Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ޕްރައިމަރީ 2019

އެމްޑީޕީގެ ޕްރައިމަރީ ހުކުރު ދުވަހު 14:30-20:30 އަށް

16 ޖެނުއަރީ 2019 | ބުދަ 08:13

270 ވޯޓުފޮށި ބަހައްޓާފައި ހުންނާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 ޖެނުއަރީ 2019 | ބުދަ 08:13
އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ޕްރައިމަރީގެ ވޯޓްލުން ކުރިއަށް ގެންދާނީ މެންދުރު ފަހު 2:30 އިން ރޭގަނޑު 8:30 އަށް ކަމަށް އެ ޕާޓީން ބުނެފި އެވެ.

ބުދަ ދުވަހު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ކުރިން 280 ކެނޑިޑޭޓުން ވާދަކުރާނެކަން އިއުލާނު ކޮށްފައި އޮތަސް، ކެންޑިޑޭޓަކު ނަން ނަގާފައިވުމާއެކު، ޕްރައިމަރީގައި މިހާރު ވާދަކުރާނީ 279 ކެންޑިޑޭޓުން ކަމަށެވެ.

Advertisement - newsAdvertisement
" މިހާތަނަށް އަޅުގަނޑުމެންނަށް ކުރެވިފައިވާ މަސައްކަތުން 270 ވޯޓުފޮށި މުޅި ރާއްޖޭގައި ބެހެއްޓޭނެ ކަމަށް އަޅުގަނޑުމެން މިހާރު މިވަނީ ނިންމާފައި. އަޅުގަނޑުމެންގެ މި އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ އަދަދު 279 އަށް އަރާ. ބޭފުޅަކު ނަން އަބުރާ ގެންދެވުމާއެކު 279 އަށް މިހާރު މިވަނީ ބަދަލުވެފައި،" ޝިފާޒު ވިދާޅުވިއެވެ.

އެމްޑީޕީ ޕްރައިމަރީ ވެގެންދާނީ ގައުމީ ފެންވަރުގެ ބޮޑު އިންތިޚާބެއް ކަމަށް ސިފަކުރާއިރު، ޕްރައިމަރީގައި 86،091 މީހުން ވޯޓުލާނެ ކަމަށް އެމްޑީޕީން ބުނެ އެވެ. ރާއްޖޭގެ އިތުރުން އިންޑިއާ، ލަންކާ އަދި މެލޭޝިއާގައިވެސް ވޯޓުފޮށި ބަހައްޓަން ހަމަޖެހިފައިވާ ކަމަށް އެ ޕާޓީން ބުނެ އެވެ.

މާލޭ ދަފުތަރުގައިވާ މީހުން ދާއިރާތަކަށް އެ މީހުން ބަހާލައިވާ ގޮތް އިއުލާނު ކުރުން ލަސްވީ، އިލެކްޝަންސް ކޮމިޝަނުން އެ ލިސްޓް ނިންމާނެ ކަމަށް ލިބެމުން ދިޔަ މައުލޫމާތަށް ބަލައިގެން ތިބުމުން ކަމަށް ޝިފާޒް ވިދާޅުވިއެވެ.

"ދަފްތަރު ލަސްކުރީ އިލެކްޝަންސް ކޮމިޝަނުން ދަފްތަރު މާލޭގެ ދާއިރާތަކަށް ބަހާފައި އަޅުގަނޑުމެންގެ ޕްރައިމަރީގެ ކުރިން އެކަންކޮށް ނިންމަވާނެ ކަމަށް އަޅުގަނޑުމެންނަށް ލިބެމުންދިޔަ މައުލޫމާތަށް ބަލާފައި. އެހެން ނަމަވެސް އިންތިހާބުގެ އެއް ދުވަހަށް ވީ އިރުވެސް ދަފްތަރުގެ މެމްބަރުން އެކިއެކި ދާއިރާތަކަށް ބަހާފައިވާ ފައިނަލް ގޮތެއް އަދި އިލެކްޝަންސް ކޮމިޝަނުން ފައިނަލެއް ނުކުރޭ. އެހެންވީމާ، އަޅުގަނޑުމެން ފައިނަލް ލިސްޓް މި އިއުލާނު ކުރީ މިހާތަނަށް ލިބިފައި ހުރި ގޮތަށް،" ޝިފާޒް ވިދާޅުވިއެވެ.

ޕްރައިމަރީގެ ދެފުއް ފެންނަ ގޮތަށް ސުލްހަވެރިކަމާއެކު އިންތިހާބު ކުރިއަށް ގެންދިއުމަށްޓަކައި ދުރާލާ އިއުލާނުކޮށް، އޮބްޒާވަރުން ހަމަޖައްސައި، ކޮންމެ ވޯޓު ފޮށްޓަކަށް ޕާޓީގެ އިސް ވެރިއަކު ހަމަޖައްސާފައިވާނެ ކަމަށް އެމްޑީޕީން ބުނެ އެވެ.

އެންމެ ހިނގާ

1

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

2

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

3

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

4

އެމެރިކާއަށް ކުރިއަށްވުރެ ވަރުގަދަ އަދި ތަދު އިހުސާސްވާނެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

5

ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރާ މައްސަލަ ފަޅާއެރިތަނާ، ލައިވް ޕްރޮގްރާމްތަކުގައި ކުރާ ކޯލްތަކާ ގުޅޭގޮތުން ކޮމިޝަނުގެ އިންޒާރެއް!

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް