Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެލްތް މިނިސްޓްރީ

ގައުމީ އެމްބިއުލާންސް ހިދުމަތް ވަރަށް އަވަހަށް ތައާރަފް ކުރާނަން: މިނިސްޓަރ އަމީން

8 ޖެނުއަރީ 2019 | އަންގާރަ 13:42

ހިދުމަތުގައި އުޅޭ ފަރާތްތަކަށް މަތީ ފެންވަރުގެ ތަމްރީނު ދެވޭނޭ

އަލީ ސަމާޚް
އަލީ ސަމާޚް | 8 ޖެނުއަރީ 2019 | އަންގާރަ 13:42
ހެލްތް މިނިސްޓަރު ޢަބްދުﷲ އަމީން

ހެލްތް މިނިސްޓަރު ޢަބްދުﷲ އަމީން

ގައުމީ އެމްބިއުލާންސްގެ ހިދުމަތް ވަރަށް އަވަހަށް ތައާރަފް ކުރާން ނިންމާފައިވާ ކަމަށް ހެލްތް މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ހެލްތް މިނިސްޓްރީން އިންތިޒާމް ކޮށްގެން ޓެކްސީ ޑްރައިވަރުންނަށް އަމާޒުކޮށް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ފަސްޓް އެއިޑް ޕްރޮގްރާމް އިފްތިތާހުކުރުމަށް އަންގާރަ ދުވަހު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތަކީ ސިއްހީ ހިދުމަށް ތަރައްގީކޮށް އެ ހިދުމަތަށް އިތުރު ބަދަލުތަކެއް ގެނައުން ކަމަށެވެ. އެގޮތުން އެމްބިއުލާންސްގެ ހިދުމަތް އިތުރަށް ތަރައްގީ ކުރުމުގެ ގޮތުން ގައުމީ ސީ އެމްބިއުލާންސް ސާރވީސް ތައާރަފް ކުރަން ހަމަޖެހިފައިވާ ކަމަށް އަމީން ވިދާޅުވި އެވެ. އަދި އެ ހިދުމަތުގައި އުޅޭ ފަރާތްތަކަށް މަތީ ފެންވަރުގެ ތަމްރީނު ދެވޭނޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement
''ހާއްސަކޮށް މާލޭ ސަރަހައްދުގައި ރާއްޖޭގެ އާބާދީ ބޮޑެތި ދިގު މަގުތައް ހުރި ސަރަހައްދުތަކަށްވެސް މިކަމަށް ވަރަށް ބޮޑު އިސްކަމެއް ދޭން ޖެހިފައި ވަނީ. ސަރުކާރުގެ ވިސްނުން މިހާރު މިހިރީ ގައުމީ އެމްބިއުލާންސް ހިދުމަތެއް ތައާރަފްކޮށް، އެ ހިދުމަތުގެ ތެރެއިން ސީ އެމްބިއުލާންސް ހިދުމަށް ފޯރު ކޮށްދިނުމަށް'' އަމީން ވިދާޅުވިއެވެ.

އެ ހިދުމަތުގެ ތެރެއަށް ކަނޑު މަގުން އަދި ވައިގެ މަގުން ދެވޭ ހިދުމަތް އިތުރުވެގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ. ޓެކްސީ ޑްރައިވަރުންނަށް ހާއްސަ ކޮށްގެން ހިންގާ ޕްރޮގްރާމްގެ ސަބަބުން ޓެކްސީ ޑްރައިވަރުންގެ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ޓެކްސީ ޑްރައިވަރުންގެ ފަރާތުން ލިބޭ އެހީތެރިކަމުގެ ސަބަބުން ސިއްހީ ހިދުމަތް ފޯރުކޮށްދޭ ނިޒާމަށް ލުއި ފަސޭހާކަމެއް އަންނާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް އަމީން ވިދާޅުވިއެވެ.

ޓެކްސީ ޑްރައިވަރުންގެ އިތުރުން ފުލުހުންވެސް ބައިވެރިވި މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނު އެކްޓިން ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ) ވިދާޅުވީ، މަގުމަތީގައި ހިނގާ އެކްސިޑެންޓް ތަކުގައި އަނިޔާވާ މީހުނަށް ފަރުވާދޭން ސިއްހީ މަރުކަޒު ނުވަތަ ހޮސްޕިޓަލަށް ގެންދަން ބައެއް ޓެކްސީ ޑްރައިވަރުން ފަސްޖެހޭކަން ފާހަގަ ވެފައިވާ ކަމާށެވެ.

''މަގުމަތީގައި އޮޕަރޭޓް ކުރާ ވެހިކަލްތައް ހާއްސަ ކޮށް ޓެކްސީ އޮޕަރޭޓް ކުރާ ކުރުމުގައި ހާނިކަވާ ފަރާތް ނުވަތަ އަނިޔާ ލިބޭ ފަރާތްތަކަށް ބައެއް ފަހަރު އިހްމާލުވެވިފައި ހުރޭ. ކޮންމެވެސް ސަބަބަކާއި ހުރެ ޓެކްސީ ދުއްވާ ފަރާތުން ނުވަތަ ވެހިކަލް އޮޕަރޭޓް ކުރާ ފަރާތްތަކުން ފަސްޖެހެމުން ދޭ އަނިޔާ ލިބިފައިވާ ފަރާތްތަށް ހޮސްޕިޓަލަށް ގެންދަން'' އެކްޓިން ކޮމިޝަނަރު ވިދާޅުވިއެވެ.

އަންގާރަ ދުވަހު މިފެށި ތަމްރީނު ޕްރޮގްރާމަކީ އެކަމަށްޓަކައި ޓެކްސް ޑްރައިވަރުންނަށް މުހިއްމު ޕްރޮގްރާމެއް ކަމަށް އެނާ ވިދާޅުވިއެވެ. އަދި މި ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރުމާއި އެކު ފުލުހުންނާއި ޓެކްސީ ޑްރައިވަރުން ގުޅިގެން އެމެޖެންސީ ހާލަތްތަކުގައި ދިމާވާ ކަންތައްތަކަށް ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ހަމީދު ވިދާޅުވިއެވެ.

ހަތް ގަޑި އިރަށް ކުރިޔަށް ގެންދާ ޓްރެއިނިން ޕްރޮގްރާމްގައި ފަސްޓް އެއިޑް ޓްރެއިނިންގެ އިތުރުން އެއް ގަޑިއިރު މަގުމަތީގެ ގަވާއިދު ތަކަށް ޓެކްސީ ޑްރައިވަރުން އަހުލުވެރި ކުރުވުންވެސް ހިމެނެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
23 ޖެނުއަރީ 2017

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް