Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުހީ

ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގާނޫނު އޮވެ، ގާނޫނާ އެއްގޮތަށް ފިޔަވަޅު ނޭޅުން: އިބްރާ

14 ޖެނުއަރީ 2019 | ހޯމަ 04:42

ރައްޔިތުން އެދެނީ ގާނޫނާއި ގަވާއިދު އެންމެންގެ މައްޗަށް އެއްވަރަށް ތަންފީޒު ކުރެވި އުސޫލެއްގެ ތެރެއިން އުޅެވޭނެ ގޮތެއް ހޯދުން

| 14 ޖެނުއަރީ 2019 | ހޯމަ 04:42
އިބްރާހިމް އިސްމާއީލް

އިބްރާހިމް އިސްމާއީލް

ރާއްޖެއަށް ދިމާވެފައިވާ ހުރިހާ ކަމެއްގެ މުގުލުގައި އޮތީ ގާނޫނާއި ގަވާއިދު އޮވެ، އެއާ ޚިލާފުވާ މީހުންނާ ދޭތެރޭގައި ފިޔަވަޅު ނޭޅުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ގާނޫނު އަސާސީ އެކުލަވާލި ކޮމިޓީގެ މުގައްރިރު އިބްރާހިމް އިސްމާއީލް (އިބުރާ) ވިދާޅުވެއްޖެ އެވެ.

އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި އިބްރާހިމް އިސްމާއީލް ވިދާޅުވީ އަމަލު ނުކުރެވޭ ނަމަ ގާނޫނާއި ގަވާއިދު އޮތުމުގެ ބޭނުމެއް ނެތް ކަމަށެވެ.

Advertisement - newsAdvertisement

"މިއީ ދެން ކީއްކުރަން ލިޔާ ގާނޫނެއް ގަވާއިދެއްތޯއޭ ތަންފީޒު ނުކުރާކަމަށް ވަންޏާ،" އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާފައިވާ އިބްރާހިމް އިސްމާއީލް ވިދާޅުވި އެވެ.

މިފަދަ ބައެއް މިސާލުތައް ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ ފަހަކަށް އައިސް، އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަ ދައްކާ މައްސަލަތަކާއި ދީނީ ހައްދު ފަހަނައެޅުމުގެ މައްސަލަތައް ބޮޑުވަމުންދާއިރު، އެކަންކަމަށް އެކަށީގެންވާ ފިޔަވަޅު އަޅާފައި ނެތް ކަމަށެވެ. އެ ފަދަ އަމަލުތައް ކުރާ މީހުންނަށް ހަދަންވީ ގޮތް ވެސް ގާނޫނާއި ގަވާއިދުގައި ވަރަށް ސާފު ކަމަށް އޭނާ ވިދާޅުވި އެވެ.

"ނަމަވެސް އަޅުގަނޑުމެން އަޑެއް ނާހަން މިއިން ކަމަކާ ގުޅޭ ގޮތުން މީހަކަށް ދައުވާއެއް ކުރި ވާހަކައެއް. ދީނަށް ފުރައްސާރަކޮށްގެން މީހަކަށް އަދަބެއް ދިން ވާހަކައެއް އަދި، ދީނުގެ ނަމުގައި ބޮޑެތި ޖަރީމާތައް ހިންގާ މީހުންނަށް އަދަބެއް ދިން ވާހަކަ އަޑެއް ނީވޭ،" މި ދެ މައްސަލައިގައި ގާނޫނާ އެއްގޮތަށް އަމަލު ނުކުރާކަން ފާހަގަ ކުރުމުގެ ގޮތުން އޭނާ ވިދާޅުވި އެވެ.

ތައުލީމީ ދާއިރާގެ ހާލަތު ވެސް އޮތީ މިފަދަ ގޮތަކަށް ކަމަށް، މަންދު ކޮލެޖްގެ ޗެއާމަނަކަށް ހުންނެވި އިބްރާހިމް އިސްމާއީލް ވިދާޅުވި އެވެ.

ތައުލީމީ ދާއިރާ ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް ގާނޫނާއި ގަވާއިދާއި އުސޫލްތައް ކަނޑައެޅިފައި އެބަހުރި ކަމަށާއި ނަމަވެސް އެކަންކަން ފުރިހަމައަށް ތަންފީޒު ނުކުރެވޭ ކަމަށް އޭނާ ފާހަގަކުރެއްވެވި އެވެ. ގަވާއިދާ ހިލާފަށް އަމަލުކުރާ މަރުކަޒުތަކާ ދޭތެރޭގައި އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކޮށްފައިވާ ކަމަށާއި ގަވާއިދާ ހިލާފުވާ މަރުކަޒުތަކާމެދުގައި ފިޔަވަޅު ނާޅައި ރަނގަޅުވާނެ ގޮތެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮންމެ މީހަކު ބޭނުންވެގެން މި އުޅެނީ ފްލެޓެއް ނޫން ކަމަށާއި، ރައްޔިތުން ބޭނުންވަނީ މި ރާއްޖެ ހެޔޮ މަގަށް ހިންގަން ކަމަށް އިބްރާހިމް އިސްމާއީލް ވިދާޅުވި އެވެ. ރައްޔިތުން އެދެނީ ގާނޫނާއި ގަވާއިދު އެންމެންގެ މައްޗަށް އެއްވަރަށް ތަންފީޒު ކުރެވި އުސޫލެއްގެ ތެރެއިން އުޅެވޭނެ ގޮތެއް ހޯދުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަން ކުރުމަށް ހުރަސް އެޅޭހާ ހިނދަކު އެއީ ކަންބޮޑުވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިިޚާބުގެ ވޯޓް ލުމާ ހަމައަށް އެންމެން ކިޔަމުން ދިޔައީ އަދުލް އިންސާފުގެ ކަންތައްތައް ގޯސް ވާހަކަ އާއި ސަރުކާރުގައި ކޮރަޕްޝަން ހުރި ވާހަކަ އާއި ބޮޑެތި ވައްކަމާއި ޖަރީމާ ހިންގާ ވާހަކަ އާއި ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަންތައް ނުހިނގާ ވާހަކަ އާއި މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލި ވަކި ފަރާތަކަށް ބުރަވެ، ތައައްސުބުތައް ވަދެފައި ހުރި ވާހަކަކަން އިބްރާހިމް އިސްމާއީލް ފާހަގަ ކުރެއްވެވި އެވެ.

"ވޯޓު ފޮއްޓަށް ވޯޓްލީމާ އެކަންކަން ނިމުނީތޯ، އެވަރަކުން އަދި ނުނިމޭނޫންތޯ؟" ކަންކަން ރައްޔިތުން އެދޭ ބާރު މިނުގައި ނުދާކަން ފާހަގަ ކުރެއްވުމުގެ ގޮތުން އިބްރާހިމް އިސްމާއީލް ވިދާޅުވި އެވެ.

ވޯޓް ފޮއްޓަށް ރައްޔިތުން ވޯޓްލައި ސަރުކާރު ބަދަލުކުރީ މި ފާހަގަކުރި ކަންކަން ރަނގަޅުކޮށް އެހެން ގޮތަކަށް ކަން ކުރަން ބޭނުންވާތީ ކަމަށާއި ނަމަވެސް، އެއްވެސް މިނިވަން މުއައްސަސާއެއް ބަދަލުވި ތަން، އަދި އެ މުއައްސަސާއިން ކަންކުރަމުންދާ ގޮތް ވެސް ބަދަލުވި ތަން ފެނިގެން ގޮސްފައިވާ ނުވާ ކަމަށް އިބްރާހިމް އިސްމާއީލް ވިދާޅުވި އެވެ. އާ ސަރުކާރާއެކު މަގާމުތަކަށް އައްޔަން ކުރެއްވި ބައެއް ބޭފުޅުން ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރައްވައި އިބްރާ ވިދާޅުވީ ވަކި ވަކި ފަރުދުންގެ ގޮތުގައި ކަންކަން އިސްލާހުކުރަން ބޭނުންވިޔަސް އިސްލާހު ނުވާނެ ކަމަށެވެ. ބަދަލު ފެންނާނީ މުޅި ނިޒާމު އިސްލާހުވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތް ހަރާބުވެގެން ގޮސްފައިވަނީ މަޖިލިސް ފެއިލްވެފައި އޮތުމުން ކަމަށް ވެސް އިބްރާހިމް އިސްމާއީލް ވިދާޅުވި އެވެ. އެގޮތުން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ އާ ގާނޫނު އަސާސީގެ ދަށުން ހަދަންޖެހޭ ގާނޫނުތައް ނުހަދައި އޮތުމެވެ. އަދި ރާއްޖޭގައި ބޮޑެތި މައްސަލަތައް ފެންމަތިވެ، ހިންގަމުން ދިޔަ ރަޖީމާތައް އެންމެންގެ ލޯކުރިމަތިން ފެންނަމުން ދިޔައިރު ވެސް މަޖިލިސް އޮތީ ނުކުޅެދިފައި ކަމަށާއި މަޖިލީހުގެ ތެރެއިން ނިޒާމު ހަލާކުކޮށްލި މެމްބަރުން އަލުން މަޖިލީހަށް އިންތިޚާބުކޮށްގެން، ނަޒާހަތްތެރި މަޖިލީހެއް ވެސް، ރައްޔިތުން އެދޭފަދަ ބަދަލެއް ވެސް ނުގެނެވޭނެ ކަމަށް އިބްރާހިމް އިސްމާއީލް ވިދާޅުވި އެވެ.

"ހަމަ އެއްބައެއް ކުރަން ތިބީ. އެހެންވެ އަޅުގަނޑަކަށް ނުފެނޭ މިއަކަށް އަންނާނެ މާބޮޑު ބަދަލެއް. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަންކަން ރަނގަޅުވިއްޔާ ނޫނީޔަކާ ރަނގަޅެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

ޖުޑިޝަރީއެއް އިސްލާހުކުރަން ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވިޔަސް، އަދި މިނިވަން މުއައްސަސާތައް އިސްލާހުކުރަން ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅު ފިޔަސް، އެކަންކަން އިސްލާހު ކުރެވޭނީ މަޖިލީހަށް ކަމަށާއި އެހެންވެ، ހަރުދަނާ މަޖިލީހެއް އޮންނަން ޖެހޭ ކަމަށް އިބްރާހިމް އިސްމާއީލް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް