Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުވިޔަފާރި

މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމަށް ހާއްސަކޮށްގެން އޮސްޓްރާވާ ފިހާރަ ހުޅުވައިފި

މި ފިހާރައިން އެކި ދާއިތާރަކަށް ހާއްސަކޮށްގެން ހަދާފައިވާ އަންނައުނާއި ބޫޓު، އައިނު، ތޮފި އަދި ހެލްމެޓް ފަދަ ސާމާނު ލިބޭނެ

އަމަން ހަލީމް
އަމަން ހަލީމް | 8 ޖެނުއަރީ 2019 | އަންގާރަ 19:38
އޮސްޓްރާވާ ފިހާރަ

އޮސްޓްރާވާ ފިހާރަ

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސާމާނު ލިބޭ، "އޮސްޓްރާވާ" ފިހާރަ ހުޅުވައިފިއެވެ.

ފިހާރަ ހުޅުވުމުގެ ގޮތުން އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ކުންފުނީގެ އެމް.ޑީ މުހައްމަދު ރިފާއު ވިދާޅުވީ، މަސައްކަތުގެ ދާއިރާގައި އުޅޭ މުޒައްޒިފުންނަކީ އެ ދާއިރާތައް ނަގަހައްޓާ މައި ތަނބުތައް ކަމަށާއި، މަސައްކަތުގެ މާހައުލުގައި މުވައްޒިފުންގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަކީ މަސައްކަތް ކުރުވާ ފަރާތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ގިނަ އޮކިއުޕޭޝަންތަކެއްގައި ރެއާއި ދުވާލު މަސައްކަތް ކުރާ މުހިންމު ކޮންމެ ފަރުދަކީ މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަން ލިބެންޖެހޭ މީހެއް" ރިފާއު ވިދާޅުވިއެވެ.

ފިހާރަ ހުޅުވުމުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި މިކަން ކުރުމަށް މަގުފަހި ކޮށްދިނުން ހިމެނޭ ކަމަށް ވެސް ރިފާއު ވިދާޅުވިއެވެ.

މި ހަފުލާ ޝަރަފްވެރިކޮށް ދިނުމަށް ވަޑައިގެންނެވި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ވިދާޅުވީ މާލެ ސިޓީގައި ވޭތުވެ ދިޔަ މަހެއްހާ ތެރޭގައި ވެދިޔަ ކަންތަކަށް ފަހު (ކޮންސްޓްރަކްޝަން ދާއިރާގައި ހިނގައިދިޔަ ހާދިސާތައް) ފެށިގެން މިދަނީ ވަރަށް މުހިއްމު ކަމެއް ކަމުގައި ކަމަށެވެ.

''އެނގިވަޑައިގަންނަވާނެ ވޭތުވެ ދިޔަ މަދު ދުވަސްކޮޅުގައި، މަހެއްހާ ދުވަސް ތެރޭގައި ގިނަ ހާދިސާތަކެއް ހިނގާ ރައްޔިތުންގެ ސަމާލުކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި މިކަހަލަ ކަމެއް ފެށީގެން އައުމަކީ، މި ކަހަލަ ފިހާރައެއް މިހާ ރީއްޗަށް ތައްޔާރު ކުރެވިގެން، ސޭފްޓީއަށް ވަކިން ހާއްސަކޮށް ބަލައިގެން މިގޮތަށް ހުޅުވިގެން ދިޔުމަކީ ރައްޔިތުންގެ މެދުގައި އަދި އެކިއެކި މަސައްކަތް ކުރާ ފަރާތްތަކުގެ މެފދުގައި އިތުރަށް އެކަމަށް ހޭލުންތެރިކަން ބޮޑޫވެގެން ދާނެ ކަމަށް" ޝަމާއު ވިދާޅުވިއެވެ.

މި ފިހާރައިން އެކި ދާއިތާރަކަށް ހާއްސަކޮށްގެން ހަދާފައިވާ އަންނައުނާއި ބޫޓު، އައިނު، ތޮފި އަދި ހެލްމެޓް ފަދަ ސާމާނު ލިބޭނެއެވެ. މީގެ ތެރޭގައި ބައިނަލްއަގްވާމީ މަރުކާތައް ކަމުގައިވާ ޕޯޓްވެސްޓްއާއި ގިއާސްކޯއާއި އެއާޓޮކްސް އަދި ރާއްޖެއަށް އަލަށް ތައާރަފް ކުރެވޭ ކަރަމް އިންޑަސްޓްރީސްގެ ޕްރޮޑަކްޓްތައް ހިމެނެއެވެ.

ފިހާރަ ހުޅުވުމުގެ އިތުރުން، މި ރަސްމިއްޔާތުގައި އެ ފިހާރާއިން ލިބެން ހުރި ބައެއް ސާމާނުތައް ބޭނުން ކުރާނެ ގޮތުގެ ޑެމޯއެއް ވެސް ވަނީ ދައްކާލާފައެވެ. އެގޮތުން އޮސްޓްރާވާއިން އަލަށް ތައާރަފް ކުރާ މަރުކާއެއް ކަމުގައިވާ ކަރަމް އިންޑަސްޓްރީސްގެ ސޭފްޓީ ހާނެސް ބޭނުންކުރާނެ ގޮތް ވަނީ އެތަނުގައި ތިބި މީހުނަށް ދައްކާލާފައެވެ.

މަސައްކަތުގެ މާހައުލުގައި ބޭނުންކުރެވޭ ސާމާނުތައް ވިއްކާ އޮސްޓްރާވާއަކީ 2011 ވަނަަ އަހަރުން ފެށިގެން ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ އަމިއްލަ ވިޔަފާރިއެކެވެ. މިއީ އޮސްޓްރާވާގެ ދެވަނަ ފިހާރައެވެ.

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2020

ފަތުރުވެރިންނަށް ހާއްސަކޮށްގެން އެއަރޕޯޓުގައި ހެލްޕް ޑެސްކެއް ގާއިމްކޮށްފި

11 ނޮވެމްބަރު 2020
ފަތުރުވެރިންނަށް ހާއްސަކޮށްގެން އެއަރޕޯޓުގައި ހެލްޕް ޑެސްކެއް ގާއިމްކޮށްފި
09 ސެޕްޓެމްބަރު 2019

ނަފްސާނީ ބަލިތަކަށް ހާއްސަކޮށްގެން "ތިބާ ސައިކޮލޮޖީ" ކްލިނިކް ހުޅުވައިފި

09 ސެޕްޓެމްބަރު 2019
ނަފްސާނީ ބަލިތަކަށް ހާއްސަކޮށްގެން "ތިބާ ސައިކޮލޮޖީ" ކްލިނިކް ހުޅުވައިފި
28 އެޕްރީލު 2019

މެޓާބޯގެ އުފެއްދުންތަކަށް ހާއްސަކޮށްގެން އެކްސްޕީރިއެންސް ސެންޓަރެއް ހުޅުވައިފި

28 އެޕްރީލު 2019
މެޓާބޯގެ އުފެއްދުންތަކަށް ހާއްސަކޮށްގެން އެކްސްޕީރިއެންސް ސެންޓަރެއް ހުޅުވައިފި
13 އެޕްރީލު 2019

އެސްޓީއޯ ރަމަޟާން ބާޒާރަށް ހާއްސަކޮށްގެން ރޯޑްޝޯވްއެއް ބާއްވައިފި

13 އެޕްރީލު 2019
އެސްޓީއޯ ރަމަޟާން ބާޒާރަށް ހާއްސަކޮށްގެން ރޯޑްޝޯވްއެއް ބާއްވައިފި
08 ފެބުރުއަރީ 2019

ސޮލެރަލް އިންޝުއަރެންސްގެ ފަރާތުން މަގުމަތީގެ ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުވުމުގެ ހަރަކާތެއް ހިންގައިފި

08 ފެބުރުއަރީ 2019
ސޮލެރަލް އިންޝުއަރެންސްގެ ފަރާތުން މަގުމަތީގެ ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުވުމުގެ ހަރަކާތެއް ހިންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު