Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދީބު ޖަލަށް ބަދަލުކުރުން

ހޯމް މިނިސްޓަރު އިމްރާންއަށާއި އަދާލަތު ޕާޓީއަށް އެމްޓީޑީގެ ހޫނު ބަހުގެ ހަމަލާތަކެއް

9 ޖެނުއަރީ 2019 | ބުދަ 18:39

މިއީ އަދީބަށް އޮތް ތާއީދު ބޮޑުކަމުން އެ ޕާޓީއަށް މެމްބަރުން އިތުރު ވާތީ، އަދީބުގެ ސިޔާސީ ހައިބަތު ފެނި އެކަމާއި ބިރު ގަންނަ ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް ވެސް އެމްޓީޑީގެ ޔާމިން ތުހުމަތު ކުރެއްވި

އަމަން ހަލީމް
އަމަން ހަލީމް | 9 ޖެނުއަރީ 2019 | ބުދަ 18:39
އެމްޓީޑީއިން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން

އެމްޓީޑީއިން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަނބުރާ ޖަލަށް ގެންދަން ނިންމި ނިންމުމާ ގުޅިގެން ހޯމް މިނިސްޓަރު ޝޭޙް އިމްރާނަށާއި އަދާލަތު ޕާޓީއަށް އެމްޓީޑީގެ ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކޮށްފިއެވެ.

އެމްޓީޑީގެ އޮފީހުގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ކައުންސިލް މެމްބަރު ޔާމިން ރަޝީދު ވިދާޅުވީ އަދީބު ޖަލަށް ގެންދިޔައީ ގަވައިދުތަކާ ޙިލާފަށް ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. މިއީ އަދީބަށް އޮތް ތާއީދު ބޮޑު ކަމުން އެ ޕާޓީއަށް މެމްބަރުން އިތުރު ވާތީ، އަދީބުގެ ސިޔާސީ ހައިބަތު ފެނި އެކަމާ ބިރު ގަންނަ ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް ވެސް ޔާމިން ތުހުމަތު ކުރެއްވިއެވެ.

Advertisement - newsAdvertisement

ފެބްރުއަރީ އެކެއްގެ އަމުރާ ގުޅިގެން މިހާރު މިނިވަން ކަމެއް ނެތި ބަންދުގައި ހުރީ އަދީބު އެކަނި ކަމަށާއި، މިކަމުގައި ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ. އެކަމާ ގުޅިގެން އެޗްއާރްސީއެމުން ނެރުނު ބަޔާނުން ވެސް މިކަންތައް އިތުރަށް ކަށަވަރުވެގެން ގޮސްފައިވާ ކަމަށް ވެސް ޔާމިން ވިދާޅުވިއެވެ.

އެމްޓީޑީން މަޖިލިސް ހުޅުވުމުން މަޖިލީހުގެ ތެރެއިން ވެސް އަދީބު މިނިވަން ކުރުމުގެ މަސައްކަތް ފަށާނެ ކަމަށާއި އެ ޕާޓީ އާއި ގުޅިގެން މަސައްކަތް ކުރަން ތިބި މަޖިލިސް މެމްބަރުން ވެސް ތިއްބެވި ކަމަށް ޔާމީން ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ވަރަށް ކޯފާ އިސްކުރައްވާ ވާހަކަދައްކަވަމުން އެމްޓީޑީގެ ނައިބު ރައީސް އިސްމާއިލް ނިޒާމް ވިދާޅުވީ ޝޭހް އިމްރާން އާއި ރައީސް ޔާމިންގެ އަނިޔާވެރިކަމުގައި ތަފާތެއް ނެތް ކަމަށެވެ. އަދި އެމްޓީޑީގައި ހިތްވަރު އެބަހުރި ކަމަށާއި އަދީބު މިހާރު ހުރި ހާލާތުން އެހެން ހާލަތަކަށް ބަދަލުކުރެވެން ދެން 24 ގަޑި އިރު ހުއްޓާ ނުލާ މަސައްކަތް ކުރާނެކަމަށެވެ.

"ގޮނޑިން ތެދުވަން" މަޖުބޫރު ނުކުރެއްވުމަށް ސަރުކާރަށް އިންޒާރު ދެއްވަމުން ނިޒާމް ވިދާޅުވީ އެމްޓީޑީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި ދެން ހިޔާރު ކުރާ މަގު "އެހެން މީހުންނަށް މާ ކަމުދާ" މަގަކަށް ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މި ޕްރެސް ކޮންފަރެންސްގެ ގޮނޑިން ތެދުވަން ޖެހިއްޖެއްޔާމުން މާ ރަނގަޅެއް ނުވާނެ. އަޅުގަނޑުމެންނަށް މި ޕްރެސް ކޮންފަރެންސް ބާއްވައިގެން މިކަންތައްތައް ހައްލު ކުރުމުގެ މަގެއް އަޅުގަނޑުމެންނަށް ފެންނަން އެބަ ޖެހޭ. އެހެންނޫން ވެއްޖިއްޔާމުން ދެން އަޅުގަނޑުމެން ހިޔާރު ކުރާ މަގަކީ އެހެން މީހުންނަށް މާ ކަމުދާ މަގަކަށް ނުވާނެ" ނިޒާމް ވިދާޅުވިއެވެ.

ނިޒާމް ވަނީ ތަފާތު އެކި ފަހަރު މަތިން ޝޭޙް އިމްރާނަށާއި އަދާލަތު ޕާޓީއަށް ގޮންޖައްސަވާފައެވެ. އަދި މިކަމުގައި އިހުމާލުވީ ފަރާތްތަކުން މައާފަށް އެދެން ޖެހޭނެ ކަމަށް ވެސް ނިޒާމް ވިދާޅުވިއެވެ.

އަދީބު ޖަލަށް ބަދަލުކޮށްފައި ވަނީ ފަރުވާއަށް 36 ދުވަސް ވަންދެން ގޭ ބަންދުގައި ބެހެއްޓުމަށްފަހުގައެވެ. އަދި ގެއަށް ބަދަލު ކުރިތާ 30 ވަނައަށް ވީ ދުވަހު އޭނާ އިސްވެ ހުންނަވައިގެން، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ނަމުގައި އުފެއްދި ސިޔާސީ ޕާޓީ އިލެކްޝަންސް ކޮމިޝަން (އީސީ)ގައި ވަނީ ރަޖިސްޓްރީ ކުރުމަށް ފަހު އެ ޕާޓީގެ ކައުންސިލުން ވަނީ އަދީބުއަކީ އެ ޕާޓީގެ ރައީސް ކަމަށް ނިންމަވާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ނާޒިމް ދޫކޮށްލަން އަދާލަތުންވެސް ގޮވާލައިފި

28 ޖެނުއަރީ 2017
ނާޒިމް ދޫކޮށްލަން އަދާލަތުންވެސް ގޮވާލައިފި
28 ޖެނުއަރީ 2017

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

28 ޖެނުއަރީ 2017
ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު
27 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

27 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް