Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު

ތަރައްގީއަށް ޖުޑިޝަރީ އިސްލާހުވެފައި އޮތުން މުހިއްމު: ނަޝީދު

9 ޖެނުއަރީ 2019 | ބުދަ 21:02

އިންސާފު ގާއިމު ކުރުމަށް ޝަރިއަތުގެ ނިޒާމް އިސްލާހު ވާން ޖެހޭ

އަލީ ސަމާޚް
އަލީ ސަމާޚް | 9 ޖެނުއަރީ 2019 | ބުދަ 21:02
އިލްޔާސް ލަބީބުގެ ކެމްޕެއިން ލޯންޗު ކުރުމުގެ ހަފްލާގައި ރައީސް ނަޝީދު

އިލްޔާސް ލަބީބުގެ ކެމްޕެއިން ލޯންޗު ކުރުމުގެ ހަފްލާގައި ރައީސް ނަޝީދު

ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެންމެ މުހިއްމު ވަސީލަތަކީ، ޝަރުއީ ނިޒާމު އިސްލާހުވެފައި އޮތުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވީ، އެމްޑީޕީ ޕްރައިމަރީގައި ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވާ ފަތިމަތު އިޝާން އަލީގެ ކެމްޕޭނު ލޯންޗު ކުރުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ނަޝީދު ވިދާޅުވީ، ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނީ ޝަރީއަތުގެ ނިޒާމު އިސްލާހު ވެގެން ކަމަށެވެ.

''ދިވެހިރާއްޖޭގެ ތަރައްގީއަށް މިއަދު ބޭނުންވާ އެންމެ މުހިއްމު އެއް ވަސީލަތަކީ ޝަރީޔަތުގެ ނިޒާމް އިސްލާހުވެފައި އޮތުން. އިންސާފުވެރިކަމައި އެކީގައި ހުކުމްތަށް ފަނޑިއަރު ގެއިން އިއްވަމުން ދާތަން ރާއްޖެ ހުރިހާ ރައްޔިތުންނަށް ވެސް ފެނުން އިވުން. އަދި ޝަރިއަތުގެ ދެފަރާތަށް ވެސް އެ އިންސާފު ގަބޫލު ކުރެވޭނެ ގޮތުގައި ރައްދުވުން.'' ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އިންސާފު ހޯދުމަށް ވެސް އެންމެ ބޮޑު ދައުރެއް އަދާކުރާނެ ތަނަކީ މަޖިލިސް ކަމަށެވެ. އެގޮތުން މަޖިލީހަށް ކެނޑިޑޭޓުން އިންތިހާބު ކުރާއިރު ރައްޔިތުން ވިސްނަން ޖެހޭ ކަމަށެވެ.

ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރެވޭނީ ގާނޫނީ ބާރު ލިބިގެން ކަމަށާއި، ސަރުކާރު ހިންގާ ޕާޓީއަށް މަޖިލީހުގެ ސާފު ޢަޢުލަބިއްޔަތު ލިބެން ޖެހެނޭ ކަމަށް ހުރިހާ ރައްޔިތުން ވެސް ގަބޫލު ކުރާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

''އެމްޑީޕީ އަށް މަޖިލީހުގެ އައުލަބީއްޔަތެއް ދިނުމަށް ވިސްނަމުން އަޑު އުފުލަމުން އަންނަތަން މުޅި ރާއްޖޭގެ އެކި އެކި ކަންކޮޅު ތަކުން އެބަފެނޭ. އެއްޕާޓީ އަކަށް. ސަރުކާރު ހިންގާ ޕާޓީއަށް ޢަޢުލަބިއްޔަތެއް މަސައްކަތް ކުރުމުގެ ޖާގަ ދިނުން. އެ މަސައްކަތް ކުރެވޭނެ މަގުތަށް ފަހި ކޮށްދިނުން.'' ނަޝީދު ވިދާޅުވިއެވެ.

ނިމިގެން ދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހަށް އިޝާރާތް ކުރައްވަ ނަޝީދު ވިދާޅުވީ، އެ މަޖިލީހުގައި އެމްޑީޕީއަށް ޢަޢުލަބިއްޔަތު ނުލިބުމުން ވައުދުތައް ފުއްދުމަށާއި އޭރުގެ ސަރުކާރު ދެމެހެއްޓުމަށް އޮތީ ވަރަށް ގިނަ ހުރަސްތަކަކާ ކުރިމަތިވެފައި ކަމަށެވެ.

މިއަހަރު މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް ތާއިދު ހޯއްދެވުމަށް ރައީސް ނަޝީދުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް އަންނަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.

ރައީސް ނަޝީދު ގެންދަވަނީ މަޖިލީހަށް ކުރިމަތިލައްވާފައިވާ ބައެއް ކެންޑިޑޭޓުންނަށް ތައުރީފު ކުރައްވަމުންނެވެ.

އެމްޑީޕީ ޕްރައިމަރީގައި ގަލޮޅު ދެކުނު ދާއިރާއަށް ފަސް ބޭފުޅަކު ވާދަ ކުރައްވައެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޔޫތު ވިންގުގެ ރައީސް މީކާއިލް އަހްމަދު ނަސީމް ވެސް ހިމެނެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

05 މެއި 2017

ރައްޔިތުން އުފުލަމުންދާ ދުއްތުރާތަކަށް ނިމުމެއް ގެނައުމަށް ކައުންސިލް އިންތިހާބުގެ ނަތީޖާ މުހިއްމު: މުސްތަފާ

05 މެއި 2017
ރައްޔިތުން އުފުލަމުންދާ ދުއްތުރާތަކަށް ނިމުމެއް ގެނައުމަށް ކައުންސިލް އިންތިހާބުގެ ނަތީޖާ މުހިއްމު: މުސްތަފާ
03 މެއި 2017

ޔާމީނުގެ މަރަށް އިންސާފު ހޯދާދިނުމަކީ މުޅި ގައުމަށް މުހިއްމު ކަމެއް!

03 މެއި 2017
ޔާމީނުގެ މަރަށް އިންސާފު ހޯދާދިނުމަކީ މުޅި ގައުމަށް މުހިއްމު ކަމެއް!
29 އެޕްރީލު 2017

ޔާމީންގެ މަރުގެ މައްސަލައަށް ސަރުކާރަށް މުހިއްމު ކަމެއް ދޭކަމާމެދު ތޮލާލް ސުވާލު އުފައްދަވައިފި

29 އެޕްރީލު 2017
ޔާމީންގެ މަރުގެ މައްސަލައަށް ސަރުކާރަށް މުހިއްމު ކަމެއް ދޭކަމާމެދު ތޮލާލް ސުވާލު އުފައްދަވައިފި
11 އެޕްރީލު 2017

ޖުޑިޝަރީއިން ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުމުގެ ފުރުސަތު ހުޅުވާލައިފި

11 އެޕްރީލު 2017
ޖުޑިޝަރީއިން ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުމުގެ ފުރުސަތު ހުޅުވާލައިފި
31 މާރިޗު 2017

ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަށް ޖުޑިޝަރީގެ ބޭނުން ކުރުން ވަގުތުން ހުއްޓާލަން ޖެހޭ: ރައީސް މައުމޫން

31 މާރިޗު 2017
ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަށް ޖުޑިޝަރީގެ ބޭނުން ކުރުން ވަގުތުން ހުއްޓާލަން ޖެހޭ: ރައީސް މައުމޫން
28 މާރިޗު 2017

ޑިމޮކްރަސީއަށްޓަކައި ބަރުލަމާނީ އުސޫލުތަކަށް އިޚުތިރާމްކުރުން މުހިއްމު: އިނގެރޭސިވިލާތް

28 މާރިޗު 2017
ޑިމޮކްރަސީއަށްޓަކައި ބަރުލަމާނީ އުސޫލުތަކަށް އިޚުތިރާމްކުރުން މުހިއްމު: އިނގެރޭސިވިލާތް
28 މާރިޗު 2017

ރާއްޖެ ހަމަމަގަށް އެޅުވުމަށް ގުޅިފައިވާ ކޯލިޝަނެއް މުހިއްމު: ޗަންދްރިކާ

28 މާރިޗު 2017
ރާއްޖެ ހަމަމަގަށް އެޅުވުމަށް ގުޅިފައިވާ ކޯލިޝަނެއް މުހިއްމު: ޗަންދްރިކާ
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް