އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ރާއިދު އައްޔަންކޮށްފި
7 ޖެނުއަރީ 2019 | ހޯމަ 08:17އެމްއައިޓީޑީސީއަކީ އިންޓަގްރޭޓެޑް ޓުއަރިޒަމް މަޝްރޫއުތައް ހިންގާ ކުންފުޏެއް


މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވި ރާއިދު
މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.
ހޯމަ ދުވަހު އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ހ. ސްވޯޑް މުހައްމަދު ރާއިދެވެ.
އެމްއައިޓީޑީސީއަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އިންޓަގްރޭޓެޑް ޓުއަރިޒަމް މަޝްރޫއުތައް ހިންގާ ކުރިއެރުވުމަށް އުފެއްދެވި ކުންފުންޏެކެވެ.
ކުންފުނިތަކުގެ ބޯޑަށް ބޭފުޅުން އައްޔަން ކުރައްވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުންނެވެ. ކުންފުނިތަކުގެ ބޯޑަށް އައްޔަން ކުރައްވާނެ ބޭފުޅުންގެ ނަންތައް ބޯޑަށް ފޮނުއްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
މީގެ އިތުރުން، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑުން ވަނީ އާދިއްތަ ދުވަހު ޕީއެސްއެމްގެ ބޯޑަށާއި، ފެނަކަ އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އިތުރުން މޯލްޑިވް ގޭސްގެ ބޯޑަށް ވެސް މެމްބަރުން އައްޔަންކުރައްވައިފައެވެ.







