Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބްރިޓްނީ ސްޕިއަރސް

ބްރިޓްނީ ސްޕިއަރސް ދުވަސްކޮޅަކަށް މިއުޒިކާ ދުރަށްޖެހިލަނީ

ބްރިޓްނީ މިގޮތަށް ނިންމާފައިވަނީ ބައްޕަ، ޖޭމީ ސްޕިއަރސްގެ ސިއްހީ ހާލަތު ގޯސްވުމާ ގުޅިގެން

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 6 ޖެނުއަރީ 2019 | އާދީއްތަ 17:57
ބްރިޓްނީ ސްޕިއަރސް

ބްރިޓްނީ ސްޕިއަރސް

މަޝްހޫރު ލަވަކިޔުންތެރިޔާ، ބްރިޓްނީ ސްޕިއަރސް ދުވަސްކޮޅަކަށް މަސައްކަތާ ދުރަށްޖެހުމަށް ނިންމައިފިއެވެ.

90ގެ ފަހުކޮޅުގައި 'ބޭބީ ވަން މޯ ޓައިމް' ލަވައާއެކު ދުނިޔެއަށް ތައާރުފުވި ބްރިޓްނީ މިގޮތަށް ނިންމާފައި ވަނީ އޭނާގެ ބައްޕަ، ޖޭމީ ސްޕިއަރސްގެ ސިއްހީ ހާލަތު ގޯސްވުމާ ގުޅިގެންނެވެ.

ހުކުރު ދުވަހު އިންސްޓަގްރާމް މެދުވެރިކޮށް ކުރި އިއުލާނެއްގައި ބްރިޓްނީ ބުނެފައިވަނީ އާއިލާއާއެކު ވަގުތު ހޭދަކުރުމަށް މިއުޒިކާ ދުވަސްކޮޅަކަށް ދުރަށްޖެހިލުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް މިއީ ކިހާ ދުވަހެއްގެ ބްރޭކެއްކަމެއް އޭނާއެއް ނުބުނެއެވެ.

މީގެ އިތުރުން، ބައްޕަގެ ސިއްހީ ހާލަތު ވަރަށް ގޯސްކަމަށާއި، ދިރިހުރީ ކިރިޔާކަމަށް ބްރިޓްނީ ބުނެފައިވެއެވެ. އެހެންކަމުން ހުރިހާ 'ފޯކަސްއަކާއި އެނާޖީ'އެއް އާއިލާއެއް ދޭން ބޭނުންވާކަމަށް އޭނާ ބުންޏެވެ.

"މީގެ މަސްތަކެއް ކުރިން ބައްޕަ ހޮސްޕިޓަލްގައި އެޑްމިޓް ކުރެވުނު، ކިރިޔާ މަރުނުވީ. ބައްފަ ސަލާމަތުން ހުރީތީ އާއިލާ އެންމެންވެސް ވަރަށް އުފާ ކުރޭ، އެކަމަކު އަދި ރަނގަޅުވާން ވަރަށް މަސައްކަތް ކުރަންޖެހޭ. އެހެންކަމުން މި އުނދަގޫ ނިންމުން ނިންމަން އަހަރެންނަށް ޖެހުނީ،" ބްރިޓްނީ ބުންޏެވެ.

ސީއެންއެންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބްރިޓްނީގެ ބައްޕަ ހޮސްޕިޓަލްގައި އެޑްމިޓް ކުރެވުނީ ގޮހޮރަށް ދިމާވި ކަމެއްގެ ސަބަބުންނެވެ. އަދި އެކަމާ ގުޅިގެން އޭނާ 28 ދުވަސް ވަންދެން އެމެރިކާގެ ލާސް ވެގަސްގެ ސަންރައިޒް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެވުނުކަމަށް ސީއެންއެންއިން ބުނެފައިވެއެވެ.

ބްރިޓްނީ މަސައްކަތާ ދުރަށްޖެހޭ އިރު، އޭނާގެ ލާސް ވޭގަސް ރެސިޑަންސީ ޝޯވ 'ޑޮމިނޭޝަން' ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހެވެ. އަދި ގިނަ ބައެއް މިހާރުވެސް މި ޝޯވ ބެލުމަށް ޓިކެޓް ނަގާފައިވާއިރު، ބްރިޓްނީ ބުނީ އޭނާގެ އޮފިޝަލް ވެބްސައިޓް މެދުވެރިކޮށް ޓިކެޓްތައް ރިފަންޑް ކުރެވޭނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބިބީ ވެގެން ދިޔައީ ދުވަސްކޮޅަކަށް ފަހު ސިނަމާ އަށް ތާޒާކަމެއް ގެނެސްދިން ފިލްމަކަށް

ބިބީ ވެގެން ދިޔައީ ދުވަސްކޮޅަކަށް ފަހު ސިނަމާ އަށް ތާޒާކަމެއް ގެނެސްދިން ފިލްމަކަށް

08 އޮކްޓޯބަރު 2024
ބްރިޓްނީ ސްޕިއާސް އާއި ސޭމް އަސްގަރީ ވަރިވަނީތަ؟

ބްރިޓްނީ ސްޕިއާސް އާއި ސޭމް އަސްގަރީ ވަރިވަނީތަ؟

18 އޯގަސްޓު 2023
ވީޑިއޯ: ބްރިޓްނީގެ "ޓޮކްސިކް" ތައި ކެބިން ކްރޫންގެ ހަރަކާތްތަކާއެކު

ވީޑިއޯ: ބްރިޓްނީގެ "ޓޮކްސިކް" ތައި ކެބިން ކްރޫންގެ ހަރަކާތްތަކާއެކު

25 ޖޫން 2017

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު