Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ޒުވާނުންނަށް ދެވަނަ ފުރުސަތެއް ދޭންޖެހޭ: ނަޝީދު

14 ޖެނުއަރީ 2019 | ހޯމަ 19:08

ބޯހިޔާވަހިކަން ހޯދުމަށް ކުރާ މަސައްކަތައް ހައްލެއް ގެނެސްދޭނަން

އަލީ ސަމާޚް
އަލީ ސަމާޚް | 14 ޖެނުއަރީ 2019 | ހޯމަ 19:08
ރައީސް ނަޝީދު

ރައީސް ނަޝީދު

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިތިބި ޒުވާނުންނަށް ދެވަނަ ފުރުސަތެއް ދޭންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މައްޗަންގޮޅީ ދެކުނު ދާއިރާއަށް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ އަހްމަދު ހައިތަމްގެ ކެމްޕޭނު ލޯންޗު ކުރުމުގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ، މަސްތުވާތަކެތީ ބޭނުންކުރާ މީހުންނަށް ދެމުން ދިޔަ ފަރުވާ ޕްރޮގްރާމް ''މެތަޑޯން'' ހުއްޓާލަން ޖެހުނީކޮން ސަބަބަކާއި ހުރެގެންތޯ އެގިވަޑައިގެންފައި ނުވާކަމަށެވެ. މަސްތުވާތަކެތީގެ ވަބާގައި ގިނަ ޒުވާނުން ޖެހި ރަނގަޅު މަގުން ކައްސާލައިގެން ދަނީ އާއިލާގެ އިތުރުން ސަރުކާރުންވެސް އެމީހުންނަށް އެހީތެރިކަން ފޯރުކޮށް ނުދެވޭތިކަމަށް، ކަންބޮޑުވުމާއެކު ނަޝީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެހެންކަމުން އެ ވަބާގައި ޖެހިފައި ތިބި މީހުންނަށް ދެވަނަ ފުރުސަތެއް ދޭންޖެހޭކަމަށް ނަޝީދު ވިދާޅުވިއެވެ. އަލަށް އިންތިހާބުވާ 19 މަޖިލީސްވެގެން ދާނީ މަސްތުވާތަކެއްޗަށް ދެވިހިފާފައި ތިބި ފަރާތްތަކަށް ދެވަނަ ފުރުސަތެއް ދީ އެމީހުންނަކީ ވެސް މުޖުތަމައުގައި މުހިއްމު ބަޔަކަށް ހަދަން މަސައްކަތް ކުރާ މަޖިލީހެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

''މާލޭގައި އަދިވެސް ވަރަށް ގިނަ ޒުވާނުންނަކީ ބާރުގަދަ ޑްރަގްގެ ޝިކާރައަކަށްވެ ގޮސްފައިވާ ޒުވާނުން. އެ ޒުވާނުންނަށް އަލުން އަނބުރާ ދެވަނަ ފުރުސަތެއް ހޯދައިދިނުމަކީ އަޅުގަނޑުމުންގެ ވާޖިބެއް. އަޅުގަނޑުމެން ކޮށްދޭންޖެހޭ މަސައްކަތެއް'' ނަޝީދު ވިދާޅުވިއެވެ.

މާލެގައި ފެންބޮޑުވާ މައްސަލައަށް އަލިއަޅުވާލަމުން ނަޝީދު ވިދާޅުވި، އެކަމަށް ދާއިމީ ހައްލެއް ލިބެންޖެހޭ ކަމަށެވެ. ވެހޭ ފެން އުކާލުމުގެ ބަދަލުގައި ފެން ރައްކާތެރި ކުރެވޭ ނިޒާމެއް ހަމަޖެހިގެން ދިއުމަކީ އެމްޑީޕީގެ ވައުދެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

''މާލޭގައި ފެންބޮޑު މި ވަނީ އެ ފެން ހިންދޭނެ ތަންތަން މާލެގައި މިހާރު ނެތުމުން މާލެއަށް ވެހޭ ފެން ރައްކާކުރެވޭނެ ގޮތްތަކެއް މާލޭގައި އުފެއްދުމަކީ އެމްޑިޕީގެ މަސައްކަތެއް މި ޕާޓިީގެ އަމާޒެއް.'' ނަޝީދު ވިދާޅުވިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލައްވާފައިވާ ނަޝީދު ވިދާޅުވީ، 19 މަޖިލީހުގައި ބޯހިޔާވަހިކަން ހޯދުމަށް ދިވެހިން ތަހައްމަލު ކުރަމުންދާ އުދަގޫތަކަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެވާހަކަ އަށް އިތުރަށް ބާރުދެއްވަމުން ނަޝީދު ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ކޮންމެ ރައްޔިތަކަށް ވެސް ގޯއްޗެއް ނުވަތަ ފްލެޓެއް ހޯދައިދޭނެ އެމަނިކުފާނު މަސައްކަތްކުރައްވާނެ ކަމަށެވެ.

ކުރިޔަށް އޮށް 19 މަޖިލީސް ވެގެންދާނީ އެމްޑީޕީގެ މަޖިލީހަކަށް ކަމަށާއި، އެ މަޖިލީހުގެ މެމްބަރުންނަށް ރައްޔިތުންނަށް ހިޔާނަތްތެރިވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ މަޖިލީހުގައި އެމަނިކުފާނުވެސް ހުންނަވާނެ ކަމުގެ ޔަގީންކަން ނަޝީދު ވަނީ ރައްޔިތުންނަށް ދީފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

06 ފެބުރުއަރީ 2017
ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް