Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައިޖީއެމްއެޗް

ނޭވާލާ ނިޒާމުގެ ބަލިތަކަށް ޚާއްސަ މަރުކަޒެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ހުރިހާ ޚިދުމަތަކަށް އާސަންދަ ލިބޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 ޖެނުއަރީ 2019 | އާދީއްތަ 07:43
ރެސްޕިރޭޓަރީ މެޑިސިން ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރެސްޕިރޭޓަރީ މެޑިސިން ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ނޭވާލާ ނިޒާމުގެ ބަލިތަކަށް ޚާއްސަ މަރުކަޒެއް އައިޖީއެމްއެޗްގައި ހުޅުވައިފިއެވެ.

އާދިއްތަ ދުވަހު އައިޖީއެމްއެޗުގައި ބޭއްވި ރަސްމިއްޔާތުގައި އެ ސެންޓަރު ހުޅުވައިދެއްވީ އައިޖީއެމްއެޗް ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިންގ ބޯޑުގެ ޗެއާމަން ޑރ.އަބްދުލް އަޒީޒް ޔޫސުފެވެ.

ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ޑރ.އަޒީޒް ވިދާޅުވީ އެފަދަ ސެންޓަރެއް ހުޅުވި ނަމަވެސް ނޭވާލާ ނިޒާމުގެ ބަލިތައް ކޮންޓްރޯލްކޮށް މަދުކުރެވޭނެ ނިޒާމެއް ޤާއިމުވެފައި އޮންނަން ޖެހޭނެ ކަމަށެވެ.

ތަފާތު ޔުނިޓްތަކަކަށް ބަހާލައިގެން ރެސްޕިރޭޓަރީ މެޑިސިން ސެންޓަރުން ނޭވާލާ ނިޒާމުގެ ބަލިތަކަށް ޑޮކްޓަރަށް ދެއްކުމާއި ރިހެބިލިޓޭޝަން ދިނުމާއި ޓެސްޓްތައް ކުރެވޭނެ އެވެ. އަދި ނޭވާލާ ނިޒާމުގެ ބަލިތަކުގެ އޮޕަރޭޝަންތައް ވެސް މި ސެންޓަރުން ކުރެވޭނެ އެވެ. ނޭވާލާ ނިޒާމު ފެއިލް ވުމުން ފަރުވާ ދޭނެ ޚާއްސަ ޔުނިޓަކާއި ނިދުމުގެ ތެރޭގައި ނޭވާލާ ނިޒާމަަށް ދިމާވާ ބަލިތަކަށް ޚާއްސަ ސްލީޕް ލެބެއްވެސް ހުރެ އެވެ.

" މިކޮޅުގަ ދެވޭ ހުރިހާ ސާރވިސްއަކީ ހަމަ ފުލް އާސަންދައިގެ ދަށުން. ބަލި މީހާގެ އަތުން އެއްވެސް އެއްޗެއް ދޭކަށް ނުޖެހޭނެ. ހުރިހާ ކަމަކީވެސް ހަމަ އާސަންދަ ކަވަރ ކޮށް އާސަންދައަށް ހެދޭނެ އެއްޗެއް" އެ ސެންޓަރު ހިންގެވުމާ ހަވާލުވެ ހުންނެވި މޫސާ ހުސައިން ވިދާޅުވިއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމަށް ދެވިހިފައިވާ ފަރާތްތަކަށް ވެސް މި ސެންޓަރުން ފަރުވާ ދެއެވެ.

"ނޭވާލާ ނިޒާމު ގިިނަ ބައްޔަކީ ދުންފަތުގެ ސަބަބުން ޖެހޭ ބައްޔަކަށް ވާތީ، އަޅުގަނޑުމެން ވަރަށް ބޮޑަަށް މީގަ ޕްރިވެންޝަނަށް ދާން ބޭނުން. އެއީ ވާ ގޮތަކީ މިސާލަކަށް މީހަކަށް ދުންފަތާ ދުރުވުމަށް އެހީތެރިވެދެވިއްޖެ ނަމަ މީގެ ބަލިތައް ޖެހޭލެއް މަދުވެގެންދާނެ. އެހެން ވީމަ، ފުދޭ ވަރަކަށް ތަރުހީބު ލިބިގެން ކުރިއަށްދާ ކަމެއް އެއީ،" މޫސާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

15 އޯގަސްޓު 2017

"ރިޝްވަތު" ގެ ނަމުގައި ޚާއްސަ ދަރުހެއް

15 އޯގަސްޓު 2017
"ރިޝްވަތު" ގެ ނަމުގައި ޚާއްސަ ދަރުހެއް
19 މެއި 2017

ތިރިވަނަންތަޕޫރަމްއަށް ދިވެހިން ގޮސް އުޅޭ ތަންތަން ފާސް ކުރުމުގެ ޚާއްސަ އޮފަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށައިފި

19 މެއި 2017
ތިރިވަނަންތަޕޫރަމްއަށް ދިވެހިން ގޮސް އުޅޭ ތަންތަން ފާސް ކުރުމުގެ ޚާއްސަ އޮފަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށައިފި
06 މެއި 2017

މުސާރަ ބޮޑުނުކޮށް، އިންތިޚާބާ ދިމާކޮށް ފުލުހުންނަށް ޚާއްސަ އިނާޔަތެއް!

06 މެއި 2017
މުސާރަ ބޮޑުނުކޮށް، އިންތިޚާބާ ދިމާކޮށް ފުލުހުންނަށް ޚާއްސަ އިނާޔަތެއް!
24 އެޕްރީލު 2017

މއ. ކިނާރާ ހައުސް ބަލާ ފާސްކުރަނީ ޚާއްސަ އޮޕަރޭޝަންއެއްގެ ދަށުން: ފުލުހުން

24 އެޕްރީލު 2017
މއ. ކިނާރާ ހައުސް ބަލާ ފާސްކުރަނީ ޚާއްސަ އޮޕަރޭޝަންއެއްގެ ދަށުން: ފުލުހުން
06 މާރިޗު 2017

ސައުދީން ބޭނުންވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރަން: ރައީސް ނަޝީދު

06 މާރިޗު 2017
ސައުދީން ބޭނުންވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރަން: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު