Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުގޯލްޑަން ގްލޯބްސް 2019

76 ވަނަ ގޯލްޑަން ގްލޯބްސް: 'ބޮހީމިއަން ރެޕްސޮޑީ' އާއި 'ގްރީން ބުކް' އަށް ބޮޑު ކާމިޔާބީއެއް

7 ޖެނުއަރީ 2019 | ހޯމަ 07:37

ފިލްމާއި ޓީވީގެ މަސައްކަތް ފާހަގަކުރުމަށް ބާއްވާ ގޯލްޑަން ގްލޯބްސް މި އަހަރު ހޯސްޓްކޮށްފައިވަނީ 'ބްރޫކްލިން ނައިން-ނައިން'ގެ ތަރި އޭންޑީ ސޭމްބަރގްއާއި 'ގްރޭސް އެނަޓަމީ'ން ފެނުނު ސެންޑްރާ އޯ

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 7 ޖެނުއަރީ 2019 | ހޯމަ 07:37
2019 ވަނަ އަހަރުގެ ގޯލްޑަން ގްލޯބްސް ސްޓޭޖެ

2019 ވަނަ އަހަރުގެ ގޯލްޑަން ގްލޯބްސް ސްޓޭޖެ

76 ވަނަ ގޯލްޑަން ގްލޯބްސްއާއެކު 2019 ވަނަ އަހަރުގެ އެވޯޑް ސީޒަން ހޯމަ ދުވަހު ފެށިއްޖެއެވެ.

ފިލްމާއި ޓީވީގެ މަސައްކަތް ފާހަގަކުރުމަށް ބާއްވާ ގޯލްޑަން ގްލޯބްސް މި އަހަރު ހޯސްޓްކޮށްފައިވަނީ 'ބްރޫކްލިން ނައިން-ނައިން'ގެ ތަރި އޭންޑީ ސޭމްބަރގް އާއި 'ގްރޭސް އެނަޓަމީ'ން ފެނުނު ސެންޑްރާ އޯއެވެ.

ސެންޑްރާ ވެގެންދިޔައީ ގޯލްޑަން ގްލޯބް އެވޯޑް ހޯސްޓްކުރި ފުރަތަމަ އޭޝިއާއަށް ނިސްބަތްވާ ފަރާތަށެވެ. މީގެ އިތުރުން، އެއް ގޯލްޑަން ގްލޯބަށް ވުރެ ގިނައިން ކާމިޔާބުކުރި ފުރަތަމަ އޭޝިއާއަށް ނިސްބަތްވާ އަންހެނާއަށްވެސް އޭނާ ވެގެންދިޔައެވެ.

76 ވަނަ ގޯލްޑަން ގްލޯބްސް ހުށަހެޅި އޭންޑީ ސޭމްބަރގްއާއި ސެންޑްރާ އޯ

'ކިލިންގ އީވް'ގައި ސެންޑްރާގެ މަސައްކަތަށް އޭނާއަށް ލިބިފައިވަނީ 'ބެސްޓް ޕަރފޯމަންސް ބައި އެން އެކްޓްރެސް އިން އަ ޓެލެވިޒަން ސީރީޒް، ޑްރާމާ'ގެ އެވޯޑެވެ. އޭނާއަށް ފުރަތަމަ ގޯލްޑަން ގްލޯބް އެވޯޑެއް ލިބިފައިވަނީ 2005 ވަނަ އަހަރު، 'ގްރޭސް އެނަޓަމީ'އަށެވެ.

މީގެ އިތުރުން، ގޯލްޑަން ގްލޯބްސްގެ އެންމެ މަތީ އެވޯޑްތަކުގެ ތެރެއިން ދެ އެވޯޑް ލިބިފައިވަނީ މިއުޒިކަލް ބައޯޕިކްއެއްކަމަށްވާ 'ބޮހީމިއަން ރެޕްސޮޑީ'އަށެވެ. 1970ގެ އަހަރުތަކުގައި ދުނިޔޭގެ ސަމާލުކަން ހޯދި އިނގިރޭސި ބޭންޑެއްކަމަށްވާ 'ކުއީން'ގެ ލީޑް ލަވަކިޔުންތެރިޔާ، ފްރެޑީ މަރކިއުރީގެ ހަޔާތަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ފިލްމަށް 'ބެސްޓް މޯޝަން ޕިކްޗަރ- ޑްރާމާ' ލިބިފައިވާއިރު، ފްރެޑީގެ ރޯލުން ފެންނަ ރަމީ މަލެކްއަށް 'ބެސްޓް އެކްޓަރ، ޑްރާމާ' ލިބުނެވެ.

ބޮހީމިއަން ރެޕްސޮޑީއަށް 'ބެސްޓް އެކްޓަރ، ޑްރާމާ' ހާސިލް ކުރި ރަމީ މަލެކް ފިލްމްގެ ބައެއް ތަރިންނާއި 'ކުއީން'ގެ ބައެއް އޮރިޖިނަލް މެމްބަރުންނާއެކު

'ބެސްޓް މޯޝަން ޕިކްޗަރ- ޑްރާމާ' ލިބޭނެކަމަށް ގިނަ ފަރާތެއް ޕްރެޑިކްޓްކުރި ލޭޑީ ގާގާއާއި ބްރޭޑްލީ ކޫޕަރގެ 'އަ ސްޓާ އިޒް ބޯން'އަށް 'ބެސްޓް އޮރިޖިނަލް ސޯންގ އިން އެނީ މޯޝަން ޕިކްޗަރ' ލިބުނެވެ. އެއީ ލޭޑީ ގާގާއާއި މާކް ރޮންސަން ތައްޔަރުކޮށްފައިވާ ލަވަ، 'ޝެލޯ'އަށެވެ.

ކޮންމެ އަހަރަކުވެސް ގޯލްޑަން ގްލޯބް އެވޯޑްސްގައި ފިލްމަށް ކޮށްދީފައިވާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަވާލުކުރެވޭ ޝަރަފުވެރި 'ސިސީލް ބީ ޑެމިލް އެވޯޑް' މި އަހަރު ލިބިފައިވަނީ ބައި ގަރުނަކަށް ވުރެ ގިނަ އަހަރު ފިލްމްގައި މަސައްކަތްކޮށްފައިވާ ޖެފް ބްރިޖަސްއަށެވެ.

މީގެ އިތުރުން، މި އަހަރު ހާއްސަ ކެޓަގަރީއެއް އިތުރުވިއެވެ. 'ކެރޮލް ބަރނެޓް އެވޯޑް'އެވެ. ޓީވީއަށް ކޮށްފައިވާ ހިދުމަތްތައް ފާހަގަކުރުމަށް ތައާެރަފް ކުރި މި އެވޯޑް ލިބުނު ފުރަތަމަ ފަރާތަކީ ކެރޮލް ބެނެޓްއެވެ. އަދި ސިސީލް ބީ ޑެ މިލް އެވޯޑްއެކޭ އެއްފަދައިން މި އެވޯޑަށްވެސް ނަންދީފައި މިވަނީ އެވޯޑް ފުރަތަމަ ހާސިލްކުރި ފަރާތަށް ރަމްޒެއްގެ ގޮތުގައެވެ.

ކެރޮލް ބަރނެޓް، 85

2019 ވަނަ އަހަރުގެ ގޯލްޑަން ގްލޯބް ކާމިޔާބު ކުރި ފަރާތްތައް - ފުލް ލިސްޓް

ބެސްޓް ޑިއިރެކްޓަރ އިން އެނީ މޯޝަން ޕިކްޗަރ: އަލްފޮންސޯ ކުއަރޮން، 'ރޯމާ'

ބެސްޓް މޯޝަން ޕިކްޗަރ، ޑްރާމާ: 'ބޮހީމިއަން ރެޕްސޮޑީ'

ބެސްްޓް މޯޝަން ޕިކްޗަރ، މިއުޒިކްލް/ކޮމެޑީ: 'ގްރީން ބުކް'

ބެސްޓް އެކްޓްރެސް، ޑްރާމާ: ގްލެން ކްލޯޒް، 'ދަ ވައިފް'

ބެސްޓް އެކްޓަރ، ޑްރާމާ: ރަމީ މަލެކް، 'ބޮހީމިއަން ރެޕްސޮޑީ'

ބެސްޓް އެކްޓްރެސް، މިއުޒިކަލް/ކޮމެޑީ: އޮލިވިއާ ކޯލްމަން، 'ދަ ފޭވަރިޓް'

ބެސްްޓް އެކްޓަރ، މިއުޒިކަލް/ކޮމެޑީ: ކްރިސްޓަން ބޭލް، 'ވައިސް'

ބެސްޓް ސަޕޯޓިންގ އެކްޓްރެސް އިން އެނީ މޯޝަން ޕިކްޗަރ: ރެޖީނާ ކިންގް، 'އިފް ބީލް ސްޓްރީޓް ކުޑް ޓީކް'

ބެސްޓް ސަޕޯޓިންގ އެކްޓަރ އިން އެނީ މޯޝަން ޕިކްޗަރ: މާޝަލާ އަލީ، 'ގްރީން ބުކް'

ބެސްޓް މޯޝަން ޕިކްޗަރ، އެނިމޭޓެޑް: 'ސްޕައިޑަރ-މޭން އިންޓު ދަ ސްޕައިޑާރ-ވަރސް'

ބެސްޓް މޯޝަން ޕިކްޗަރ، ފޮުރިން ލެންގުއެޖް: 'ރޯމާ'، މެކްސިކޯ

ބެސްޓް ސްކްރީންޕްލޭ އިން އެނީ މޯޝަން ޕިކްޗަރ: ޕީޓަރ ފެރެލީ، ނިކް ވެލެލޮންގާ، ބްރަޔަން ކިއުރީ، 'ގްރީން ބުކް'

ބެސްޓް އޮރިޖިނަލް ސްކޯ އިން އެނީ މޯޝަން ޕިކްޗަރ: ޖަސްޓިން ހަރވިޓްޒް، 'ފަސްޓް މޭން'

ބެސްޓް އޮރިޖިނަލް ސޯންގ އިން އެނީ މޯޝަން ޕިކްޗަރ: ޝެލޯ، 'އަ ސްޓަރ އިޒް ބޯން'

ބެސްޓް ޓެލެވިޒަން ސީރީޒް، ޑްރާމާ: 'ދަ އެމެރިކަންސް'

ބެސްޓް ޓެލެވިޒަން ސީރީޒް، މިއުޒިކަލް/ކޮމެޑީ: 'ދަ ކޮމިންސްކީ މެތޮޑް'

ބެސްޓް ޓެލެވިޒަން ސީރީޒް/ މޯޝަން ޕިކްޗަރ މޭޑް ފޯރ ޓެލެވިޒަން: 'ދަ އެސާސިނޭޝަން އޮފް ޖިއާނީ ވަސާޗީ: އެމެރިކަން ކްރައިމް ސްޓޯރީ'

ބެސްޓް އެކްޓްރެސް އިން ޓެލެވިޒަން ސީރިޒް، ޑްރާމާ: ސެންޑްރާ އޯ، 'ކިލިންގ އީވް'

ބެސްޓް އެކްޓަރ އިން ޓެލެވިޒަން ސީރީޒް، ޑްރާމާ: ރިޗަޑް މޭޑަން، 'ބޮޑީގާޑް'

ބެސްޓް އެކްޓްރެސް އިން ޓެލެވިޒަން ސީރިޒް، މިއުޒިކަލް/ކޮމެޑީ: ރޭޗަލް ބްރޮސްނަހަން، 'ދަ މާވަލަސް މިސިސް މޭސަލް'

ބެސްޓް އެކްޓަރ އިން ޓެލެވިޒަން ސީރިޒް، މިއުޒިކަލް/ކޮމެޑީ: މައިކަލް ޑަގްލަސް، 'ދަ ކޮމިންސްކީ މެތޮޑް

ބެސްޓް އެކްޓްރެސް އިން ލިމިޓެޑް ޓެލެވިޒަން ސީރީޒް/ މޯޝަން ޕިކްޗަރ މޭޑް ފޯރ ޓެލެވިޒަން: ޕެޓްރިޝާ އާކެޓް، 'އެސްކޭޕް އެޓް ޑަނެމޯރާ'

ބެސްޓް އެކްޓަރ އިން ލިމިޓެޑް ޓެލެވިޒަން ސީރީޒް/ މޯޝަން ޕިކްޗަރ މޭޑް ފޯރ ޓެލެވިޒަން: ޑެރެން ކްރިސް، 'ދަ އެސާސިނޭޝަން އޮފް ޖިއާނީ ވަސާޗީ: އެމެރިކަން ކްރައިމް ސްޓޯރީ'

ބެސްޓް ސަޕޯޓިންގ އެކްޓްރެސް އިން ލިމިޓެޑް ޓެލެވިޒަން ސީރީޒް/ މޯޝަން ޕިކްޗަރ މޭޑް ފޯރ ޓެލެވިޒަން: ޕެޓްރިޝާ ކްލާކްސަން، 'ޝާޕް އޮބްޖެކްޓްސް'

ބެސްޓް ސަޕޯޓިންގ އެކްޓަރ އިން ލިމިޓެޑް ޓެލެވިޒަން ސީރީޒް/ މޯޝަން ޕިކްޗަރ މޭޑް ފޯރ ޓެލެވިޒަން: ބެން ވިންޝޯވ، 'އަ ވެރީ އިންގްލިޝް ސްކެންޑަލް'

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

06 މާރިޗު 2017

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

06 މާރިޗު 2017
ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"
27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
14 ފެބުރުއަރީ 2017

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ
13 ފެބުރުއަރީ 2017

ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި

13 ފެބުރުއަރީ 2017
ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި
13 ފެބުރުއަރީ 2017

"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ

13 ފެބުރުއަރީ 2017
"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ
12 ފެބުރުއަރީ 2017

ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް

12 ފެބުރުއަރީ 2017
ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް
31 ޖެނުއަރީ 2017

"އިއްތިފާގު" ގެ ރީމޭކިންގައި ސިދާތް އާއި ސޯނާކްޝީ

31 ޖެނުއަރީ 2017
"އިއްތިފާގު" ގެ ރީމޭކިންގައި ސިދާތް އާއި ސޯނާކްޝީ
29 ޖެނުއަރީ 2017

އަމްޖޭގެ "ގޯލްޑަން ޖުބިލީ ފިލްމް ފެސްޓިވަލް "2017 ބާއްވަނީ

29 ޖެނުއަރީ 2017
އަމްޖޭގެ "ގޯލްޑަން ޖުބިލީ ފިލްމް ފެސްޓިވަލް "2017 ބާއްވަނީ
10 ޖެނުއަރީ 2017

ގޯލްޑަން ގްލޯބް އެވޯޑްސް 2017: އެންމެ ގިނަ އެވޯޑާއެކު ޙަފްލާގެ ރެކޯޑް "ލާ ލާ ލޭންޑް" އިން މުގުރާލައިފި

10 ޖެނުއަރީ 2017
ގޯލްޑަން ގްލޯބް އެވޯޑްސް 2017: އެންމެ ގިނަ އެވޯޑާއެކު ޙަފްލާގެ ރެކޯޑް "ލާ ލާ ލޭންޑް" އިން މުގުރާލައިފި
07 ޖެނުއަރީ 2017

އަނުޝްކާ އާއި ވިރާޓްގެ އެންގޭޖްމަންޓް ބާއްވަން އުޅޭކަން ދޮގުކޮށްފި

07 ޖެނުއަރީ 2017
އަނުޝްކާ އާއި ވިރާޓްގެ އެންގޭޖްމަންޓް ބާއްވަން އުޅޭކަން ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް