ ފިނޭންސާއި ރައްޔިތުންގެ މަޖިލީހާވެސް މަޝްވަރާކޮށް 9.2 މިލިއަން އިތުރު ކޮށްދިނުމަށް އެދިފައި. މަޖިލީހުން ވެސް ވަނީ އެކަން ހަމަޖެހޭނެ ކަމަށް ބުނެފައި. ބަޖެޓް މަދުވެގެން 9.2 އިތުރު ކުރި ކަމަށް މަޖިލީހުން ބުނޭ. ފިނޭންސްއިން ބުނަނީ މަޖިލީހުން ރިކޮމެންޑޭޝަނެއް ފޮނުވާފައި ނުވާކަމަށް." އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި މަޖިލީހުގެ ތެރެއިން އެކަންތައްތައް ކޮށްދޭނެކަމުގެ ޔަގީންކަން ގާސިމް ދެއްވާފައިވާކަމަށެވެ.

އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ވެސް ގެންނަވާނެކަމަށް ވިދާޅުވިއެވެ.

2019 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި 123 މިލިއަން ރުފިޔާއަށް ހަމަޖެއްސި ނަމަވެސް އެއަދު ކުރީ ސަރުކާރުން ފާސްކޮށްފައިވަނީ 80 މިލިއަން ރުފިޔާއަށް ކުޑަކޮށްގެންނެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބަވަނީ 85 މެމްބަރުންނެވެ. އެހެން ނަމަވެސް ދެން އޮންނަ ރައްޔިތުންގެ އިންތިޚާބެއްގައި 87 މެމްބަރުން ހޮވާނެ އެވެ. އިތުރު ކުރި ދެ ދާއިރާއަކީ މާލޭގެ ހެންވޭރު އަދި މައްޗަންގޯޅި އަށް އިތުރު ކުރި ދާއިރާތަކެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ

22 ފެބުރުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ
19 ފެބުރުއަރީ 2017

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި
16 ފެބުރުއަރީ 2017

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި

16 ފެބުރުއަރީ 2017
ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި
07 ފެބުރުއަރީ 2017

ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

07 ފެބުރުއަރީ 2017
ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް